މަހެއްހާ ދުވަހު ރާއްޖޭގެ އީއީޒެޑު ބުޑުގައި "އެނބުރުމަށް ފަހު" ޗައިނާގެ ރިސާޗު އުޅަނދު މާލެ އަތުވެއްޖެ

\ޗައިނާގެ އުޅަނދު ޝިއެން ޔެން ހޮން 3 : އެ އުޅަނދު މިހާރު އޮތީ މާލެ ކައިރި -

\ޗައިނާގެ އުޅަނދު ޝިއެން ޔެން ހޮން 3 : އެ އުޅަނދު މިހާރު އޮތީ މާލެ ކައިރި -

ޗައިނާގެ ރިސާޗު އުޅަނދު, ޝިއެން ޔެން ހޮން 3, ރާއްޖޭގެ އެކްސްކްލޫޒިވް އިކޮނޮމިކް ޒޯނުގެ ބުޑުގައި މަހެއްހާ ދުވަހު "އެނބުރުމަށް ފަހު" މިއަދު މާލެ އަތުވެއްޖެ އެވެ.

މެރިން ޓްރެފިކް ފަދަ ޓްރެކިން ސައިޓުތަކުން ދައްކާ ގޮތުގައި މި އުޅަނދު މިހާރު އޮތީ ތިލަފުށި ކައިރީގަ އެވެ. ނަމަވެސް, މި އުޅަނދު ބަނދަރު ކުރަނީ ކޮންތާކު ކަމެއް އަދި އެނގިފައި ނުވެ އެވެ.

މި އުޅަނދު ރާއްޖެއަށް ކުރާ މި ދަތުރު ފަށާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވިތާ 24 ގަޑިއިރު ފަހުން، ޖެނުއަރީ 14، 2024 ގަ އެވެ.

މިދިޔަ މަހުގެ 22 އިން ފެށިގެން އާންމުކޮށް ބޭނުންކުރާ ޓްރެކިން ސައިޓުތަކުން މި އުޅަނދު ދައްކާފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި އެ އުޅަނދުގެ ބައެއް ޓްރެކިން ސިސްޓަމްތައް ވަނީ ނިއްވާލާފަ އެވެ. އެ ސައިޓުތަކުން ދައްކާ ގޮތުގައި އެ ދުވަހު ޗައިނާގެ އުޅަނދު އޮތީ އިންޑޮނީޝިއާ ބޭރުން ޖާވާ ކަނޑުގަ އެވެ.

ނަމަވެސް ސެޓްލައިޓު އޭއައިއެސް ޓްރެކިން ބޭނުންކޮށްގެން "އަދަދު" އިން އިތުރަށް ހޯދި ހޯދުމުން ފެންނަ ގޮތުގައި ޗައިނާގެ އުޅަނދު މިހާރު އޮތީ ރާއްޖޭގެ އީއީޒެޑު ބުޑުގަ އެވެ. މި ސަރަހަށްދަށް އެ އުޅަނދު އައީ ޖެނުއަރީ 21 ގަ އެވެ. އަދި ރާއްޖޭގެ އީއީޒެޑު ކައިރި މަހެއްހާ ދުވަހު މި އުޅަނދު ވަނީ ދުއްވާފަ އެވެ.

ޗައިނާގެ ރިސާޗު އުޅަނދު މިހާރު އޮތް ސަރަހައްދު -
ޗައިނާގެ ރިސާޗު އުޅަނދު މިހާރު އޮތް ސަރަހައްދު -

ޗައިނާގެ ރިސާޗު އުޅަނދު މިހާރު އޮތް ސަރަހައްދު -

މި އުޅަނދު ރާއްޖެއަށް އަންނަކަން ފޮރިން މިނިސްޓްރީން މީގެ ކުރިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭރު ނެރުނު ބަޔާނެއްގައި ބުނީ ދިރާސާ ކުރާ ޗައިނާގެ އުޅަނދެއް ރާއްޖެ އަންނަނީ ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އައު ކުރުމަށް ކަމަށެވެ.

ކަން ކުރަނީ އެ ބޯޓު ރާއްޖޭގައި ބަނދަރު ކޮށްދިނުމުގެ ހުއްދައަކަށް ޗައިނާގެ ސަރުކާރުން ރާއްޖޭގައި ރަސްމީކޮށް އެދިގެން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"ޗައިނާ ސަރުކާރުން ވަނީ އެ އުޅަނދުގައި ތިބި ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އައު ކުރުމަށް ރާއްޖޭގައި ބަނދަރުކޮށްދިނުމުގެ ހުއްދައަކަށް ދިވެހި ސަރުކާރުގައި ރަސްމީކޮށް އެދިފައި، އެ އުޅަނދުން ރާއްޖޭގައި އެއްވެސް ދިރާސާއެއް ނުކުރާނެ،" ޖެނުއަރީ 23 ގައި ސަރުކާރުން ހާމަކޮށްފައިވެ އެވެ.

ފޮރިން މިނިސްޓަރީން ބުނީ ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ މިލިޓަރީ އަދި ސިވިލް އުޅަނދުފަހަރަށް ރާއްޖޭގައި ބަނދަރުކޮށް ސުލްހަވެރި ހަރަކާތްތެރިކަން ހިންގުމުގެ ހުއްދަ ދޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ ބަދަހިވެގެންދާ ކަމަށް ފޮރިން މިނިސްޓަރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބައިނަލްއަގުވާމީ ގޮތުން އެފަދަ ކަންކަމުގައި ދުނިޔޭގައި އަމަލު ކުރާ ބެސްޓު ޕްރެކްޓިސްއާއި މެރިޓައިމް ގާނޫނުގައި އެކަމާ ގުޅުންހުރި މާއްދާތައް ރާއްޖެއިން ނަގަހައްޓާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އުޅަނދުގެ ގާބިލުކަމާއި ތަފުސީލުތައް

ގާތްގަނޑަކަށް 100 މީޓަރުގެ މި އުޅަނދަކީ ޗައިނާގެ ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން (އެސްއޭއޯ) ގެ ފްލީޓަށް 2016 ގައި އިތުރުކުރި އުޅަނދެކެވެ. މިއީ މި ވަގުތު ޗައިނާގައި އޮތް 4،500 ޓަނުގެ ހަމައެކަނި އުޅަނދެވެ.

2019 އިން ފެށިގެން ޗައިނާގެ ޕައިލެޓް އޯޝެން ލެބޯރެޓަރީގެ "ޑިސްޓަންޓް ވޯޓާ" އަދި "ޑީޕް ސީ" ސާވޭ ކުރުމަށް ވެސް ޗައިނާއިން މި އުޅަނދު ބޭނުންކުރަމުންދެ އެވެ.

އެގޮތުން, ކަނޑުގެ ލޮނުގަނޑުގެ ދިރާސާތަކާއި، މައިކްރޯބިއަލް ޖެނެޓިކްގެ ދިރާސާތައް، ކަނޑު އަޑިން މައުދަން ހޯދުން، އަދި ކަނޑު އަޑީގެ ދިރުންތަކާއި ވެށީގެ ދިރާސާތަކަށް ވެސް މި އުޅަނދު ބޭނުންކުރެވޭނެ އެވެ.

އެގޮތުން, ކަނޑު އަޑީގައި ދުއްވޭ ގްލައިޑަރުތަކާއި ކަނޑުގެ އޮއެވަރާއި ރާޅު ބާނިތަކާއި ތިމާވެށީގެ މުހިންމު މައުލޫމާތުތައް ދެނެގަނެވޭނެ ޑޭޓާ ބޮއި އެ ބޯޓުގައި ހުންނާނެ އެވެ. މިއީ ވަގުތުން ވަގުތަށް ޗައިނާގެ އެއްގަމަށް ސެޓެލައިޓް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދޭނެ ބޮއިތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox