ސަރުކާރު ކެންޑިޑޭޓުން ވަކިނުވެގެން ރައީސްއާ ސުވާލުކޮށްފި

ރައީސް ޑރ. މުއިއްޒު އަހާ ފޯރަމުގައި; ސަރުކާރު ކެންޑިޑޭޓުން ވަކިނުވެގެން ރައީސާ ސުވާލުކޮށްފި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުއިއްޒު އަހާ ފޯރަމުގައި; ސަރުކާރު ކެންޑިޑޭޓުން ވަކިނުވެގެން ރައީސާ ސުވާލުކޮށްފި -- ފޮޓޯ: ރައީސް އޮފީސް

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުން ވަކި ނުކުރެވިގެން, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ސުވާލުކޮށްފި އެވެ.

ސީދާ ރައީސްއާ ސުވާލު ކުރެވޭގޮތަށް ކުރިއަށް ގެންދިޔަ 'އަހާ' ޕަބްލިކް ފޯރަމްގައި މީހަކު ރައީސްއާ ސުވާލުކުރީ ރައްޔިތުންގެ މަޖިލީހަށް ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕާޓީން ޑިމޮކްރެޓިކް އުސޫލުން ކެންޑިޑޭޓަކު ހޮވާފައި ހުއްޓައި ރައީސްގެ ފޮޓޯ ޖަހައިގެން އިތުރު ކެންޑިޑޭޓަކު ނިކުމެގެން އުޅޭތީ އެވެ.

"ޕާޓީ ނުވަތަ ސަރުކާރަށް ނިސްބަތް ނުވާ އެހެން ކެންޑިޑޭޓަކު ރައީސްގެ ފޮޓޯ ޖައްސަވައިގެން ރައީސްގެ ފުރިހަމަ ތާއިދު އޮތް ކަމަށް މެންބަރުންނަށާއި ރައްޔިތުންނަށް އަންގަމުން ދާތީ, ތިން ރަށުގެ މީހުންގެ މިހަކާ މެދު ހިޔާލު ތަފާތުވުމާއި ނުތަނަވަސްކަމާ އެބަ އޮތް. މިކަމާ މެދު ރައީސް ދެކެވަޑައިގަންނަވަނީ ކިހިނެތްތޯ" ޒުވާނަކު ސުވާލު ކުރި އެވެ.

ޕްރައިމަރީން ހޮވި ކެންޑިޑޭޓަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެތޯ ވެސް ސުވާލުކޮށްފަ އެވެ.

ސަރުކާރު ކެންޑިޑޭޓުން ވަކިނުވާތީ ޒުވާނަކު ރައީސްއާ ސުވާލުކުރަނީ -- ފޮޓޯ: ރައީސް އޮފީސް
ސަރުކާރު ކެންޑިޑޭޓުން ވަކިނުވާތީ ޒުވާނަކު ރައީސްއާ ސުވާލުކުރަނީ -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރު ކެންޑިޑޭޓުން ވަކިނުވާތީ ޒުވާނަކު ރައީސްއާ ސުވާލުކުރަނީ -- ފޮޓޯ: ރައީސް އޮފީސް

ނަމަވެސް އެއީ ޕާޓީގެ އެތެރޭގެ އަދި ރޭގެ މައުލޫއާ ނުގުޅޭ ކަމަކަަށް ވާތީ ޖަވާބު ދެއްވުމަށް ރައީސް އުޒުރުވެރިވެވަޑައިގެންނެވި އެވެ.

"މިރޭގެ މި ފޯރަމްގެ މައިގަނޑު މައުލޫއާ ނުގުޅާ, ޕާޓީގެ އެތެރޭގެ ކަމެއް ވީމަ ތި ކޭސް ވަކިން އަޅުގަނޑާ ހިއްސާ ކޮށްލަ ދިނިއްޔާ ވަރަށް ރަނގަޅު" ރައީސް ވިދާޅުވި އެވެ.

ސަރުކާރު ކެންޑިޑޭޓުން ވަކިނުވެގެން ރައީސްއާ ސުވާލުކުރި އިރު, ޕީއެންސީގެ ޓިކެޓު ކާމިޔާބުކުރި ކެންޑިޑޭޓުން ތިއްބާ, ރައީސްގެ ކެންޑިޑޭޓުންގެ ގޮތުގައި އިތުރު ކެންޑިޑޭޓުންތަކެއް ބައެއް ދާއިރާތަކަށް ނިކުންނަ ކަމުގެ ކަންބޮޑުވުން އޮތީ އިތުރުވެފަ އެވެ.

ޕްރައިމަރީން ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރުމުން ވެސް ސަރުކާރުގެ ތާއިދު ނުލިބުމުން ގައްދޫ ދާއިރާގެ ކެންޑިޑޭޓު މުހައްމަދު ޝަފީގު (މަހާ) ވަނީ އިންތިހާބުގައި ވާދަ ނުކުރަން ނިންމާފަ އެވެ. އޭނާ އިންތިހާބުގައި ވާދަ ނުކުރަން ނިންމީ, ޓިކެޓު ކަށަވަރުވުމަށްފަހު ކެމްޕޭނު ކުރަމުން ދަނިކޮށް އޭނާއާ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ކެންޑިޑޭޓު މުހައްމަދު އަލީ އަމިއްލަ ގޮތުން ވާދަކޮށް ކެމްޕޭން ކުރަމުން ދަނިކޮށެވެ.

މުހައްމަދު އަލީގެ ކެމްޕޭނުގައި ސަރުކާރުގެ ބައެއް މިނިސްޓަރުންވެސް ބައިވެެރިވި އެވެ. ޝަފީގުގެ ނަން ނެގުމާ އެކު މުހައްމަދު އަލީއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ދީފައި ވެއެވެ.

މީގެ އިތުރުން ބައެއް ދާއިރާތަކުގައި ސަރުކާރު ކެންޑިޑޭޓުގެ ގޮތުގައި ދެ ކެންޑިޑޭޓުން ވެސް ކެމްޕޭނު ކުރަމުން އެބަދެ އެވެ.

އެގޮތުން, ވިލިނގިލި ދާއިރާގެ ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރި ޔަޒްމީދު މުހައްމަދު އަދި ޕްރައިމަރީއިން ދެވަނައަށް ދިޔަ އާޒިމް އަބްދުލްއަޒީޒު ވެސް ދަނީ ކެމްޕޭނުގައި ރައީސްގެ ފޮޓޯ އަދި ޕީއެންސީގެ ކުލަތައް ބޭނުންކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox