ބިލު ތަސްދީގު ނުކުރެއްވުމުން ރައީސް މުއިއްޒު ގާނޫނުއަސާސީއާ ހިލާފުވެއްޖެ: ހަސަން ލަތީފު

ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު. -- ފޮޓޯ: އަދަދު

ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު. -- ފޮޓޯ: އަދަދު

އިންތިހާބާބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ނުކުރައްވާ ކޮންމެ ސިކުންތަކު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ހުންނަވަނީ ގާނޫނުއަސާސީއާ ހިލާފުވެވަޑައިގެންފައި ކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

އެ ބިލް ތަސްދީގު ނުކުރައްވާ ހުންނެވުމުން ވޯޓުލުމުގެ ހައްގު ރައްޔިތުންނަށް ގެއްލިގެންދާ ކަމަށާއި ބިލް ތަސްދީގު ކުރެއްވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ވެސް ހަސަން ވިދާޅުވި އެވެ.

"ރައްޔިތުންނަށް ތަސައްލީއެއް ނުލިބޭ ގޮތަށް މިވަރު ބޮޑު ހައްގެއް ހިފަހައްޓާފައި ބާއްވައިގެން ނުވާނެ ރައީސްއެއް. ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް އެ ހިންގަވަނީ. ރައްޔިތުންނަށް ލިބިފައި އޮންނަ އެންމެ ބޮޑު ހައްގަކީ ވޯޓުލުމުގެ ހައްގު," ހަސަން ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނާ ގޮތުން އިންތިހާބު ފަސްކުރުމާބެހޭ ބިލު މިހާރު ތަސްދީގު ކުރައްވައި، ގެޒެޓުގައި ޝާއިއު ކުރަންޖެހިވަޑައިގަންނަވާނެ އެވެ. ނަމަވެސް ރައީސް ނިންމެވީ އެކަން ނުކުރައްވައި ބަންޑާރަ ނައިބުގެ ލަފައެއް ހޯއްދެވުމަށެވެ

ބިލެއް ތަސްދީގު ކުރެއްވުމަށް ގާނޫނުއަސާސީގައި ލިޔެފައިވާ ހަމަތައް ސާފުކޮށް އޮތުމުން، އެއީ ގާނޫނީ ލަފައެއް ހޯއްދަވަންޖެހޭ ކަމެއް ނޫން ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"ބަހަނާ ނުދައްކަވައި, ރައްޔިތުންނަށް ޖެއްސުން ނުކޮށް, ގާނޫނުއަސާސީގައި އޮތް ގޮތަށް އަމަލު ކުރައްވަންވީ," އޭނާ ވިދާޅުވި އެވެ.

ބިލު ތަސްދީގު ނުކުރައްވަން ރައީސް މުއިއްޒު ބޭނުން ވަނީ ސަރުކާރަށް ތާއިދު ނެތި, މަޖިލީސް އިންތިހާބުން ޕީއެންސީން ގެއްލިގެން ގޮސްފައިވާނެތީ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުންނަކީ "ޕަޕެޓުން" ތަކެއްގެ ގޮތުގައި ސިފަ ކުރައްވައި، އަދި އެ މެންބަރުންގެ "ޖޮއިސްޓިކް" އޮތީ އެހެން ފަރާތެއްގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވާއިރު، ހަސަން ވިދާޅުވީ ރައީސް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކީ ފާޑު ކިޔުއްވުމުގެ ބަދަލުގައި ގާނޫނީ ޒިންމާ އަދާކުރެއްވުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox