ރައީސަަށް ޝަކުވާ ހުށަހަޅަން ޖެހެނީ އީފާހުން، މީހާ ސިއްރެއް ނުވޭ!

Feb 24, 2024, 6:34 AM
ރައީސް އާ ސުވާލުކުރުމުގެ ފުރުސަތު ދޭ "އަހާ" ޕްރޮގްރާމްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ. ރައްޔިތުން ޝަކުވާ ހުށަހަޅަން އެމަނިކުފާނު ވަނީ ޕޯޓަލް އެއް ގާއިމްކުރައްވާފައި. ފޮޓޯ: ރައީސް އޮފީސް

ރައީސް އާ ސުވާލުކުރުމުގެ ފުރުސަތު ދޭ "އަހާ" ޕްރޮގްރާމްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ. ރައްޔިތުން ޝަކުވާ ހުށަހަޅަން އެމަނިކުފާނު ވަނީ ޕޯޓަލް އެއް ގާއިމްކުރައްވާފައި. ފޮޓޯ: ރައީސް އޮފީސް

ކުރީގެ ދެރައީސުންނަށް ޝަކުވާ ހުށަހަޅަން ފުރުސަތު ދިނީ ކާކުކަން ނޭނގޭ ގޮތަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތާ އެކުގައި ކަމަށް ވިޔަސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝަކުވާ ހުށަހަަޅަން ގާއިމް ކުރި ޕޯޓަލް އެއާ ތަފާތު ވެއްޖެ އެވެ.

ސީދާ ރައީސަށް ޝަކުވާ އާއި ހިޔާލު ހުށަހަޅަން އިއްޔެ އިފްތިތާހުކުރި "ރައްޔިތުންގެ އަޑު" ގެ ނަމުގައި ގާއިމްކުރި ޕޯޓަލް އަށް ވަންނަން ލޮގިން ވެވޭ ހަމަ އެކަނި މަގަކަށް އޮތީ ދައުލަތުގެ މުއައްސަސާތަކުން ދޭ ހިދުމަތްތައް އޮންލައިންކޮށް ހޯދަން ގާއިމްކޮށްފައިވާ "އީ ގަވަމެންޓް" އަށް ވަންނަ "އީފާސް" މެދުވެރިކޮށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އާންމުންގެ ހިޔާލު ހޯދަން ގާއިމްކުރި "ޑިއާ ޕްރެޒިޑެންޓް" ގެ ނަމުގައި ރައީސް އޮފީހުގެ ވެބްސައިޓްގައި ގާއިމްކުރި ޕޯޓަލް މެދުވެރިކޮށް ކާކުކަން ނޭނގޭ ގޮަތަށް ވެސް ހިޔާލާއި ޝަކުވާ ހުށަހެޅެވެ އެވެ. އޭގެ ފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް އެކަން ހަމަ އެގޮތަށް ކުރިއަށް ގެންދެވި އެވެ.

ރައީސްއަށް ޝަކުވާ އާއި ހިޔާލު ހުށަހެޅާ ޕޯޓަލް އަށް އީފާސް މެދުވެރިކޮށް ވަންނަ ގޮތަށް ހެދި ސަބަބާ ބެހޭ ގޮތުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލު ވިދާޅުވީ، އެގޮތަށް ހަމަޖެއްސީ ޝަކުވާ ހުށަހަަޅަކީ "ޖެނުއިން މީހެއްކަން" ކަށަވަރުކުރުމާ އެކު ހުށަހަޅާ ޝަކުވާ އަކީ "ޖެނުއިން ޝަކުވާ" އަކަށް ހެދުމުގެ ބޭނުމުގައި ކަމަށެވެ.

"މިހާރު ވެސް ރައީސް އޮފީހަށް ފޮނުވާނެ ދެއްތޯ މީހުން ސުވާލު، ސިޓީ ވެސް ފޮނުވާނެ. ސިޓީ ވެސް އެެއީ ކޮންފިޑެންޝަލް އެއްޗިހި. ސިޓީ ފޮނުވުމުގެ ބަދަލުގައި ތަންކޮޅެއް ސާފު، ފަަސޭހަ ގޮތެއް ދެއްތޯ މިއީ،" ހަލީލު ވިދާޅުވި އެވެ.

ކާކުކަން ނޭނގޭ ގޮތަށް ޝަކުވާ ހުށަހަޅަން ފުރުސަތު ދިން އިރު އެގޮތަށް އިންތިޒާމު ހަމަޖެއްސި ސަބަބެއް ކަމަށް ކުރީ ސަރުކާރުން ބުނީ ޝަކުވާ ހުށަހަޅަނީ ކާކުކަން އެނގިދާނެތީ ޝަކުވާ ހުށަހަޅަން ފަސްޖެހޭ މީހުންނަށް ވެސް އެ ފުރުސަތު ދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox