އަނާރާއަކީ ސަރުކާރު ކެންޑިޑޭޓު، ކެމްޕެއިނަށް ދިޔައީ ރައީސް ވިދާޅުވެގެން: މިނިސްޓަރު ރާފިއު

ރައީސް ޑރ.މުހައްމަދު މުއިއްޒު (ކ) އަދި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ވ) -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ.މުހައްމަދު މުއިއްޒު (ކ) އަދި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ވ) -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު އަނާރާ ނައީމުގެ ކެމްޕެއިނުގައި ބައިވެރިވެވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެގެން ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ރާފިއު "އަދަދު" އަށް ވިދާޅުވީ ސަރުކާރުގެ ކެންޑިޑޭޓަކީ މިހާރު އަނާރާ ކަމަށާއި ކެމްޕޭނުގައި ބައިވެރިވީ ރައީސް މުއިއްޒުގެ އެންގެވުމަށް ކަމަށެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) ގެ ފަރާތުން މަޖިލީހަށް ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ނާކާމިޔާބުވުމުން، ހުރާ ދާއިރާ އަށް އަނާރާ ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.

Advertisement

އެކަމާ ގުޅޭ ގޮތުން މި ނޫހާ ވާހަކަ ދައްކަވަމުން އާނާރާ ވިދާޅުވީ މި ސަރުކާރު ގެންނަން އޭނާ ވަރަށް މަސައްކަތް ކުރިން ކަމަށާއި، ސަރުކާރުގެ ބޭފުޅުން ކެމްޕޭނުގައި ބައިވެރިވަނީ އެބޭފުޅުންގެ އިތުބާރު އޭނާއަށް އޮންނާތީ ކަމަށެވެ.

"ސަރުކާރުގެ އިތުބާރު އަޅުގަނޑަށް އެބަ އޮތް. އެ އިތުބާރާއި ޔަގީންކަން އޮންނަ ބަޔަކު މަޖިލީހަށް ގެންނަން ބޭނުންވެސް ވާނެ. ރައީސް މުއިއްޒުގެ އިތުބާރު އޮވެގެން ސަރުކާރުގެ ބޭފުޅުން ކެމްޕޭނުގައި ބައިވެރިވަނީ،" އަނާރާ ވިދާޅުވި އެވެ.

ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކުރި ގިނަ ކެންޑިޑޭޓުންނަށް އޮތް ތާއީދު އަނބުރާ ގެނެސް، ރައީސް މުއިއްޒުގެ އަދި ސަރުކާރުގެ އިސް ބޭފުޅުން އަންނަނީ ޕީއެންސީ ޕްރައިމަރީން ބަލިވެގެން ބައެއް ދާއިރާތަކުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދުކޮށް އަމަލީ ގޮތުން ކެމްޕެއިނުގައި ވެސް ބައިވެރިވަމުންނެވެ.

ސަރުކާރު ކެންޑިޑޭޓު އޮޅިފައިވާ ދާއިރާތަކުގެ ތެރޭގައި ހުރާ ދާއިރާގެ އިތުރުން ތިމަރަފުށި ދާއިރާ، ގއ. ވިލިނގިލި ދާއިރާ، ނ. ވެލިދޫ ދާއިރާ، އއ. މަތިވެރި ދާއިރާ އަދި މައްޗަންގޮޅީ މެދު ދާއިރާ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox