ސަރުކާރާއި ޕާޓީގެ އޮފިޝަލުންނަށް އިޝާރާތް ކުރައްވަނީ ބިލް ތަސްދީގު ނުކުރާނެ ކަމަށް!

ރައީސް ޑރ.،މުހައްމަދު މުއިއްޒު. ފޮޓޯ: ރައީސް

ރައީސް ޑރ.،މުހައްމަދު މުއިއްޒު. ފޮޓޯ: ރައީސް

ރޯދަ މަހު އިންތިހާބުތައް ނުބޭއްވޭ ގޮތަށް އިންތިހާބާބެހޭ އާއްމު ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު، ދެ ވަނަ ފަހަރަށް ފާސްކުރުމުން ވެސް، އެ ބިލް ތަސްދީގުނުކުރައްވާނެ ކަމުގެ އިޝާރާތް ސަރުކާރާއި ޕާޓީގެ އޮފިޝަލުންނަށް ދޭ ކަމަށް ބައެއް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ބައެއް އިސް ވެރިން "އަދަދު" ނޫހަށް މައުލޫމާތު ދެއްވި ގޮތުގައި ސަރުކާރާއި ޕާޓީގެ އިސް އޮފިޝަލުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އިރުޝާދު ދެއްވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މާޗް 17، ގައި (ރޯދަ މަހުގެ ތެރޭގައި) އޮންނާނެ ކަމަށް ބަލައިގެން އިތައްޔާރުވުމަށެވެ.

"އަޅުގަނޑުމެންނަށް ދޭ އިންޑިކޭޝަން އަކީ މާޗު 17 އަށް ތައްޔާރުވުމަށް،" ބިލް ތަސްދީގު ކުރައްވާނެތޯ ސުވާލު ކުރުން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

މި ނޫހާ ވާހަކަ ދެއްކެވި އެހެން ބައެއް އޮފިޝަލުން ވެސް ވިދާޅުވި ގޮތުން ބިލް ތަސްދީގު ކުރައްވާނެ ކަމަށް އެ ބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ.

"ބިލް ތަސްދީގު ކުރާނެ ކަމަށް ގަބޫލެއް ނުކުރެވޭ. އަބަދު ވެސް ބުނަމުން ދަނީ އިންތިހާބަށް ތައްޔާރުވުމަށް. މާޗު 17 ގައި އިންތިހާބު އޮންނާނެ ކަމަށް،" މި ނޫހާ ވާހަކަ ދެއްކި އެކަކު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހާ ދިމާވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ތާވަލުކުރުމުން ރައްޔިތުންގެ މަޖިލީހުން ފުރަތަމަ މަސައްކަތް ކުރީ އެ ކޮމިޝަނާ ވާހަކަ ދައްކައިގެން އިންތިހާބުގެ ތާރީހު ބަދަލު ކުރެވޭތޯ އެވެ. އެކަން ކާމިޔާބުނުވުމުން މަޖިލީހުން ވަނީ އިންތިހާބާ ބެހޭ އާއްމު ގާނޫނަށް ބަދަލުގެނެސް، ރޯދަ މަހު އެއްވެސް އިންތިހާބެއް ނުބާއްވާ ގޮތަށް ހަދަން ބިލެއް ފާސްކުރި އެވެ.

އެ ބިލު ތަސްދީގު ކުރައްވަން ރައީސް މުއިއްޒަށް ފޮނުވުމުން އެމަނިކުފާނު އެބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިލެއްވި އެވެ. މަޖިލީހުން އިއްޔެ ވަނީ އެ ބިލު ދެވަނަ ފަހަރަށް ފާސްކުރި އެވެ.

އެގޮތަށް ފާސްކުރުމުން ތަސްދީގުކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގާނޫނުއަސާސީގައި އޮތް ނަމަވެސް ރައީސް މިއަދު ވިދާޅުވީ ބިލު ތަސްދީގުކުރެއްވުމާ މެދު ބަންޑާރަނައިބުގެ ލަފާ ހޯއްދަވާނެ ކަމަށެވެ.

އުތުރުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ނ. ކެނދިކުޅުދޫގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އަނެއްކާ ވެސް ގާނޫނު އަސާސީއާ ހިލާފުވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަންޖެހޭ ގޮތަށް ފާސް ކުރި ބިލު އަނބުރާ ފޮނުވާލެއްވުމުން، އިތުރު ބަދަލެއް ނުގެނެސް އިއްޔެ ފާސްކޮށްފައި ވަނިކޮށެވެ.

"80 މެމްބަރުން ކަމަށް ބަލައިގެން ނިންމާ ކޮންމެ ނިންމުމެއް ގާނޫނޫ އަސާސީއާ ހިލާފު ވާނޭ. މަޖިލީހުގެ އަދަދަކީ 87 ކަމަށް ސުޕްރީމް ކޯޓުން ނިންމީ. އެެންވީމާ ބަންޑާރަ ނައިބުގެ ގާނޫނީ ލަފަޔަށް އަޅުގަނޑު މިހާރު ވާނީ ދަންނަވާފައި," ސުޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމާ ގުޅޭގޮތުން ރައީސް ވިދާޅުވި އެވެ.

އެމަނިފާނު މިހެން ވިދާޅުވި ނަމަވެސް, ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނާ ގޮތުން އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު މިހާރު ތަސްދީގު ކުރައްވައި، ގެޒެޓުގައި ޝާއިއު ކުރަންޖެހިވަޑައިގަންނަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox