އެލްޖީއޭއިން ދެކެނީ ރަސްމީ ދަތުރުގައި ކެމްޕެއިން ކުރުން ކުށްވެރި ކުރުމަކީ ރައީސް މުއިއްޒުގެ ކަރާމާތް ނަގާލުން ކަމަށް

އެލްޖީއޭގެ ސީއީއޯ ޑރ. ޒުލްފާ: އެންގީ ކައުންސިލުގެ ބަޔާން ބާތިލުކޮށް އެކަން އެ އިދާރާއަށް އެންގުމަށް -- ފޮޓޯ: އެލްޖީއޭ

އެލްޖީއޭގެ ސީއީއޯ ޑރ. ޒުލްފާ: އެންގީ ކައުންސިލުގެ ބަޔާން ބާތިލުކޮށް އެކަން އެ އިދާރާއަށް އެންގުމަށް -- ފޮޓޯ: އެލްޖީއޭ

ނ. ކެނދިކުޅުދޫއަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ކުރައްވާފައިވާތީ އެކަން އެ ރަށު ކައުންސިލުން ކުށްވެރި ކުރުމަކީ އެމަނިކުފާނުގެ އިއްޒަތާއި ކަރާމާތަށް އުނިކަން ދިނުން ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން ބުނެފި އެވެ.

އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ސޮއި ކުރައްވާ ކެނދިކުޅުދޫ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ތުހުމަތުކޮށްފައި އޮތީ، ރަސްމީ ދަތުރެއްގައި ރައީސް ކެމްޕެއިން ކުރުން ކުށްވެރި ކުރުމަކީ އެމަނިކުފާނުގެ ޒިންމާ އަދާ ކުރަން ކައުންސިލުން ހުރަސް އެޅުން ކަމަށެވެ.

"... ތިޔަ ކައުންސިލުން ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އިއްޒަތާއި ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އެމަނިކުފާނުގެ އިސްތަށިފުޅުގައި ހަގީގަތާ ހިލާފު އިލްޒާމު އަޅުއްވާ ކައުންސިލުން ނޫސްބަޔާން ނެރުމަކީ މި އޮތޯރިޓީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް،" އެ ސިޓީގައި ބުނެފައިވެ އެވެ.

Advertisement

މިދިޔަ ބުރާސްފަތި ދުވަހު ކެނދިކުޅުދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީ ތަމްސީލު ކުރަނީ ޕަޕެޓުތަކެއް ކަމަށާއި ސަރުކާރުން ކުރާ ކަންކަމުގައި އެއްބާރުލުން ދޭނެ މަޖިލީހެއް ހޮވައިދޭން އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.

"ޖޯއިސްޓިކް އޮތީ އެހެން ފަރާތެއްގައި. އެ ޖޯއިސްޓިކް އަނބުރާ ގޮތަކަށް، ޕަޕެޓްތަކެއް ގޮތަށް އެނބުރެމުން މިދަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން. މިއީ ހަގީގަތް. މިއަށް ލޯ މަރައިލެވޭނެ ގޮތެއް ނޯންނާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ. "އެހެންވީމާ، މިކަންކަން އަޅުގަނޑުމެންނަށް ބާރު ސްޕީޑްގައި ގެންދިޔުމުގެ އެހީތެރިކަން ދޭނެ ރައްޔިތުންގެ ފަޅީގައި ތިބޭ، ރައްޔިތުން ހޮވި ސަރުކާރުން ކުރާ ކަންކަމުގައި ރައްޔިތުންނަށްޓަކައި މަގުފަހިކޮށްދޭނެ ރައްޔިތުންގެ މަޖިލީހެއް ހޮވައިދިނުމަކީ އަޅުގަނޑު އެދޭ އެދުމެއް."

ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ރަސްމީ ދަތުރެއްގައި އެމަނިކުފާނު އެ ރަށަށް ވަޑައިގަންނަވާ ކަމަށް އެންގުމުން އެކަމުގެ ތައްޔާރީތައްވެފައި އޮއްވައި، ވަޑައިގެން ބޭއްވި ޖަލްސާގައި ކުރެއްވީ ކެމްޕެއިން ކަމަށެވެ.

"ރައީސްގެ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށް އެންގުމުން ހުރިހާ އިންތިޒާމެއް ހަމަޖެއްސީ ކެނދިކުޅުދޫ ކައުންސިލުން. ނަމަވެސް ހަފްލާގެ ވަކި ހިސާބަކުން ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ކެބިނެޓުގެ ބައެއް ބޭފުޅުން ދެއްކެވި ވާހަކަފުޅުގެ މިސްރާބު ބަދަލުވެގެން ދިޔައީ، ސިޔާސީ ޕޯޑިއަމެއްގައި، ރައީސް ނިސްބަތްވާ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ދެއްކެވި ވާހަކަފުޅަކަށް،" ކެނދިކުޅުދޫ ކައުންސިލުން ބުނެފައިވެ އެވެ.

ކައުންސިލުގެ ބަޔާނުގައި ރަސްމީ ތައްގަނޑު ޖަހާފައި އޮތް ނަމަވެސް މީހަކު ސޮއިކޮށްފައި ނެތުމުން އެ ބަޔާނުގެ ސައްހަކަމާމެދު ސުވާލު އުފެދޭ ކަމަށް ވެސް އެލްޖީއޭއިން ބުނެފައިވެ އެވެ. ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން އެންމެ ފަހުން ނެރުނު ދެ ނޫސްބަޔާނުގައި ވެސް މީހަކު ސޮއިކޮށްފައެއް ނެތެވެ.

އެގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ދިވެހިރާއްޖެއިން ވަކާލާތު ކުރުމުންނާއި މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އަދި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ އިން ނިންމާފައިވާ ނިންމުން ދިރާސާކުރަން ނިންމުމުން، ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ނޫސްބަޔާންތަކުގައި ވެސް މީހެއްގެ ސޮޔެއް ނެތެވެ.

އެލްޖީއޭއިން ކެނދިކުޅުދޫ ކައުންސިލަށް އެންގީ ހޯމަ ދުވަހުގެ 2:00 ގެ ކުރިން އެ ކައުންސިލުން ނެރުނު ބަޔާން ބާތިލުކޮށް އެ އިދާރާއަށް އެކަން އެންގުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox