ގުޅިފަޅު ހިއްކުން ހުއްޓުވި އަމުރު ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަނީ

ބަންޑާރަ ނައިބު އަހުމަދު އުޝާމް -- ފޮޓޯ: ރައީސް އޮފީސް

ބަންޑާރަ ނައިބު އަހުމަދު އުޝާމް -- ފޮޓޯ: ރައީސް އޮފީސް

ކުރީ ސަރުކާރުން ގޯތި ދިނުމަށާއި ފްލެޓް އެޅުމަށާއި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއް ތަރައްގީކުރާ ގޮތަށް ހިއްކަން ފެށި ގުޅިފަޅުގެ ބިން ހިއްކުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު ކުރި އަމުރު ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރަން ނިންމައިފި އެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގުޅިފަޅަކީ އެތައް ބިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއެެއް ކަމަށާއި އެތަނުގެ ބިން ހިއްކުމުގެ 80 ޕަސެންޓު ވަރު ނިމިފައިވާއިރު، އެ މަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާއެެއްގެ ގެއްލުން ވަމުންދާނެ ކަމަށެވެ.

"[އެހެންވެ] ދައުލަތުގެ ފަރާތުން މި ނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް މިހާރު ވާނީ ނިންމާފަ،" އުޝާމް ވިދާޅުވި އެވެ.

މި މައްސަލައިގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ މަސައްކަތް ހުއްޓުވާފައި އޮންނަ ކޮންމެ ދުވަހަކަށް ސަރުކާރުން ބިން ހިއްކާ ކުންފުންޏަށް ތިން ލައްކަ ޑޮލަރު (4.6 މިލިއަން ރުފިޔާ) ދައްކަން ޖެހޭނެ ކަމަށެވެ.

ގުޅިފަޅު ހިއްކުން ހުއްޓުވަން ހައިކޯޓުން އަމުރު ނެރުނީ، ސިވިލް ކޯޓުގައި މިހާރު ކުރިއަށްދާ މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް އިއްވަންދެން ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ޖެހޭ ކަމަށެވެ. އެ ކޯޓުން މި އަމަރު ނެރުނީ ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ނުފެންނަ ކަމަށް ސިވިލް ކޯޓުން ނެރުނު އަމުރު މުރާޖައާކުރަން ހުށަހެޅުމުންނެވެ.

ގުޅިފަޅު ހިއްކާތީ އެ ސަރަހައްދާއި ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅީ ތިމާވެށި އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު (ހުމޭ) އެވެ.

ގުޅިފަޅު ފަރުގައި 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ކަނޑު އަޑީގެ ދިރުންތަކުގެ މުއްސަނދި މާހައުލީ ނިޒާމެއް ކަމުގައިވާ “ހާންސްހާސް ޕްލޭސް” ނުވަތަ “ކިކި ރީފް” ފަނާވެގެންދާނެ ކަމަށް މައްސަލާގައި ބުނެފައިވެ އެވެ.

މި މައްސަލަ ބެލި ފަނޑިޔާރުންގެ އަގުލަބިއްޔަތު ލިބުނު ރައުޔުގައި މި ނިންމުމަށް ވާސިލުވީ ސަބަބެއް ކަމަށް ފާހަގަކުރީ ދައުލަތަށް ލިބެން އޮތް މާލީ ގެއްލުމާ އަޅާކިޔާއިރު، ތިމާވެށި ރައްކާތެރިކުރަން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅައިފި ނަމަ އިއާދަނުކުރެވޭނެ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބި، ދިގު މުއްތަކަށް ދެމިގެން ގޮސްދާނެ ގެއްލުންތަކެއް ލިބުމެވެ.

ތިމާވެއްޓަށް ގެއްލުން ވަމުންދާ ކަމަށް ފަނޑިޔާރުން ނިންމީ އީއައިއޭ ރިޕޯޓުގައި ބަޔާންކުރާ މިންވަރަށް ސެޑިމެންޓޭޝަން މިންގަނޑުތައް ނުހިފެހެއްޓުމުންނެވެ. ކޯޓުގައި މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި ބައެއް ހާލަތްތަކުގައި ސެޑިމެންޓޭޝަން 50 ޕަސެންޓާއި 100 ޕަސެންޓަށް އަރާފައިވާ ކަން ވެސް ސެޑިމެންޓޭޝަން ރޭޓް މޮނިޓަރިން ރިޕޯޓުތަކުން އެނގެ އެވެ.

މިއީ ތިމާވެއްޓަށް ގެއްލުން ވާތީ ރާއްޖޭގައި ހިންގަމުން ދިޔަ ބިޔަ މަޝްރޫއެއް ކޯޓަކުން ހުއްޓުވި ފުރަތަމަ ފަހަރެވެ.

ހައި ކޯޓުގައި މި މައްސަލަ ބެލީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުالله ގެ ރައުޔަށް ފަނޑިޔާރު ހުޒައިފާ މުހައްމަދު ތާއީދު ކުރެއްވިއިރު ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔު ތަފާތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox