ހެޔޮ ފޯރުކޮށްދިނުމުގެ ނަމޫނާ ސަރުކާރުން ދައްކައިފި: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ރޯދަ މަހުގެ މަރުހަބާއަށް ދެންނެވި ހިތޯބުގައި ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންނެވި - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ރޯދަ މަހުގެ މަރުހަބާއަށް ދެންނެވި ހިތޯބުގައި ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންނެވި - ފޮޓޯ: ރައީސް އޮފީސް

ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް މިއަދު ފެށުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި މަހަށް މަރުހަބާ ވިދާޅުވެ ދެއްވި ހިތާބުގައި މި ރޯދަ މަހަށް ސަރުކާރުން ރައްޔިތުންނަށް ހެޔޮ ފޯރުކޮށްދިނުމުގެ ނަމޫނާ ދައްކަވައިފި ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ހިތާބުގައި ވިދާޅުވީ މި އަހަރުގެ ރޯދަ މަހާއެކު، އެމަނިކުފާނު ދެކެވަޑައިގަންނަވަނީ "އެކަކު އަނެކަކަށް ހެޔޮ ފޯރުވުމުގެ އާދަ އިތުރަށް ހަރުދަނާ ކުރުން މުހިންމު،" ކަމަށެވެ.

"ސަރުކާރުން ރައްޔިތުންނަށް ހެޔޮ ފޯރުވަންވީ، ރައްޔިތުންގެ އެއްބާރުލެއްވުން ސަރުކާރަށް ބޭނުން، ފޯރުންތެރީންގެ އެހީތެރިކަން ފަގީރުންނަށް ބޭނުން ވާނެ، ދިވެހި ކޮންމެ އަޚަކު އުޚުތަކު އެކަކު އަނެކަކަށް އިހުސާންތެރިވެ މަދަދުވެރިވާންވީ،" ރައީސްގެ ހިތޯބުގައިވެ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެ ކަމުގައި އިސްވެ ނަމޫނާ ދައްކާފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިސާލު ދައްކަވަމުން، މަސްވެރިން ކިރި މަހަށް ފައިސާ ނުލިބުމުގެ ހިތްދަތި މައްސަލަ ރޯދަ މަހަށް ހައްލު ކުރެވުނު ކަމާއި، ކުއްލި ހާލަތުގައި ވައިގެ މަގުން މީހުން އުފުލުމުގައި ދިމާވާ ދަތިތައް ރޯދައަށް ހައްލު ކޮށްދެވުނު ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮންމެ ގޭބިސީއަކަށް ސަރުކާރުގެ ފަރާތުން ހަދިޔާއެއް ދިނުމަކީ ވެސް މި ދެންނެވި ހެޔޮ ފޯރުވުމާއި ދޭދޭ ގުޅުންތައް ބަދަހި ކުރުމުގެ އަދާއަށް ދިން ތަރުތީބެއް ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

"މީގެ އިތުރަށް ބަރަކާތްތެރި ރަމަޟާން މަހަކީ ހާއްސަކޮށް އަޅުކަމުގެ މައްްސަރެއްކަމަށް ވީތީ، ރަމަޟާން މަހުގެ ފަހު ދިހަ އެ ވަނީ އަޅުކަމަށް ހާއްސަ ކުރެވިފަ، އޮފީސްތައް ބަންދު ދުވަސްތަކެއް ކަމަށް ހަމަޖައްސައިފަ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ އިލްތިމާސަކީ ސަރުކާރުން އިސްވެ ދެއްކި ނަމޫނާ ދިވެހި މުޖުތަމައުގައި އެކަކު އަނެކަކުގެ ކިބައިން ދެއްމަށެވެ.

"އަޅުގަނޑުމެން ދިވެހީންނަކީ އެއް އާއިލާއެއް ކަން ހަނދާން ކުރައްވާށޭ، އެއް ދީނެއްގައި ތިބި އެއް ގައުމެއްގެ އަޚުންނާއި އުޚުތުންކަން އިހުސާސް ކުރައްވާށޭ، ދޭދޭ ގުޅުންތައް ބަދަހިކުރައްވާށޭ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ހަގީގަތެއް ނެތް ދޮގު ވާހަކަތަކުން މުޖުތަމައު ކިލަނބު ނުކުރުމަށާއި، ރީތި ހިމޭން ބަސް މަގުން އަދި ތެދު ބަހުން މީހުންނާ މުއާމަލާތް ކުރުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox