ޗައިނާގެ ރިސާޗު އުޅަނދު މާލެއިން ފުރައިގެން އަނެއްކާވެސް އީއީޒެޑު ބުޑަށް

ޗައިނާގެ އުޅަނދު ޝިއެން ޔެން ހޮން 3 މާލޭގައި ބަނދަރުކޮށްފައި : އެ އުޅަނދު މިހާރު ވަނީ މާލެއިން ފުރާފަ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޗައިނާގެ އުޅަނދު ޝިއެން ޔެން ހޮން 3 މާލޭގައި ބަނދަރުކޮށްފައި : އެ އުޅަނދު މިހާރު ވަނީ މާލެއިން ފުރާފަ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޗައިނާގެ ރިސާޗު އުޅަނދު, ޝިއެން ޔެން ހޮން 3, މާލޭގައި ބަނދަރުކުރުމަށްފަހު އަނެއްކާވެސް ރާއްޖޭގެ އެކްސްކްލޫޒިވް އިކޮނޮމިކް ޒޯނުގެ އިމުގެ ކައިރިއަށް ގޮސްފި އެވެ.

އެ އުޅަނދު މާލެ އަށް އައިސްފައިވަނީ މި މަހުގެ 22 ގަ އެވެ. މެރިން ޓްރެފިކް ފަދަ ޓްރެކިން ސައިޓުތަކުން ދައްކާ ގޮތުގައި ފެބްރުއަރީ 23، ގައި ޗައިނާގެ އުޅަނދު ވަނީ ތިލަފުށީގައި ބަނދަރުކޮށްފަ އެވެ.

މި އުޅަނދު ރާއްޖެއަށް އަންނަކަން ފޮރިން މިނިސްޓްރީން މީގެ ކުރިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭރު ނެރުނު ބަޔާނެއްގައި ބުނީ ދިރާސާ ކުރާ ޗައިނާގެ އުޅަނދެއް ރާއްޖެ އަންނަނީ ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އައު ކުރުމަށް ކަމަށެވެ. ބެލެވޭ ގޮތުގައި ތިލަފުށްޓަށް ބަނދަރުކުރީ މި ބޭނުމުގަ އެވެ.

ޗައިނާގައި މިހާރު އޮތް އެންމެ ޒަމާނީ ރިސާޗު އުޅަނދު ރާއްޖެއަށް ދަތުރު ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވިތާ 24 ގަޑިއިރު ފަހުން، ޖެނުއަރީ 14، 2024 ގަ އެވެ.

މާލޭ ބަނދަރުން ފުރި ނަމަވެސް އާންމުކޮށް ބޭނުންކުރާ ޓްރެކިން ސައިޓުތަކުން އެ އުޅަނދުގެ ސިގްނަލެއް އެންމެ ފަހުން ދައްކަނީ މީގެ ދެ ދުވަސް ކުރިން ހުޅުމާލެ ކައިރިންނެވެ. ބެލެވޭ ގޮތުގައި އެ އުޅަނދުގެ ބައެއް ޓްރެކިން ސިސްޓަމްތައް ވަނީ ނިއްވާލާފަ އެވެ. ރާއްޖެ އައި މަގުމަތީ ޖެނުއަރީ 22، ގައިވެސް އާއްމު ސައިޓުތަކަށް ނުފެންނަ ގޮތަށް އުޅަނދުން ޓްރެކިން ޑިވައިސް ނިއްވާލާފައިވެ އެވެ. އެ ދުވަހު ޗައިނާގެ އުޅަނދު އޮތީ އިންޑޮނީޝިއާ ބޭރުން ޖާވާ ކަނޑުގަ އެވެ.

ޗައިނާގެ ރިސާޗު އުޅަނދު މިހާރު އޮތް ސަރަހައްދު - ވެސަލް ފައިންޑާ
ޗައިނާގެ ރިސާޗު އުޅަނދު މިހާރު އޮތް ސަރަހައްދު - ވެސަލް ފައިންޑާ

ޗައިނާގެ ރިސާޗު އުޅަނދު މިހާރު އޮތް ސަރަހައްދު - ވެސަލް ފައިންޑާ

ސެޓްލައިޓު އޭއައިއެސް ޓްރެކިން ބޭނުންކޮށްގެން "އަދަދު" އިން އިތުރަށް ހޯދި ހޯދުމުން ފެންނަ ގޮތުގައި ޗައިނާގެ އުޅަނދު މިހާރު އޮތީ ފުވައްމުލަކުގެ އިރުން 190 އެއްހާ މޭލެ ބޭރުން ރާއްޖޭގެ އީއީޒެޑުގެ ތެރޭގަ އެވެ. މިސްރާބުހުރީ އީއީޒެޑުން ބޭރަށެވެ.

މާލޭގައި ބަނދަރު ކުރުމުގެ ކުރިންވެސް ޗައިނާގެ ބޯޓު ވަނީ ރާއްޖޭގެ އިރުން، އީއީޒެޑު ބުޑުގައި މަހެއްހާ ދުވަހު އެއް ޕެޓާން އަކަށް ދުއްވާފަ އެވެ. އާއްމުކޮށް މިފަދައިން ދުއްވަނީ ކަނޑުގެ ދިރާސާތައް ކުރުމަށެވެ.

ފޮރިން މިނިސްޓްރީން ޖެނުއަރީ މަހު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން އެ އުޅަނދު ރާއްޖެ އައީ ރާއްޖޭގައި ބަނދަރު ކޮށްދިނުމުގެ ހުއްދައަކަށް ޗައިނާގެ ސަރުކާރުން ރާއްޖޭގައި ރަސްމީކޮށް އެދުމުން ދިން ހުއްދައެއްގެ ދަށުންނެވެ.

"ޗައިނާ ސަރުކާރުން ވަނީ އެ އުޅަނދުގައި ތިބި ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އައު ކުރުމަށް ރާއްޖޭގައި ބަނދަރުކޮށްދިނުމުގެ ހުއްދައަކަށް ދިވެހި ސަރުކާރުގައި ރަސްމީކޮށް އެދިފައި، އެ އުޅަނދުން ރާއްޖޭގައި އެއްވެސް ދިރާސާއެއް ނުކުރާނެ،" ޖެނުއަރީ 23 ގައި ސަރުކާރުން ހާމަކޮށްފައިވެ އެވެ.

ފޮރިން މިނިސްޓަރީން ބުނީ ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ މިލިޓަރީ އަދި ސިވިލް އުޅަނދުފަހަރަށް ރާއްޖޭގައި ބަނދަރުކޮށް ސުލްހަވެރި ހަރަކާތްތެރިކަން ހިންގުމުގެ ހުއްދަ ދޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ ބަދަހިވެގެންދާ ކަމަށް ފޮރިން މިނިސްޓަރީގެ ބަޔާނުގައި ބުންޏެވެ.

އުޅަނދުގެ ގާބިލުކަމާއި ތަފުސީލުތައް

ގާތްގަނޑަކަށް 100 މީޓަރުގެ މި އުޅަނދަކީ ޗައިނާގެ ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން (އެސްއޭއޯ) ގެ ފްލީޓަށް 2016 ގައި އިތުރުކުރި އުޅަނދެކެވެ. މިއީ މި ވަގުތު ޗައިނާގައި އޮތް 4،500 ޓަނުގެ ހަމައެކަނި އުޅަނދެވެ.

2019 އިން ފެށިގެން ޗައިނާގެ ޕައިލެޓް އޯޝެން ލެބޯރެޓަރީގެ "ޑިސްޓަންޓް ވޯޓާ" އަދި "ޑީޕް ސީ" ސާވޭ ކުރުމަށް ވެސް ޗައިނާއިން މި އުޅަނދު ބޭނުންކުރަމުންދެ އެވެ.

އެގޮތުން, ކަނޑުގެ ލޮނުގަނޑުގެ ދިރާސާތަކާއި، މައިކްރޯބިއަލް ޖެނެޓިކްގެ ދިރާސާތައް، ކަނޑު އަޑިން މައުދަން ހޯދުން، އަދި ކަނޑު އަޑީގެ ދިރުންތަކާއި ވެށީގެ ދިރާސާތަކަށް ވެސް މި އުޅަނދު ބޭނުންކުރެވޭނެ އެވެ.

އެގޮތުން, ކަނޑު އަޑީގައި ދުއްވޭ ގްލައިޑަރުތަކާއި ކަނޑުގެ އޮއެވަރާއި ރާޅު ބާނިތަކާއި ތިމާވެށީގެ މުހިންމު މައުލޫމާތުތައް ދެނެގަނެވޭނެ ޑޭޓާ ބޮއި އެ ބޯޓުގައި ހުންނާނެ އެވެ. މިއީ ވަގުތުން ވަގުތަށް ޗައިނާގެ އެއްގަމަށް ސެޓެލައިޓް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދޭނެ ބޮއިތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox