ރައީސް މުއިއްޒު ޗައިނާ އެގްޒިމް ބޭންކުގެ ރައީސްއާ ބައްދަލުކުރައްވައިފި

ޗައިނާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންކުގެ ރައީސް ރެން ޝެންގްޖުން، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ޗައިނާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންކުގެ ރައީސް ރެން ޝެންގްޖުން، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ޗައިނާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންކު (އެގްޒިމް) ގެ ރައީސް ރެން ޝެންގްޖުން، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނީ ޗައިނާއާއި އެގްޒިމް ބޭންކުން ރާއްޖެއަށް ދޭ ބޮޑު އެއްބާރުލުން ފާހަގަކުރައްވާ ކަމަށެވެ. ޗައިނާއިން ރާއްޖޭގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދިޔުމުގައި ވާ އެހީތެރިކަން ވެސް ރައީސް މުއިއްޒު ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރުގެ ދައުރުގެ ތެރޭގައި ރާއްޖެއަށް އެންމު މުހިއްމު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ވާހަކަ ވެސް ރައީސް މުއިއްޒާއި ޗައިނާ އެގްޒިމް ބޭންކްގެ ރައީސްގެ ދެއްކެވި އެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ތާރީހީ ގުޅުމާއި، އެއްބާރުލުމާއި، އިހުތިރާމްގެ މައްޗަށް އެ ބައްދަލުވުމުގައި އެ ބައްދަލުވުމުގައި ރެން ޝެންގްޖުން އަލިއަޅުއްވައިލެއްވި އެވެ. ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ރާއްޖެއިން ބައިވެރިވިކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ރާއްޖެއާއެކު އޮތް ގުޅުން ވަރުގަދަކުރުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފަަ އެވެ.

ރައީސް މުއިއްޒު އަދި ޗައިނާ އެގްޒިމް ބޭންކުގެ ރައީސް، ރެން ޝެންގްޖުންގެ ބައްދަލުވުން ނިންމަވައިލެއްވީ މުސްތަގުބަލުގައި އެކުގައި މަސައްކަތްކުރުމަށް ވައުދުވެވަޑައިގަންނަވަމުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox