ޗައިނާ އަސްކަރީ ވަފުދުގެ ވެރިޔާ، ރައީސް މުއިއްޒުއާ ބައްދަލުކުރައްވައިފި

ޗައިނާގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަން އޮފީހުގެ ޑެޕިއުޓީ ޑައިރެކްޓަރު، މޭޖާ ޖެނެރަލް އަޖޯންގު ބައުކުއާން ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ޗައިނާގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަން އޮފީހުގެ ޑެޕިއުޓީ ޑައިރެކްޓަރު، މޭޖާ ޖެނެރަލް އަޖޯންގު ބައުކުއާން ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ޗައިނާގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަން އޮފީހުގެ ޑެޕިއުޓީ ޑައިރެކްޓަރު، މޭޖާ ޖެނެރަލް އަޖޯންގު ބައުކުއާން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މޭޖާ ޖެނެރަލް އަޖޯންގު ބައުކުއާން ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ޗައިނާއިން ރާއްޖެއަށް ވެދޭ އެހީތެރިކަމާއި ދެމުންދާ އެއްބާރުލުންތަކަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި މޭޖާ ޖެނެރަލް އަޖޯންގު ބައުކުއާން ވެސް ވަނީ ކުރިއަށް އޮތް ތަނުގައި ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ވާހަކަދެއްކެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ޗައިނާ އަސްކަރިއްޔާގެ އިސް ވަފުދެއް ރާއްޖެއަށް އައީ އިއްޔެގެ ވަގުތެއްގަ އެވެ.

ދެގައުމުގެ ދެމެދުގައި އިއްޔެ ވަނީ ރާއްޖޭގެ އަސްކަރިއްޔާއާއި ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އެ ވަފުދުން އިއްޔެ ސޮއިކުރެއްވި އެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޑިފެންސް މިނިސްޓަރު، މުހައްމަދު ގައްސާން މައުމޫން އެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ އަޖޯންގު ބައުކުއާންއާ ވެސް އަސްކަރީ ގުޅުން ވަރުގަދަ ކުރުމާ ގުޅާގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

އިއްޔެ ސޮއި ކުރި އެއްބަސްވުމުގެ ވެސް އަދި މިއަދު ކުރެވުނު މަޝްވަރާތަކުގެ ވެސް އެއްވެސް ތަފުސީލެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ޕީޕީއެމް/ޕީއެންސީއަކީ އަބަދު ވެސް ޗައިނާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ސިޔާސީ އިއްތިހާދެކެވެ. ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ވެސް ޗައިނާއާއެކު އާދަޔާހިލާފު ގާތްކަމެއް ރާއްޖޭން ބޭއްވި ކަމަށް އޭރުގެ ސިޔާސީ ބޭފުޅުން ތުހުމަތު ކުރެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށިގެން މިވީ ދުވަސްކޮޅު ތެރޭގައި ޗައިނާއާއެކު ވަނީ ބަދަހި ގުޅުމެއް ގާއިމުކޮށްފަ އެވެ. އެކަމާ ގުޅިގެން އަވަށްޓެރި އިންޑިއާއާ ރާއްޖޭގެ ގުޅުން ވަނީ ގޯސްވެފަ އެވެ.

ޗައިނާއާއެކު ރާއްޖޭން އަސްކަރީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރިއިރު، ދިވެހި ސަރުކާރުގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމަކީ ވެސް ރައީސް މުއިއްޒުގެ ވައުދެކެވެ.

ޑިފެންސަށް ބޭނުންވާ ބައެއް ޑްރޯންތައް ހޯދުމަށް ތުރުކީއާއެކު ވެސް ވަނީ އެއްބަސްވުމެއް ގާއިމު ކޮށްފަ އެވެ. ކަނޑުގެ ސަރަހައްދު ބަލަހައްޓަން ބޭނުންވާ އިތުރު ވަސީލަތްތައް ހޯދުމަށް އެމެރިކާއިން ފައިސާގެ އެހީއެއް ދިނުމަށް ވަނީ ވާހަކަ ދެކެވިފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުނީ އިންޑިއާ އަސްކަރީ އެހީ ހޯދުމުގެ ސިޔާސަތެވެ. އެ ސިޔާސަތު ބައްޓަން ވެފައިވަނީ ހަމައެކަނި އިންޑިއާގެ މަސްލަހަތަށް އިސްކަން ދޭގޮތަށްކަމަށް މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ތުހުމަތު ކޮށްފައިވެ އެވެ.

ނަމަވެސް މި ސަރުކާރުގައި ވެސް އިންޑިއާއިން ދިން އުޅަނދުތައް ބޭނުންކުރުމަށާއި އިތުރު އުޅަނދު ހޯދުމަށް ވެސް ނިންމާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox