ދެކުނުގެ ހަތަރު އަތޮޅަށް ރައީސް މުއިއްޒު ވެވަޑައިގަތް ވައުދުތައް!

ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ރަސްމީކޮށް ފެށުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ ވެރިން، އަދި މުވައްމުލަކުގެ އިސްވެރިން. -- ފޮޓޯ: ރައީސް އޮފީސް

ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ރަސްމީކޮށް ފެށުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ ވެރިން، އަދި މުވައްމުލަކުގެ އިސްވެރިން. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކުނު ހަތަރު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އައްޑޫ ސިޓީ އާއި ފުވައްމުލަކަށް ވަނީ ވަޑައިގެންފަ އެވެ. އެ މަނިކުފާނު މި ވަގުތު ހުންނެވީ ހުވަދު އަތޮޅު ދެކުނު ބުރީގަ އެވެ. މިއަދު ހުވަދު އަތޮޅު އުތުރު ބުރީގެ ބައެއް ރަށްތަކަށް ވަޑައިގަތުމަށް ފަހު އެނބުރި މާލެ ވަޑައިގަންނަވާނެ އެވެ.

ރިޔާސީ އިންތިހާބަށް ފަހު އެ މަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތީ ތ. އަތޮޅަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އަތޮޅުތަކަށް ކުރައްވާ ދެ ވަނަ ދަތުރެވެ.

ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ދެކުނުގެ އަތޮޅުތަކަށް ބޮޑެތި ވައުދުތަކެއް ވެވަޑައިގެންފައިވެ އެވެ. އެއާޕޯޓާއި ބްރިޖާއި އިންގިލާބީ ބޮޑެތި މަޝްރޫއުތަކެއްގެ ވާހަކަ ދެއްކެވި އެވެ. އެހެންވެ، މި ދަތުރު ނިމުމުގެ ކުރިން އެކަންކަން ހަނދާނަށް ގެނައުން މުހިންމު ކަމެއް ކަމަށް ދެކޭތީވެ، އަތޮޅަށާއި ވަކިވަކި ރަށްރަށަށް ވެފައިވާ ވައުދުތައް ލިސްޓުކޮށްލާނަމެވެ. ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. ރައްޔިތުންނަށް މި ވައުދުތައް އެނގިފައި ހުރުން މުހިއްމެވެ.

ގއ - ހުވަދުއަތޮޅު އުތުރުބުރި

މީހުން ދިރިއުޅޭ ނުވަ ރަށުގެ މައްޗަށް އެކުލެވޭ މި އަތޮޅަށް ރިޔާސީ އިންތިހާބުގައި، އޭރު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު، މިހާރުގެ ރައީސް ޑރ. މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން އެންމެ ގިނަ ވައުދު ހުރީ ގެމަނަފުއްޓާއި ވިލިނގިއްޔަށެވެ.

ގެމަނަފުށި

  1. ބަނދަރު ތަރައްގީކޮށް އިތުރަށް ބޮޑުކުރުން
  2. ބޮޑެތި މަގުތައް ރަނގަޅު ފެންވަރަށް ތަރައްގީކުރުން
  3. ބިންހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުން
  4. މިރަށަށް ބޭނުންވާ ހައުސިންގ އަދި ގެދޮރުވެރިކަން ޔަގީންކުރުން
  5. މާރިހާ ރިސޯޓަކަށް ހެދުމަށް އިންވެސްޓަރުން ހޯދުން
  6. ބޭންކްގެ ބްރާންޗެއް މިރަށުގައި ޤާއިމުކުރުން
  7. ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް އިމާރާތްކުރުން
  8. އެކްސްރޭ ނެގޭނެހެން ސިއްހީ ދާއިރާ ތަރައްގީކުރުން

ކޮނޑޭ

  1. ދަނދުވެރިކަން ތަރައްގީކުރުން
  2. ބަނދަރު ތަރައްގީކުރުން

ކަނޑުހުޅުދޫ

  1. ސްކޫލަށް 8 ކްލާސްރޫމް އިތުރުކޮށް ސްކޫލް އިމާރާތުގެ ޖާގަ އިތުރުކުރުން
  2. ސިއްހީ މަރުކަޒަށް ގެންނަންޖެހޭ ކުރިއެރުން ގެނެސ،ް 24 ގަޑިއިރު ހިދުމަތް ލިބޭ ގޮތަށް ބަދަލުކުރުން
  3. މިރަށުގައި އޭޓީއެމް ގެ ހިދުމަތް ހަމަޖެހިގެން ދިއުން
  4. ބަނދަރު ހެދުމުގެ މަސައްކަތްކުރުން

ކޮލަމާފުށި

  1. ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުން
  2. ކުނި މެނޭޖުކުރުމުގެ މަޝްރޫޢު ހިންގުން
  3. ސިއްހީ މަރުކަޒު ތަރައްގީކުރުން
  4. ސްކޫލް އިތުރަށް ތަރައްގީކުރުން
  5. ޔޫތު ސެންޓަރެއް ގާއިމުކުރުން
  6. ގެދޮރުވެރިކަން ޔަގާންކުރުން

ވިލިނގިލި

  1. ކޫއްޑޫ އެއާޕޯޓު ޓްރޭނިން އެއާޕޯޓަކަށް ބަދަލުކޮށ،ް ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް
  2. ގާއިމުކުރުން
  3. އެއާޕޯޓާއެކު އިންޓަގްރޭޓަޑް ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހިންގުން
  4. މިރަށަށް ބޭނުންވާ ބިން އިތުރުކުރުމުގެ ބޮޑު މަޝްރޫއެއް ހިންގުން
  5. މިރަށުގައި އައިސް ޕްލާންޓް ގާއިމުކުރުން
  6. ޑީކޮމްޕްރެޝަން ޗެމްބަ އެއް ގާއިމުކުރުން
  7. ހޮސްޕިޓަލް ތަރައްގީކުރުން
  8. ޔުނިވަސިޓީގެ ކެމްޕަހެއް އުފައްދ،ާ ދަނާލެއް ގާއިމުކުރުން

ނިލަންދޫ

  1. އައިސް ޕްލާންޓް ގާއިމު ކުރުން
  2. ބަނދަރުގެ ޖާގަ ބޮޑުކޮށްދީ ތަރައްގީ ކުރުން
  3. ބޯޅަ ދަނޑު ތަރައްގީކުރުން
  4. ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް ގާއިމު ކުރުން

ދާންދޫ

  1. އައިސް ޕްލާންޓް ޤާއިމުކުރުން
  2. ޒުވާނުންނަށް އިންޑޯ އަދި އައުޓްޑޯ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުން
  3. ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުން
  4. ސްކޫލުގެ ޖާގަ އިތުރުކޮށްދ،ީ މަލްޓިޕަރޕަސް ހޯލެއް އެޅުން

ދެއްވަދޫ

  1. ރަށް ގިރުމުގެ މައްސަލަ ހައްލުކުރުން
  2. ސިޓީ ހޮޓަލެއް އެޅުން

ތިނަދޫ އިސްލާމީ މަރުކަޒު. -- ފޮޓޯ: އަދަދު
ތިނަދޫ އިސްލާމީ މަރުކަޒު. -- ފޮޓޯ: އަދަދު

ތިނަދޫ އިސްލާމީ މަރުކަޒު. -- ފޮޓޯ: އަދަދު

ގދ - ހުވަދުއަތޮޅު ދެކުނުބުރި

މި އަތޮޅުގައި ވެސް އޮންނަނީ މީހުން ދިރިއުޅޭ ނުވަ ރަށެވެ. މުޅި އަތޮޅަށް މަންފާ ލިބޭ ގޮތަށް ގިނަ މަޝްރޫއުތަކެއް އިއުލާނުކޮށްފައިވާއިރު، ވަކިވަކި ރަށްތަކުގެ ތެރެއިން އެންމެ ގިނަ ވައުދު ހުރީ ތިނަދޫއަށެވެ.

މުޅި އަތޮޅަށް

  1. ގަމުގެ އިގުތިސޯދީ ނަފާ މުޅި އަތޮޅަށް ލިބުން
  2. ނުނިމިހުރި ރިސޯޓުތައް ތަރައްގީކޮށް ފަތުރުވެރިކަން ފުޅާކޮށ،ް އިގުތިސާދީ ނަފާ ލިބޭގޮތަށް ހެދުން
  3. ފަތުރުވެރިކަމަށް އިތުރު ރަށްތައް ހުޅުވާލުން
  4. ކާޑެއްދޫ އެއަރޕޯޓް ތަރައްގީކޮށ،ް އިންޓަރނޭޝަނަލް އެއަޕޯޓަކަށް ބަދަލުކުރުން
  5. ހުވަދު އަތޮޅަށް 10000 އެނދު އިތުރުކޮށ،ް ޓޫރިޒަމްގެ މައި ހަބަކަށް ހުވަދު އަތޮޅު ހެދުން
  6. މަސްވެރިންނަށް ބޭނުންވާ ޑިކޮމްޕްރެޝަން ޗެމްބަ މިއަތޮޅުގައި ގާއިމުކުރުން

ގައްދޫ

  1. ސިއްހީ ދާއިރާ ތަރައްގީކޮށް ހޮސްޕިޓަލްގެ ހުވަފެން ހަގީގަތަކަށް ހެދުން
  2. ކައިރީގައި އޮންނަ ގަނ،ް ގައްދޫގެ ބައެއްގެ ގޮތުގައި ކަ ނޑައަޅައ،ި އިގުތިސާދީ ނަފާ ހޯދުން
  3. މާވަރުލު އެއަރޕޯޓް ފުރިހަމަކުރެވިފައިވާ އެއަރޕޯޓަކަށް ހެދުން
  4. ސާފިން ޓޫރިޒަމް ފުޅާކޮށ،ް އޭގެ ނަފާ ހޯދުން

ނަޑެއްލާ

  1. ޒުވާނުން ކުޅިވަރު ކުޅޭނެ ވަޞީލަތްތައް ޤާއިމުކުރުން
  2. އިތުރު ވަޞީލަތްތަކާއެކު (ވޯޑަކާއި އޮފީސް ބައެއް) ސިއްހީ މަރުކަޒު ތަރައްގީ ކުރުން
  3. ސްޓާފް ރޫމާއި ލައިބްރަރީ ހިމެނޭހެނ،ް މަލްޓިޕަޕަސް ހޯލަކާއި އިތުރު ކްލާސްރޫމްތައް ހެދުން
  4. ބަނދަރު ބޮޑުކުރުމާއި ބޮޑުހިލަޖެހުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިއުން
  5. ހިނަވާގެއެއް އިމާރާތްކުރުން

މަޑަވެލި

  1. ބިން ބޮޑުކުރުމަށް 30 ހެކްޓަރު (ގާތްގަނޑަކަށް) ބިންހިއްކުން
  2. ޒަމާނީ ބޮޑު ބަނދަރެއް ހެދުން
  3. ސިއްހީ ފެންވަރު ރަނގަޅުކުރުން
  4. ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ގެންނަންޖެހޭ އިތުރު ތަރައްގީ ގެނައުން
  5. ތަފާތުކުރުމެތް ނެތި މަޑަވެލީގެ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކުރުން
  6. މަޑަވެލި ބޮޑެތި ހުރިހާ މަގުތަކެއް ރަނގަޅު ފެންވަރަށް ހެދުން
  7. ރަނގަޅު ފެންވަރުގެ މިސިކިތެއް ބިނާކުރުން

ހޯނޑެއްދޫ

  1. ކުޅިވަރު ވަސީލަތްތައް ހިމެނޭގޮތަށ،ް އިންޑޯ އަދި އައުޓްޑޯ ކުޅިވަރު ކުޅެވޭނެ ނިޒާމު ގާއިމުކުރުން
  2. ގާނޫނީ ހަމަތަކުގެ މަތިން ކުރަންޖެހޭ ހުރިހާކަމެއް ކުރުމާއެކު ކަނޑެވާރިހާ ޓޫރިޒަމަށް އިންވެސްޓްކުރާނެ ތަނެއްގެ ގޮތުގައި ކަނޑައެޅުން
  3. ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ބަދަލުކޮށ،ް ލެބޯޓްރީ ހިމެނޭގޮތަށް ތަރައްގީ ކުރުން
  4. ރާޅު އަރާ ގިރާ ސަރައްހަދު ރިވެޓްމަންޓް ޖަހައި އެސަރަހައްދު ހިމާޔަތްކުރުރުން
  5. ހޯޑެއްދޫ ބޮޑެތި ހުރިހާ މަގުތަކެއް ރަނގަޅު ފެންވަރަށް ހެދުން
  6. ރަނގަޅު ފެންވަރުގެ މިސިކިތެއް ބިނާކުރުން
  7. ސްކޫލް ބޮޑު ކުރަންޖެހޭ ވަރު ބެލުމަށްފަހ،ު މިސްކޫލަށް ކްލާސްރޫމާ މަލްޓިޕާޕަސް ހޯލް އިތުރުކުރުން
  8. މިރަށުގައި ވެސް ހައުސިންގ މަޝްރޫއު ކުރިއަށް ގެންދިއުން

ތިނަދޫ

  1. ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ތިނަދޫއަކީ ސިޓީއަކަށް ހެދުން
  2. ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ބާރު ސްޕީޑުގައި ގެންގޮސް ނިންމުން
  3. ޒުވާނުންގެ ކުރިއެރުމަށް ބޭނުންވާ ވަޞީލަތްތައް އިތުރުކޮށް ތަރައްގީކުރުން
  4. ސިއްހީ ނިޒާމު ތަރައްޤީ ކުރުމުގެ ގޮތުން މިހާރު ހުރި ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ގެނައުން
  5. ސިޓީއެއްގެ ފެނަވަރަށް ތަޢުލީމީ ނިޒާމު ވަރުގަދަކޮށ،ް އިންސްޓިޓިއުޝަންތައ އިތުރުކޮށް ފުޅާކުރުން
  6. ކާޑެއްދޫ އާ ތިނަދޫ ބްރިޖަކުން ގުޅާލުން
  7. ހަގީގީ މާނައިގައ،ި ތަރައްޤީ ގެނެސްގެން އަމަލީގޮތުން ސިޓީއަކަށް ހެދުން
  8. ލޭންޑްޔޫސް ޕްލޭންގައި 1000 ހައުސިން ޔުނިޓް ތަރައްގޯކުރުން
  9. ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރާއިރ،ު ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް ފަރުވާދެވޭނެހެން ތަރައްޤީކުރުން
  10. ހިއްކި ސަރަހައްދުގައި ސައިކަލު ރޭސިން ޓްރެކެއް ޤާއިމުކުރުން
  11. ވޮކޭޝަނަލް ޓްރޭނިން ސެންޓަރެއް ގާއިމުކުރުން

ފިޔޯރީ

  1. ފިޔޯރީގައި 3000 ޓަނުގެ މަސް ކިރާ ފެކްޓްރީއެއް ގާއިމުކުރުން

    އައްޑޫ ސިޓީ

    1. އައްސޭރި ޓޫރިޒަމް ކޮންސެޕްޓް ހަގީގަތަތަކަށް ހަދައ،ި 6000 ޓޫރިސްޓް އެނދު ގާއިމުކުރުން
    2. އައްސޭރި ޓޫރިޒަމް ކޮންސެޕްޓްގެ ދަށުން އައްޑޫ ސިޓީގައި 10000 ވަޒީފާ އުފެއްދުން
    3. ހިތަދޫ އާއި ހުޅުމީދޫ ގުޅުވައިދޭ ބްރިޖް އެޅުން
    4. މާލެ ނުގޮސް ސިއްހީ ފަރުވާ ލިބޭނެ ފެންވަރުގެ ރަނގަޅު ހޮސްޕިޓަލަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ބަދަލުކުރުން
    5. ގެދޮރު ކަށަވަރުކުރުން
    6. ރިޔާސީ ފުރަތަމަ އަހަރުގެ ތެރޭގައި ޝަންގްރިލާ އަލުން އޮޕަރޭޝަނަށް ގެނައުން
    7. ފޭދޫ ހިއްކި ބިމުގައި ހުރިހާ އިންފްރާސްޓްރަކްޗައެއް ގާއިމުކޮށ،ް އެބިން ބޭނުންކުރެވޭނެ ގޮތް ހެދުން
    8. ފޭދޫގައި ސްކޫލު ބިނާކުރުމުގެ މަޝްރޫއު
    9. ހިތަދޫ ސްކޫލްގެ އާ އިމާރާތް އެޅުން
    10. ހުޅުދޫގައި ދަޅުމަސް ބަންދުކުރާ ކާރުހާނާއެއް ގާއިމުކުރުން. މީގެ ސަބަބުން 500 ވަޒީފާ އަލަށް އުފެދިގެން ދިއުން
    11. އައްސޭރި ޓޫރިޒަމް ކޮންސެޕްޓްގެ ދަށުން އައްޑޫ ސިޓީގައި ސީޕްލޭން ހަބެއް ގާއިމުކުރުން
    12. ޕޯޓްގެ ފެންވަރު ރަނގަޅުކޮށް ތަރައްގީކުރުން
    13. ހިތަދޫ ބަނދަރު މިހާރު އޮތް ވަރަށް ވުރެ ރަނގަޅުކޮށް ތަރައްގީކުރުން
    14. ރަސްރަނި ބަގީޗާ ފަދަ ޕާކެއް ހިތަދޫގައި ވެސް ހެދުން

      ފުވައްމުލައް ސިޓީ

      1. ރައްޔިތުން ބޭނުންވާގޮތަށ،ް ޒަމާނީ ފެންވަރަށް ފުވައްމުލައް ސިޓީގެ ބަނދަރު ބޮޑުކުރުން
      2. ތަރުތީބުކުރެވިގެން ގެންދެވޭ މަޝްރޫއެއްގެ ގޮތުގައި ވައިގެ ބަނދަރު ތަރައްގީކުރުން
      3. ގާއިމުކުރަންޖެހޭ ހުރިހާ ހިދުމަތްތައް ޤާއިމުކޮށ،ް ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްގީކުރުން
      4. ވަގުފު ބިނާއެއް ގާއިމުކޮށް ސަރުކާރު ހިދުމަތްދޭ ގިނަ އޮފީސްތައް އެއްފުރާޅެއްގެ ދަށަށް ގެނައުން
      5. މާލޭ ރަސްފަންނު ފަދަ ރީތި އާޓިފިޝަލް ބީޗެއް ހެދުން
      6. ފުވައްމުލައް ސިޓީއަށް ކިޔަވަން އަންނަ ކުދިން ތިބޭނެ ތަނެއް (ދަނާލެއް) ހަދައ،ި މިސިޓީއަކީ ތަޢުލީމީ ހަބަކަށް ހެދުން
      7. ގައުމީ ފެންވަރުގެ ލައިބްރަރީއެއް ފުވައްމުލައް ސިޓީގައި ވެސް ގާއިމުކުރުން
      8. އިންޑޯ އަދި އައުޓްޑޯ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ގާއިމުކުރުން
      9. ސިޓީ ހޮޓާ ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުން
      10. އަތްފޯރާ އަގެއްގައި 500 ހައުސިން ޔުނިޓް އެޅުން
      11. ހޮސްޕިޓަލްގައި ސީޓީ ސްކޭން އަދި އެމްއާރުއައި ހެދޭނެ ވަސީލަތްތައް ގާއިމުކޮށް ތަރައްގީކުރުން
      12. ޑީކޮންމްޕްރެޝަން ޗެމްބައެއް ޤާއިމުކުރުން×އައްޑޫ ސިޓީ: މި ސިޓީގައި މިހާރު ކުރިއަށް ގެންދާ ގިނަ މަޝްރޫއުތަކަކީ އެމްޑީޕީގެ ވެރިކަމުގައި ފަށާފައިވާ މަޝްރޫއުތަކެއް.

      ކޮމެންޓް

      ފަހުގެ ޚަބަރު

      ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

      ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

      ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

      ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

      ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

      ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

      ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

      ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

      ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

      މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

      ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

      ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

      ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

      ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

      Newsletter

      Get the latest news delivered straight to your inbox