ރައީސް ޔާމީނަށް އިންސާފު ލިބުމަށް ހުރަސް އަޅާނެ މީހަކު ސަރުކާރުގައި ނުހުންނާނެ: ރައީސް

ރައީސް މުއިއްޒު: މިރޭ އައްޑޫ ސިޓީ ހިތަދޫ އަދި ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޔާމީނަށް އިންސާފު ލިބުމަށް ހުރަސް އަޅާނެ މީހަކު ސަރުކާރުގައި ނުހުންނާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު: މިރޭ އައްޑޫ ސިޓީ ހިތަދޫ އަދި ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޔާމީނަށް އިންސާފު ލިބުމަށް ހުރަސް އަޅާނެ މީހަކު ސަރުކާރުގައި ނުހުންނާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ކޮރަޕްޝަނުގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ކުރީގެ ރައީސް އަބްދުالله ޔާމީނަށް އިންސާފު ލިބުމަށް ހުރަސް އަޅާނެ އެއްވެސް މީހަކު މި ސަރުކާރުގައި ނުހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫ އަދި ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި, ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ފެށުނު ދުވަހުން ފެށިގެން ޖުޑިޝަރީ ހިނގަމުން ދަނީ ފުރިހަމަ މިނިވަންކަމާއެކު ކަމަށެވެ.

"އެއްވެސް ވަޒީރަކު, އެއްވެސް ކުންފުންޏެއްގެ ވެރިއަކު, އެއްވެސް އެމްޕީއަކު, ސަރުކާރުގެ އެއްވެސް މީހަކު ކޯޓުގައި ހިނގާ އެއްވެސް ކަމަކަށް ނުފޫޒެއް ނުފޯރުވާނެ. އެ ޔަގީންކަން އަޅުގަނޑަށް އެބައޮތް. ކޯޓުތައް އެ ހިނގަނީ އެއްވެސް ނުފޫޒެއް ނެތި،" ރައީސް ވިދާޅުވި އެވެ.

ޖުޑިޝަރީ މިނިވަން ކުރުމާ ގުޅުވައި, ރިޔާސީ އިންތިހާބު ތެރޭގައި ރައީސް މުއިއްޒު އެންމެ ގިނައިން ދެއްކެވި އެއް ވާހަކައަކީ ރައީސް ޔާމީން މިނިވަން ކުރެއްވުމުގެ ވާހަކަ އެވެ.

ޖުޑިޝަރީގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިހާ ދުވަސްވެގެން ދިޔައިރުގައި ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވުމަކީ ގައުމަށް ހަމަޖެހުން ލިބޭނެ ގޮތެއް ނޫން ކަމަށެވެ. އަދި އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ ޝަރީއަތުގެ ތެރެއިން އެމަނިކުފާނަށް [ޔާމީންއަށް] ދާދި އަވަހަށް އިންސާފު ލިބިގެންދާނެ ކަމަށް. އެކަމަށް ހުރަސް އަޅާނެ އެއްވެސް މީހެއް މި ސަރުކާރަކު ނުހުންނާނެ. އަދުލުވެރިކަން ފުރިހަމަ މިނުގައި ސާވް ކުރާ ސަރުކާރެއް މި ސަރުކާރަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވީ, ރައީސް ޔާމީނަކީ ކުށްވެރިއެއް ނޫންކަން ސާބިތުކޮށްދިނުމުން އެމަނިކުފާނު މިނިވަންވާނެ ކަމަށް ބުނެ ޔޫތު މިނިސްޓަރުގެ ޑެޕިއުޓީ މަރިޔަމް ޝިއުނާ ފާޅު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ވިސްނުން ކަމަށް ރައީސް ޔާމީނާއެކު މަސައްކަތް ކުރައްވާ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެފައި ވަނިކޮށެވެ.

"ރައީސް ޑރ. މުއިއްޒުގެ އެތެރެ ކޮއިލުގެ ބޭފުޅުން މިފަދަ ބޭއިންސާފުން ވާހަކަ ދެއްކެވީމަ އެކަމުން ސާބިތުވަނީ މިއީ ޑރ. މުއިއްޒުގެ ވިސްނުންކަން. އަދި ރިޔާސީ ކެމްޕެއިނުގެ ތެރޭ ރައްޔިތުންނަށް އޮޅުވާލެއްވީކަން. މިހާރު މައްސަލައަށް އަތް ބާނުއްވަނީ ކޮން ބައެއްކަން ސާފު. އަނިޔާވެރިކަން ނިމެނޭނެ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވި އެވެ. 

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީން ޖަލަށްލުމަށް ހުކުމް ކުރީ ޑިސެމްބަރު 25، 2022 ގަ އެވެ. އެއިރު އިދިކޮޅު ފަރާތްތަކުން އެ ހުކުމް ސިފަ ކުރީ އެއީ "ހަރާމް ހުކުމެއް" ގެ ގޮތުގަ އެވެ. 

ރައީސް ޔާމީން މިނިވަން ކުރުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު ރިޔާސީ ވައުދެވެ. ނަމަވެސް ސަރުކާރުން މިހާރު ބުނަނީ ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ ޝަރީއަތަށް ސަރުކާރުން ނުފޫޒު ނުފޯރުވަން ކަމަށާއި ޔާމީން މިނިވަންކުރަން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު މިހާރު ފުދިފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox