ހިލޭ ދޫކުރާ ކާޑު ބަހަން ފެށޭނީ ރޯދަމަހުގެ ފުރަތަމަ ހަފުތާގައި: މޭޔަރު

މީގެ ކުރިން "އަދަދު" އަށް އާޒިމް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މީގެ ކުރިން "އަދަދު" އަށް އާޒިމް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ކުރިއަށް އޮތް ރޯދަ މަހު ހިލޭ ބަހަން ސަރުކާރުން ނިންމާފައިވާ ފުށާއި ހަނޑޫ އަދި ނުލިބޭ ކަމަށާއި ކާޑު ބަހަން ފެށޭނީ ރޯދަމަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ކަމަށް މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އާޒިމް ވިދާޅުވީ ކާޑު ބެހުމަށް ނިންމާފައި ވަނީ މާލޭގައި ސްޓޭޝަންތަކެއް ގާއިމުކޮށްގެން ކަމަށާއި ކޮންމެ ގޭބިސީއަކަށް ބެހުމަށް ނިންމާފައި ވަނީ ހަނޑޫފުށް، ކޮންމެ ވައްތަރަކުން 10 ކިލޯގެ ކާޑު ކަމަށެވެ.

"އަދި އަޅުގަނޑުމެންނަކަށް އެއެއް ނުލިބޭ، ރޯދަމަހުގެ ފުރަތަމަ ހަފުތާގައި ބަހަން ފެށޭވަރު ވާނީ،" އާޒިމް ވިދާޅުވި އެވެ.

ކާޑު ދޫކުރުމުގައި ބަލާނީ ކޮންމެ ގޭބިސީއެއްގެ ވެސް ކަރަންޓު މީޓަރު ނަންބަރަށް ކަމަށާއި ކާޑު ބަލާ ދާ ކޮންމެ މީހަކު ވެސް އެމީހެއްގެ އައިޑީކާޑު ގެންދަން ޖެހޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ފުށް ބަސްތާއަކާއި ހަނޑޫ ބަސްތާއެއް ރޯދަމަހު ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

މިއަހަރު ސަރުކާރުން ނިންމާފައި ވަނީ މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ދިނުމަށެވެ. ނަމަވެސް އަންނަ އަހަރު އެ އަދަދު އިތުރު ކުރައްވާނެ ކަމަށް ރައީސް އެދުވަހު ވިދާޅުވި އެވެ.

ކާޑު ބެހުމަށް ފުރަތަމަ ސަރުކާރުން މަސައްކަތް ކުރީ، ޕޯޓަލެއް ހަދައިގެން ކާޑު ބޭނުންވާ މީހުން ރެޖިސްޓަރީ ވާންޖެހޭ ގޮތަށެވެ. ނަމަވެސް އެކަމަށް މީހުންގެ ފާޑުކިޔުން އަމާޒުވުމުން، ސަރުކާރުން ފަހުން ނިންމީ ރެޖިސްޓަރީ ނުވެ އެކަން ކުރެވޭނެ ގޮތެއް ހޯދުމަށެވެ.

ރޯދަމަހު ކޮންމެ ގެއަކަށް ސަރުކާރުން 10 ކިލޯ ހަނޑުލާއި ފުށް، ދޭން ނިންމުން، ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް ވަނީ އަމާޒުވެފަ އެވެ. ބައެއް މީހުންގެ ހިޔާލުގައި ހަނޑުލާއި ފުށަށްވުރެ މަސްދަޅު ނޫނީ ކަދުރު ބަހާނަމަ މާރަނގަޅު ވީހެވެ.

ކުރިންސުރެ ވެސް ރާއްޖޭގައި ކާޑުގެ ބާވަތްތައް ވިއްކަމުން އައީ ކޮންޓްރޯލް އަގެއްގައި ސަރުކާރު ސަބްސިޑައިޒް ކޮށްގެންނެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމިން ގެ ސަރުކާރުން ސަބްސިޑީ ކަނޑައިލައި ކާޑުގެ ބާވަތްތަކުގެ އަގު، ދެ ގުނަ ބޮޑުކުރި އެވެ.

ސަރުކާރުން އޭރު ކާޑުގެ އަގު ބޮޑުކުރުމުގެ ސަބަބުން، ރައްޔިތުންނަށް އެކަން ވަރަށް ބޮޑު ބުރަ އަކަށް ވެފައި އޮއްވައި، ރާއްޖޭގެ ހުރިހާ ރަށެއްގައި ކާޑުގެ އަގު އެއް ހަމަކޮށް، އަގު ހެޔޮކުރީ ރައީސް އިބްރީމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.

ރާއްޖޭގައި ހަނޑުލާއި ފުށް ވިއްކާ ރޭޓަށް ބަލާއިރު، 10 ކިލޯ ގެ ހަނޑުލަށް ހަރަދުވާނީ 48ރ. އެވެ. އަދި 10 ކިލޯގެ ފުށަށް 38ރ. އެވެ. އެއީ ޖުމްލަ 86ރ. އެވެ. އެހެން ކަމުން 81،744 ގޭބިސީ އަށް، ހަނޑުލާއި ފުށް ދިނުމަށް ހަރަދުވާނީ ހަތް މިލިއަން ރުފިޔާ އެވެ. އާބާދީގެ ނިސްބަތުން ބަލާއިރު، ބޮލަކަށް ސަރުކާރުން އެ ދެނީ 13.6ރ. ގެ ކާޑެވެ. ރާއްޖޭގެ އާބާދީ އަކީ 515،132 އެވެ.

ސަރުކާރުން 2019 ވަނަ އަހަރު ކުރި، ގޭބިސީތަކުގެ ހަރަދުގެ ސާވޭއިން ދައްކާ ގޮތުގައި ކޮންމެ ގޭބިސީ އެއްގައި އެވަރެޖުކޮށް، 3-7 މީހުން ދިރިއުޅޭއިރު، މަހަކު 28،251ރ. ހަރަދަށް ހިނގަ އެވެ. އޭގެތެރެއިން އެވަރެޖްކޮށް 6،591ރ. ހޭދަ ވަނީ ކެއިން ބުއިމަށް ކަމަށް އެ ސާވޭއިން ދައްކަ އެވެ. ރޯދަ މަހަކީ، އެހެން މަސްތަކަށްވުރެ ކެއިންބުއިމުގެ ހަރަދު ބޮޑު މަހެކެވެ.

އާންމު މިންގަޑަކުން ބަލާއިރު، 10 ކިލޯ ހަނޑުލަކީ 60 މީހުންގެ ކޮއްތެވެ. އަދި 10 ކިލޯގެ ފުށުން 250-300 އާ ދެމެދުގެ އަދަކަށް ރޮށި ފިހެވޭނެ އެވެ. އެހެންކަމުން، ސަރުކާރުން ދޭ 10 ކިލޯގެ ހަނޑުލާއި ފުށުން، ތިން ހަތަރު މިހުންގެ އާއިލާ އަކަށް މަސް ދުވަހަށް ފުއްދާލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox