މާލެ ސަރަހައްދުގެ އިހުސާސް ކުރެވޭ ހޫނުމިން 41 ޑިގްރީ ސެލްސިއަސްގައި

މާލޭ ބާޒާރުމަތި : މާލެ ސަރަހައްދުގެ އިހުސާސް ކުރެވޭ ހޫނުމިން 41 ޑިގްރީ ސެލްސިއަސްގައި - ފޮޓޯ: މުހައްމަދު ޝަހްޒާން / އަދަދު

މާލޭ ބާޒާރުމަތި : މާލެ ސަރަހައްދުގެ އިހުސާސް ކުރެވޭ ހޫނުމިން 41 ޑިގްރީ ސެލްސިއަސްގައި - ފޮޓޯ: މުހައްމަދު ޝަހްޒާން / އަދަދު

މި އަހަރު އެންމެ ހޫނު ގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ދުވަސްވަރަކީ މި ހިނގާ ރޯދަ މަސް ދިމާވާ މާޗު އަދި އޭޕްރީލް ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނިކޮށް މިއަދު މާލެ ސަރަހައްދުގެ އިހުސާސް ކުރެވޭ ހޫނުމިން 41 ޑިގްރީ ސެލްސިއަސްއަށް އަރައިފި އެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުން މިއަދުގެ 11:00 ގައި މާލޭގެ ހޫނުމިން ހުރީ 32.1 ޑިގްރީ ސެލްސިއަސް ގަ އެވެ. ނަމަވެސް އިހުސާސް ކުރެވޭ ހޫނުމިން ހުރީ 41.1 ޑިގްރީ ސެލްސިއަސް ގައި ކަމަށްވެސް މެޓުން ބުންޏެވެ.

ރާއްޖޭގެ ހޫނުމިން

  • ހަނިމާދޫ : 33 ޑިގްރީ ސެލްސިއަސް (އިހުސާސް ކުރެވޭ ހޫނުމިން 42.2 ޑިގްރީ ސެލްސިއަސް)
  • ހުޅުލެ : 32.1 ޑިގްރީ ސެލްސިއަސް (އިހުސާސް ކުރެވޭ ހޫނުމިން 41.1 ޑިގްރީ ސެލްސިއަސް)
  • ކައްދޫ : 30.8 ޑިގްރީ ސެލްސިއަސް (އިހުސާސް ކުރެވޭ ހޫނުމިން 38.9 ޑިގްރީ ސެލްސިއަސް)
  • ކާޑެއްދޫ : 30.6 ޑިގްރީ ސެލްސިއަސް (އިހުސާސް ކުރެވޭ ހޫނުމިން 37.1 ޑިގްރީ ސެލްސިއަސް)
  • ގަން : 30.6 ޑިގްރީ ސެލްސިއަސް (އިހުސާސް ކުރެވޭ ހޫނުމިން 35.7 ޑިގްރީ ސެލްސިއަސް)

މެޓް އޮފީހުގެ އާންމު ވައިބާ ގްރޫޕާއި ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް، ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށް އަދި ހަވީރު 5:00 ޖަހާއިރު ހުންނަ ވައިގެ ފިނިހޫނުމިނާއި އިހުސާސްކުރެވޭ ފިނިހޫނުމިން އާންމު ކުރެ އެވެ.

ބެލެވޭ ގޮތުގައި މި ނަމްބަރުތައް މިއަދު 2:00 ގައި އިތުރަށް މައްޗަށް ދާނެ އެވެ.

މި އަހަރަކީ ވެސް ކަނޑުގެ ލޮނުގަނޑު އުފުލޭ ނިސްބަތް، އާންމު ވަރަށް ވުރެ މަތި ކަމަށް ބެލިފައިވާ "އެލްނިނޯ" އަހަރަކަށް ވާތީވެ، ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އެބަ އޮތް ކަންވެސް މެޓް އޮފީހުން ފާހަގަކޮށްފައިވެ އެވެ. އެއީ ދުނިޔޭގެ މޫސުމާ ބެހޭ އިދާރާއިން ވެސް އަންދާޒާކޮށްފައިވާ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox