އަރިދަފުސް ރޯގާ، ބޭރަށް ހިންގުން އަދި ފާނަބަސަނދުގެ ކޭސްތައް އިތުރުވަމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭގެ މީޑިއާ އޮފިޝަލު ބުނީ އަރިދަފުސް ރޯގާ، ބޭރަށް ހިންގުން އަދި ފާނަ ބަސަންތު ޖެހިގެން ރިޕޯރޓްކޮށްފައިވާ އަދަދު ވަނީ ވޭތުވެ ދިޔަ ހަފްތާއާއި އަޅާ ބަލާއިރު މި ހަފްތާގައި އިތުރުވެފައިވާ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް އަރިދަފުސް ރޯގާ އަދި ފާނަބަސަނދުގެ ކޭސްތައް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ. އަދި ބޭރަށް ހިންގުން ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން، ހދ, ކ. އަދި ލ. އަތޮޅުންނެވެ.
އާންމުކޮށް ފެތުރޭ ރޯގާފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް
- ކެއްސައި ކިނބިހި އަޅާއިރު ނޭފަތާއި އަނގަމަތި ނިވާކުރުން
- ސައިބޯނި ލައިގެން ގިނައިން އަތްދޮވުން ނުވަތަ ސެނެޓައިޒާ ބޭނުންކުރުން
- އަތްދޮވެގެން މެނުވީ ލޮލާއި އަންގަ އަދި ނޭފަތުގައި އަތްނުލުން
- ރޯގާޖެހި ކިނބިހިއަޅާ ނުވަތަ ކެއްސާނަމަ ސިއްހީ މާހިރެއްގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް މާސްކު ބޭނުންކުރުން
- ބޭނުންކޮށްފައިވާ މާސްކާއި ޓީޝޫފަދަ ތަކެތި ކޮތަޅަކަށްލައި ބަންދުކުރުމަށްފަހު ޑަސްބިނަށްލުން
ރޯގާ، ބޭރަށް ހިންގުން އަދި ފާނަބަސަންދު ގަފަ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.













