ކޯޓަށް ހުށަހެޅި ޖުމުލަ މެންބަރުން ގުނާ ގޮތް ބާތިލުކޮށް، ބަދަލުތަކަކާއެކު އެ ވާހަކަތައް އެހެން މާއްދާއެއްގައި ހިމަނަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ކޮމެޓީން ނިންމީ ކުޑަ ބަދަލެއް ގެނައުމަށްފަހު މެންބަރުން ގުނާ ގޮތް އެހެން މާއްދާއެއްގައި ހިމަނަން -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ކޮމެޓީން ނިންމީ ކުޑަ ބަދަލެއް ގެނައުމަށްފަހު މެންބަރުން ގުނާ ގޮތް އެހެން މާއްދާއެއްގައި ހިމަނަން -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުން ގުނާ ގޮތް ބަޔާން ކުރާ މާއްދާ ބާތިލު ކުރަން ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހަޅާފައި އޮއްވައި، އެ މާއްދާތައް ގަވާއިދުން ނަގައި، ބަދަލުތަކަކާއެކު އެ ވާހަކަތައް އެހެން މާއްދާއެއްގައި ހިމަނަން މަޖިލީހުގެ އާންމު ކޮމެޓީން ބުރާސްފަތި ދުވަހު ފާސްކޮށްފި އެވެ.

ސުޕްރީމް ކޯޓުގައި އޮތް މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ 49 ވަނަ މާއްދާގެ ކ. އާއި އ. އާއި ވ. ބާތިލު ކުރަން ބަންޑާރަ ނައިބު އަހުމަދު އުޝާމް ހުށަހެޅުއްވި މައްސަލައެކެވެ. އެ މާއްދާތަކުގައި ބުނަނީ، މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާނީ އެ ވަގުތު މަޖިލީހުގައި ތިބި މެންބަރުންގެ އަދަދަށް ބަލައި، އެއްވެސް ސަބަބަކާހުރެ ހުސްވި ގޮނޑިއެއް ނުހިމަނައި ކަމަށެވެ.

ނަމަވެސް އާންމު ކޮމެޓީން ބުރާސްފަތި ދުވަހު ނިންމީ އެ ތިން މާއްދާ ގަވާއިދުން ނެގުމަށެވެ. އެކަމަކު، ފާސް ކުރީ ބަދަލުތަކަކާއެކު އެ ވާހަކަތައް އެހެން މާއްދާގައި ހިމެނުމަށެވެ. ގެނައީ ބަދަލަކީ، ހުސްވި ގޮނޑިތައް ނުލައި މަޖިލީހުގެ ޖުމުލަ މެންބަރުން ގުނޭނީ ގޮނޑި ހުސްވި ތާރީހުން ފެށިގެން އާންމު އިންތިހާބަކާ ދެމެދު ހަ މަސް ދުވަސް ނެތް ނަމަ ކަމަށެވެ.

ގާނޫނުގައި ބުނާ ގޮތުން މެންބަރެއްގެ ގޮނޑި ހުސްވެއްޖެ ނަމަ އަލުން އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަންޖެހޭނީ އާންމު އިންތިހާބާ ދެމެދު ހަޔަކަށްވުރެ ގިނަ މަސް ދުވަސް އޮވެއްޖެ ނަމަ އެކަންޏެވެ.

މިވަގުތު މަޖިލީހުގައި ތިބީ 87 މެންބަރުންގެ ތެރެއިން 80 މެންބަރުންނެވެ. އެ ގޮނޑިތައް ހުސްވީ މިދިޔަ ނޮވެމްބަރު މަހެވެ. އެހެންކަމުން އާ އިސްލާހުގައި ބުނާ ހާލަތު މިވަގުތު އެބަ އޮތެވެ. އެ އިސްލާހަށް އަމަލު ކުރަން ފަށާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސް ކުރުމުންނެވެ.

ކޮމެޓީން ފާސް ކުރި އާ މާއްދާގައި ބުނަނީ، "ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ" ކަމަށެވެ.

ބާތިލް ކުރަން ކޯޓަށް ހުށަހަޅާފައި އޮތް އަދި ގަވާއިދުން ނަގަން ފާސް ކުރި މާއްދާތައް

(ކ) މި ގަވާއިދުގެ ބޭނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެ ވަގުތު މަޖިލީހުގެ މެންބަރުކަމުގައި ދެމިތިބި މެންބަރުންގެ ޖުމްލަ އަދަދަށް.

(އ) ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް އެއްވެސް އިންތިހާބީ ދާއިރާއެއްގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމާ ހަމައަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ އިންތިހާބީ ދާއިރާއެއް ނުގެނޭނެ.

(ވ) ހިނގަމުންދާ މަޖިލީހުގެ އުމުރެއްގައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފި ނަމަ އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި އެކަން މަޖިލީހުގެ ރައީސް އިއުލާނު ކުރަންވާނެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގައި ބަޔާން ކުރާ ޖުމުލަ މެންބަރުން ގުނާ ގޮތުގެ މާއްދާތަކަށް އަމަލު ނުކުރަން ބަންޑާރަ ނައިބު އެންމެ މަތީ ކޯޓަށް ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. އެކަމަކު އެއަށްފަހު މަޖިލީހުން ފާސް ކުރީ ގަވާއިދާ އެއްގޮތަށް މެންބަރުން ގުނައި، ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox