ދެވަނަ ފަހަރަށް ފާސްކުރާ ބިލު ތަސްދީގު ނުކުރުމަކީ ގާނޫނުއަސާސީގެ އިއްފަތްތެރިކަން ފޭރިގަތުން: ޖަމީލް

ޕީޕީއެމްގެ އިސް ސަފުގައި ޖަމީލު ހަރަކާތްތެރިވި ދުވަސްވަރު ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު

ޕީޕީއެމްގެ އިސް ސަފުގައި ޖަމީލު ހަރަކާތްތެރިވި ދުވަސްވަރު ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު

ގާނޫނު ހެދުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ވެސް ސުޕްރީމް ކޯޓަށް ވެސް ލިބިފައިވާ ބާރެއް ނޫން ކަމަށާއި ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް އެއްވެސް ބަދަލެއް ނުގެސް އެއް ބިލެއް ފާސްކުރާ ހާލަތުގައި ރައީސް ޖަހަންޖެހޭ ސޮއި ނުޖެހުމަކީ ގާނޫނުއަސާސީގެ އިއްފަތްތެރިކަން ފޭރިގަތުން ކަމަށް ކުރީގެ ނައިބު ރައީސް އަދި ޖަސްޓިސް މިނިސްޓަރު އަހުމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަންޖެހޭ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުން އިއްޔެ ފާސްކުރި ބިލު ތަސްދީގު ނުކޮށް، ދިގު ދަންމަމުންދާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި "އަދަދު" އާ ވާހަކަ ދައްކަވަމުން ޖަމީލު ވިދާޅުވީ ގާނޫނު ހެދުމުގެ ބާރަކީ ހަމައެކަނި މަޖިލީހަށް ލިބިދީފައި އޮންނަ ބާރެއް ކަމަށާއި ގާނޫނުއަސާސީއަށް ބޯލެނބުމަކީ ރާއީސުލްޖުމްހޫރިއްޔާގެ ހުވައިން ރައީސްއަށް ލާޒިމު ކުރާ ކަމެއް ކަމަށެވެ.

"އެހެންވީމާ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއާ އެއްގޮތަށް ގާނޫނެއް ފާސްކޮށް އެގޮތުގެ މަތިން އެ ގާނޫނުގައި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޖަހަންޖެހޭ ސޮއި، ނޫނިއްޔާ ތަނެއްގައި ޝާއިއު ކުރަންޖެހޭ ޝާއިއު ކުރުން، ކުރަން ލާޒިމު ކުރާނަމަ އެކަން އެގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކުރަން ރައީސުލްޖުމްހޫރިއްޔާގެ ހުވާ ލާޒިމު ކުރޭ،" މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖެއްސެވި ޖަމީލް ވިދާޅުވި އެވެ.

"އެކަން އެގޮތަށް ނުކުރުމަކީ، އެއްވެސް ފަރާތަކުން، ރައީސުލްޖުމްހޫރިއްޔާ ކަމުގައިވިޔަސް ޖުޑިޝަރީވިޔަސް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިންފާރު ތެރެއަށް ވަދެ، މަޖިލީހުގެ އިހުތިސާސް ތެރެއަށް ވަންޏާ އޭގެ މާނައަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ އިއްފަތްތެރިކަމަށް އަރައިގަންނަނީޔޭ، އިއްފަތް ފޭރި ގަތުމޭ،"

ޚުދު ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ވެސް ގާނޫނުއަސާސީގެ ދަށުން ހޮވާ މަގާމެއްކަން ފާހަގަ ކުރައްވައި ޖަމީލު ވިދާޅުވީ ގާނޫނުއަސާސީން ސާފުކޮށް ކުރަން ލާޒިމުކޮށްފައި އޮންނަ ކަމެއް ނުކުރަން ބަހަނާ ދައްކައި އެކަމާ ދެކޮޅަށް ވާހަކަދެއްކުމުގެ ހައްގު ރައީސްއަށް ލިބިގެން ނުވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކޮށްފައި ހުރީ ވަކި ޕްރޮސެސްއަކުން ވަކި ކަންތައްތަކެއް ކުރަން، އެހެންވީމާ ރައީސުލްޖުމްޖޫރިއްޔާއަށް އޮޅިވަޑައިގެންނެއް ނުވާނެ ތިމަންމަނިކުފާނަކީ ދިވެހިރާއްޖޭގެ ގާނޫނު ހެދުމާއި މިނިވަން މުއައްސަސާތައް ހިންގުމާއި ދިވެހިރާއްޖޭގެ ކޯޓުތައް ހިންގުމާ، މި ހުރިހާ ކަމެއްގެ ވެރިފަރާތެއް ނޫން، އެގޮތަކަށް ލިބިގެންވާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަކަށް ލިބިގެނެއް ނުވެޔޭ، އެހެންވީމާ ރައީސުލްޖުމްހޫރިއްޔާއަކަށް އެވާހަކަ އެގޮތަށް ދެއްކުމުގެ އިހުތިޔާރެއް ވެސް އަޅުގަނޑުގެ ނަޒަރުގައި ނުއެއް ނެތް، އެއީ ކުރެވޭނެ ކަމެއް ނޫން،" މި ސަރުކާރު ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ޖަމީލް ވިދާޅުވި އެވެ.

ރޯދަމަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ބިލު ތަސްދީގު ކުރެއްވުމުގެ ބަދަލުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލިސް މެންބަރުން ގުނާ އަދަދާމެދު ސުވާލު އުފައްދަވައި އެ ބިލާ ގުޅިގެން ބަންޑާރަ ނައިބު، އަހުމަދު އުޝާމްގެ ލަފަޔަކަށް އެދިވަޑައިގެންފަ އެވެ.

އެ ނިންމެވުމާ ގުޅިގެން ގާނޫނީ ދާއިރާގައި ފުންނާބު އުސް ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް، އަދި ގާނޫނީ ވަކީލު، އަހުމަދު މުއިއްޒު އެކްސްގައި ވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 87 މެންބަރުން ކަމުގައި ބެއްޔަސް، މަޖިލީހުން އިއްޔެ އެ ބިލު ފާސްކުރީ 47 މެންބަރުންގެ ވޯޓުން ކަމަށްވާތީ ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

މުއިއްޒުގެ އިތުރުން މިހާރު އަމަލު ކުރާ ގާނޫނުއަސާސީ އެކުލަވައިލުމުގައި އިސްކޮށް ހަރަކާތްތެރިވި، ކުރީގެ މަޖިލިސް މެންބަރު، އިބްރާހިމް އިސްމާއިލް ވެސް ވަނީ މިހާރު އުފައްދައިގެން އުޅޭ ގާނޫނީ މައްސަލަތަކަކީ އޭގައި އެއްވެސް އަސާސެއް ނެތް މައްސަލަތަކެއް ކަމަށް ވިދާޅުވެފަ އެވެ.

އޭގެއިތުރުން އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީންނާއި ޑިމޮކްރެޓްސްއިން ވެސް ވަނީ ބިލު ތަސްދީގު ނުކުރައްވައި ލަސްކުރަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ރައީސްއަށް ފާޑު ކިޔައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox