ގައުމުގެ މިސްރާބު ހުރީ ނުރައްކާތެރި ދިމާލަކަށް، ވެރިކަން ކުރުމުގެ ހިލްމެއް ރައީސްގެ ނެތް: ހަސަން ލަތީފް

ޑިމޮކްރެޓްސްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް، ހަސަން ލަތީފް ވާހަކަދައްކަވަނީ -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ޑިމޮކްރެޓްސްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް، ހަސަން ލަތީފް ވާހަކަދައްކަވަނީ -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

މި ސަރުކާރުގެ މިސްރާބު މިހުރީ މީގެ ކުރީގެ ވެރިކަންތަކަށްވުރެ މާ ނުރައްކާތެރި ދިމާލަކަށް ކަމަށާއި ވެރިކަން ކުރުމުގެ ހިލްމު ރައީސް މުއިއްޒުގެ ހުރި ކަމަށް ގަބޫލުކުރަން ދަތިކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް، ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

"އަދަދު" ގެ އެއްޗެއް ކަޅެއް ޕްރޮގުރާމުގައި ވާހަކަދަކައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް ކަންބޮޑުވާ ފަދަ ކަންތައްތަކެއް ހުރި ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ކަންކަން ހިނގާ މަގާ މެދު މާބޮޑަށް ކަންބޮޑުވާ ކަމަށް ހަސަން ވިދާޅުވި އެވެ.

އެމްޑީގެ ސަރުކާރާއި މިހާރުގެ ސަރުކާރު ސަރުކާރު އަޅާކިޔަމުން ހަސަން ވިދާޅުވީ ރާއްޖޭން އެހެން ގައުމުތަކާ އެކު ވަރަށް ރަނގަޅު ގުޅުންތަކެއް އެމްޑީޕީގެ ސަރުކާރުގައި ބޭއްވި ކަމަށާއި އެ ސަރުކާރުގެ ހާރިޖީ ސިިޔާސަތު ވަރަށް ފުރިހަމަ ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ހާރިޖީ ގުޅުންތައް ވެސް އޮތީ ބޮއްސުންލާފައި ކަމަށް ހަސަން ވިދާޅުވި އެވެ.

"މިސާލަކަށް އަހަރުމެން އެއްވެސް ގައުމަކާ ހަމަ ޖެހިގަނެގެން އުޅޭ ގޮތަކަށް ނޫޅެން، ދެން ޗައިނާއިން ބައެއްފަހަރު ކުރާ ކަންތައްތަކާ މެދު ހިތްހަމަނުޖެހިގެން އެއްޗެހި ނުބުނާ ވާހަކައެއް ނޫން މިބުނަނީ އެމްޑީޕީ ސަރުކާރުގައި، އެކަމަކު މިހާރު އެ ދިޔައީ އެހެން ލެވެލްއަކަށް އިންޑިއާއާ ދޭތެރޭ ވެސް، ދެން ހުރި ގައުމުތަކާ އެކު ވެސް ގާތް ގުޅުމެއް އޮތްތަނެއް ނުފެނޭ އަޅުގަނޑަކަށް،" ރާއްޖެ މިއޮތް ތަނުގެ ގޮތުން އަވަށްޓެރި ގައުމުތަކާއެކު ވަރަށް ގާތް ގުޅުމެއް އޮންނަން ޖެހޭކަން ފާހަގަ ކުރައްވައި ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ވެރިކަން ހިންގަމުން އަންނަނީ ވަރަށް ދޯހަޅިކޮށް ކަމަށާއި ސަރުކާރު ތެރޭގައި ހިނގާ ކަންކަން ރައީސް މުއިއްޒުއަށް އެންމެ ރަނގަޅަށް އެނގޭ ކަމަށް ނުބެލެވޭ ކަމަށެވެ. މިސާލެއްގެ ގޮތުގައި ހަސަން ނެންގެވީ ރައީސްއަށް ފާޑުކީ އެސްޓީއޯގެ މުއައްޒަފަކަށް އެޅި ފިޔަވަޅާ ގުޅޭގޮތުން ރައީސް މުއިއްޒު އިއްޔެ ދެއްކެވި ވާހަކަ އެވެ.

ރައީސް މުއިއްޒުއަށް ފާޑުކިޔައިގެން އެސްޓީއޯގެ ގދ. އަތޮޅުގެ ފާމަސީތަކުގެ މެނޭޖަރު، އަހުމަދު ޝިޔާޒް ޑިމޯޓު ކުރީ މިދިޔަ ބުދަ ދުވަހު އެވެ.

އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާ ސޮއިކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ "ރައީސުލްޖުމްހުރިއްޔާ އަށާއި ސަރުކާރުގެ އިސްފަރާތްތަކަށް ނިސްބަތްވާ ގޮތަށް ޒިންމާދާރުކަން ކުޑަގޮތަކަށް ސޯޝަލް މީޑިއާގައި ޖަހާފައިވާ ޕޯސްޓުތަކަކީ އަހުމަދު ޝިޔާޒު ފަދަ ޒިންމާދާރު މަގާމެއްގައި ކުންފުނި ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ މުވައްޒަފެއް ފަރާތުން އެއްގޮތަކަށްވެސް އަމަލެއް ނޫން" ކަމަށެވެ.

ނަމަވެސް މަޖިލިސް އިންތިހާބާ ދިމާކޮށް ރައީސް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން މިއަދު ޅ. ކުރެންދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ސަރުކާރަށް ފާޑުކިޔާ މީހުންނަށް ފިޔަވަޅު އެޅުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށާއި އެ ހަބަރު ނޫހަކުން ފެނިގެން އެސްޓީއޯގެ އެމްޑީއާ އެމަނިކުފާނު ސުވާލު ކުރެއްވި ކަމަށެވެ.

ސުވާލު ކުރުމުން އޭނާއަށް ފިޔަވަޅު އަޅާފައި ވަނީ އެސްޓީއޯގެ އުސޫލުތަކާ ހިލާފު ބޮޑެތި ސީރިއަސް މައްސަލަތަކާ ގުޅިގެން ކަމަށެވެ. އަދި ޝިޔާޒްއަށް ފިޔަވަޅު އަޅާފައި ވަނީ ރައީސްއަށް ފާޑު ކިޔައިގެން ނޫން ކަމަށެވެ.

ހަސަން ވިދާޅުވީ އެއީ ކުޑަކުޑަ މިސާލެއް ކަމަށާއި ފެންނަނީ ވެރިކަން ކުރުމުގެ ހިލްމު ރައީސްގެ ކިބައިގައި ނެތްކަން ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ އެހައި ބޮޑު އުރައްޕެއް ހުރި ތަނެއް، ބައެއްކަހަލަ ކަންކަން، އިންޖިނިއަރިން ވާހަކައެއް ނޫން، ބައެއްކަހަލަ ކަންކަން ހުރޭ ތަޖުރިބާއެއް ވެސް ހުންނަންޖެހޭ، އެކަމުގައި އުޅެފައި ވެސް ހުންނަންޖެހޭ، އަދި ހަމަ ފޮތެއް އޮވެގެން އެދުރުވިޔަސް ވެސް އެކަން ބޭނުން ކުރާނެ ހިލްމެއް ވެސް ހުންނަންޖެހޭތާ؟ އެކަން ހަމަ ކުޑައީ، އެހެންވީމަކާ ހިއެއް ނުވޭ މި ހިނގާ ހުރިހާ ކަމެއްގެ އިންސައިޓެއް ލިބިފައި ހުންނަހެނެއް، އެކަން މި ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބު ސަރުކާރަށް ކާމިޔާބުވެއްޖެ ނަމަ ދެން ކުރިމަތިލާން ޖެހޭނީ ވަރަށް ނުރައްކާތެރި ދުވަސްތަކަކާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"ދެން މި އޮންނަ ނުރައްކަލަކީ އެހެން އޮންނަ ސަރުކާރަކަށް، މި އޮންނަނީ އެ ސަރުކާރު ފާރަވެރި ކުރަން އޮންނަ މަޖިލީހެއް، އޭގެ އަގުލަބިއްޔަތު ލިބިއްޖެއްޔާ ދެން ހަނދާން ނައްތާލަންވީ، މި ގައުމާ ދޭތެރޭގައި ދެން މާބޮޑު އުއްމީދެއް ކުރާނެ ކަމެއް ނެތް،"

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރަށް އަގުލަބިއްޔަަތު ލިބިއްޖެ ނަމަ ގައުމުގެ ހާލަތު ވަރަށް ގޯސްވާނެ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ވެސް ވަނީ ވާހަކަދައްކައިފަ އެވެ. އެ ޕާޓީން ވެސް ވަނީ ކުރިއަށް އޮތް ދުވަސްތަކަކީ ވަރަށް ނުރައްކާތެރި، ނާމާން ދުވަސްތަކެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox