ސަރުކާރުން ފުރަތަމަ އިމާރާތްކޮށްދޭ 50 ކައުންސިލް ހޮވާނީ އާންމުންގެ ހިޔާލާއެކު: އާދަމް ޝަރީފް

ރައީސް އޮފީހުން ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯކަލް ގަވަމެންޓު މިނިސްޓަރު، އާދަމް ޝަރީފް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯކަލް ގަވަމެންޓު މިނިސްޓަރު، އާދަމް ޝަރީފް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

އަތޮޅު ތެރޭގައި ސަރުކާރުން އަޅައިދޭން ނިންމާފައިވާ ކައުންސިލް އިމާރާތްތަކުގެ ތެރެއިން ފުރަތަމަ އިމާރާތް ކުރާ 50 ކައުންސިލް ހޮވާނީ ރައްޔިތުންގެ ހިޔާލާ މަޝްވަރާގެ ދަށުން އެކުލަވައިލާ އުސޫލެއްގެ ދަށުން ކަމަށް ލޯކަލް ގަވަމެންޓު މިނިސްޓަރު، އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ލޯކަލް ގަވަމަންޓު މިނިސްޓަރީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން ފުރަތަމަ އިމާރާތް ކޮށްދޭން ނިންމާފައިވާ ކައުންސިލު އިމާރާތްތައް ހޮވާނެ ގޮތުގެ އުސޫލެއް މިހާރު އެކުލަވާލައިފައިވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ 50 ކައުންސިލެއް ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން ކުރެވޭނެ ގޮތެއް ހަމަޖައްސަވައި އަދި އެކަން ކުރެވޭނެ މަގު ފަހިކޮށްދެއްވައިފަ، މިކަމަށްޓަކައި 50 ކައުންސިލް ހޮވާނެ ގޮތުގެ ކްރައިޓީރިއާއެއް ޑިވެލޮޕްކޮށްފައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަންނަ ހަފުތާގެ ތެރޭގައި އާންމުންގެ ކޮމެންޓަށް ހުޅުވައިލާނަން، އަޅުގަނޑުމެން ކްރައިޓީރިއާ ބޭނުން ކުރާނީ އިތުރު ރުބްރިކެއް، މާކްސް ދޭނެ ގޮތުގެ ކަނޑައެޅި އޭގެ މައްޗަށް ބިނާކޮށްގެން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

Advertisement

ފުރަތަމަ އިމާރާތް ކުރާނެ 50 ކައުންސިލް ހޮވުމަށް މިނިސްޓަރީން މިހާރު އެކުލަވާލައިފައިވާ އުސޫލުގެ ދަށުން މާކްސް ދޭން ނިންމާފައި ވަނީ:

  • ރަށުގެ އާބާދީއަށް 20 ޕަސެންޓު
  • ކައުންސިލުތަކުގައި ވަސީލަތްތައް ހުރި މިންވަރަށް 20 ޕަސެންޓު
  • އިމާރާތުގެ ހާލަތަށް 20 ޕަސެންޓު
  • ކައުންސިލުގައި މަސައްކަތް ކުރާނެ ޖާގަ ނެތް ކަމުގައިވާނަމަ 10 ޕަސެންޓު
  • މުވައްޒަފުން މަސައްކަތް ކުރާނެ ޖާގަ ނެތްނަމަ 10 ޕަސެންޓު
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން މަސައްކަތް ކުރާނެ ޖާގަ ނެތްނަމަ 10 ޕަސެންޓު
  • ކަންގަތި އެވޯޑު ހާސިލު ކޮށްފައިވާނަމަ 10 ޕަސެންޓު

އާދަމް ޝަރީފް ވިދާޅުވީ ފުރަތަމަ އިމާރާތްކުރާ 50 ކައުންސިލް ހޮވުމަށް މާކްސް ދޭނެ އިތުރު މިންގަނޑެއް ވެސް މިނިސްޓަރީން އެކުލަވާލައިފައިވާ ކަމަށެވެ. ނަމަވެސް އެ މިންގަނޑު އާންމު ކުރާނީ އަދި ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ 50 ރަށެއްގެ ކައުންސިލް އިމާރާތް މިއަހަރު ސަރުކާރުން އަޅަައިދޭން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ ފެބްރުއަރީ 26، ގަ އެވެ.

ރައީސް މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުތަކުގައި ހދ. މަކުނުދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ތައާރަފުވިތާ 13 އަހަރުވެގެން ދިޔައިރު ކައުންސިލްތަކަށް ބޭނުންވާ އެންމެ އަސާސީ ކަންކަން ވެސް ހަމަޖެހިފައި ނެތް ކަމަށެވެ.

"މައިގަނޑު އެއް ކަމަކީ، 12-13 އަހަރު ތެރޭގައި ނެތް އޮފީސް އިމާރާތެއްހާ ވަރު ވެސް އަޅައިދީފައެއް، ރަނގަޅު ފެންވަރުގެ އިމާރާތެއް ނެތް، އެެހެންވެ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ވަރަށް ދަތި،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތްތައް ކުރުމަށް ބަޖެޓު ކުރެވިފައި ނެތް ނަމަވެސް އިންވެސްޓާ ފައިނޭންޝަލް މޮޑެލްގެ ތެރެއިން އެ މަސައްކަތްތައް ފެށޭނެ ކަމަށެވެ. އަމާޒަކީ ހުރިހާ ރަށު ކައުންސިލަކަށް ރަނގަޅު ފެންވަރުގެ އޮފީސް އިމާރާތެއް ގާއިމުކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ގެންދާ އެ މަޝްރޫއުގައި މި އަހަރު ފަށާނީ 50 ރަށެއްގެ ކައުންސިލް އިމާރާތުގެ މަސައްކަތް ނަމަވެސް ކުރިއަށް ހުރި އަހަރުތަކުގެ ތެރޭގައި އިތުރު ރަށްރަށުގައި ވެސް ކައުންސިލް އިމާރާތްތައް އަޅައިދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox