ޕީއެންސީގެ ޓިކެޓު ލިބުނު ކެންޑިޑޭޓުންނާ ދެކޮޅަށް "ރައީސްގެ ކެންޑިޑޭޓުން" ނެރޭކަމުގެ ސީރިއަސް ތުހުމަތުތަކެއް!

ރައީސް މުއިއްޒު ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އާއެކު. ޓިކެޓު ދީފައިވާ ޕީއެންސީގެ މެމްބަރުންނާ ދެކޮޅަށް އެމަނިކުފާނު ކެންޑިޑޭޓުން ނެރުއްވާކަން ވަނީ ޔަގީންކުރެވިފައި --- ފޮޓޯ: މަޖިލިސް އިދާރާ

ރައީސް މުއިއްޒު ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އާއެކު. ޓިކެޓު ދީފައިވާ ޕީއެންސީގެ މެމްބަރުންނާ ދެކޮޅަށް އެމަނިކުފާނު ކެންޑިޑޭޓުން ނެރުއްވާކަން ވަނީ ޔަގީންކުރެވިފައި --- ފޮޓޯ: މަޖިލިސް އިދާރާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓިކެޓު ރަސްމީ ގޮތުން ދީފައިވާ ކެންޑިޑޭޓުންނާ ދެކޮޅަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެންޑިޑޭޓުންތަކެއް ނެރުއްވާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ.

ތިމަރަފުށީ ދާއިރާ އާއި ގައްދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓު ދީފައިވާ ކެންޑިޑޭޓުން ބާކީކޮށް ރައީސްގެ ތާއީދު އޮތީ އެހެން ކެންޑިޑޭޓުންތަކަކަށް ކަމަށް ބުނެ ސަރުކާރުގެ އިސް އޮފިޝަލުން ކެމްޕޭން ކުރާ ހަބަރުތައް "އަދަދު" އިން ވާނީ ފާއިތުވެދިޔަ ދުވަސްތަކުގައި ގެނެސްދީފަ އެވެ.

ވެރިކަން ހިންގާ ކޯލިޝަނުގެ ކެންޑިޑޭޓުންނާ ވާދަ ކުރަން ރައީސް މުއިއްޒުގެ އެދިވަޑައިގަތުމަށް ޖުމުލަ 11 ދާއިރާއަކަށް ކެންޑޭޓުން ވާދަ ކުރަން ނިންމާފައިވާ ކަމަށް މި ނޫހާ ވާހަކަ ދެއްކި އެކި މަސްދަރުތަކުން ވަނީ ޔަގީންކޮށްދީފަ އެވެ.

އޭގެ ތެރޭގައި ސަރުކާރާ ގުޅުން އޮންނަ ބައެއް ފަރާތްތަކާއި ޕީއެންސީގެ ޓިކެޓު ލިބިފައިވާ ބައެއް މީހުން ހިމެނެ އެވެ. "ރައީސްގެ ކެންޑިޑޭޓުން" ގެ ގޮތުގައި ވާދަ ކުރާ މީހުންގެ ލިސްޓެއް މި ނޫހަށް ވަނީ ލިބިފަ އެވެ.

ކޯލިޝަނުގެ ކެންޑިޑޭޓުން ތިއްބާ ސަރުކާރުން އަމިއްލަ ކެންޑިޑޭޓުންތަކެއް ނެރޭކަމުގެ އަޑުތައް ގަދަވި ނަމަވެސް މިހާތަނަށް ސަރުކާރުން އެކަން ދޮގެއް ނުކުރެ އެވެ. އެކަމާ ގުޅޭ ގޮތުން މި ނޫހުން ސުވާލު ކުރުމުން ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ އިސް ވަޒީރު އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.

އެގޮތުން, މައްޗަންގޯޅި މެދު ދާއިރާގެ ޕީއެންސީ ޓިކެޓު ހޯއްދެވި މުހައްމަދު އަބްދުލްގާދިރުއާ ދެކޮޅަށް "ރައީސްގެ ކެންޑިޑޭޓް" ގެ ގޮތުގައި ވާދަކުރައްވަނީ ސިޓީ ކައުންސިލަރު އަހްމަދު ޒަމީރު ކަމަށް މަސްދަރުތަކުން ބުނެ އެވެ. އިންތިހާބުގައި އޭނާ އަމިއްލަ ގޮތުން ވާދަކުރާނެކަން ވަނީ މި ނޫހަށް ވަނީ ކަށަވަރުކުރެވިފަ އެވެ.

ވިލިނގިލީ ދާއިރާގެ ޓިކެޓު ހޯއްދެވި ޔަޒްމީދު މުހައްމަދުއާ ދެކޮޅަށް "ރައީސްގެ ކެންޑިޑޭޓް" ގެ ގޮތުގައި ނުކުންނަވާނީ ޕްރައިމަރީން ބަލިވި އާޒިމް އަބްދުލްއަޒީޒު ކަމަށްވެ އެވެ. ޔަޒްމީދު ޓިކެޓު ހޯއްދެވީ 577 ވޯޓާއެކު އެވެ. އާޒިމަށް ޕްރައިމަރީގައި ދެވަނަ ލިބުނީ 485 ވޯޓާއެކު އެވެ. މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާކަން އާޒިމް ވަނީ ޔަގީންކޮށްދީފަ އެވެ.

މި ނޫހަށް ލިބުނު ލިސްޓުގައިވާ ގޮތުން މަރަދޫ ދާއިރާއަށް "ރައީސްގެ ކެންޑިޑޭޓް" ގެ ގޮތުގައި އިންތިހާބަށް ނުކުންނާނީ މިހާރު ވެސް އެ ދާއިރާގައި ހުންނެވި މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އެވެ.

މި ނޫހާ ވާހަކަ ދައްކަވަމުން މަވޯޓާ ޝަރީފް ވަނީ އިންތިހާބުގައި ވާދަކުރުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް, އިންތިހާބަށް ނުކުތުމާ ގުޅޭ ގޮތުން ޕީއެންސީގެ ނުރަސްމީ ކޯލެއް އައި ކަމަށް އޭނާ ޔަގީންކަން ދެއްވި އެވެ.

ހަމައެހެންމެ, މަތިވެރި ދާއިރާއަށް ވެސް އެ ދާއިރާގެ މެމްބަރު ހަސަން ޒަރީރު "ރައީސްގެ ކެންޑިޑޭޓް" ގެ ގޮތުގައި ނުކުންނަވާނެކަން ވަނީ އެނގިފަ އެވެ. ދާދިފަހުން އެމްޑީޕީ ދޫކޮށް ޕީއެންސީއަށް ދިޔަ ޒަރީރުގެ ބަހެއް މިކަމާ ގުޅޭގޮތުން ލިބިފައި ނުވެ އެވެ. ނަމަވެސް, އެ ލިސްޓުގައި އޭނާގެ ނަން ވެސް އޮތެވެ.

މިދިޔަ މަހު 27، ގައި އޮތް ޕީއެންސީގެ ޕްރައިމަރީގައި ގައްދޫ ދާއިރާގެ މަޖިލިސް ޓިކެޓު ކާމިޔާބު ކުރީ މުހައްމަދު ޝަފީގު (މަހާ) އެވެ. ނަމަވެސް, އޭނާއާ ދެކޮޅަށް "ރައީސްގެ ކެންޑިޑޭޓް" ގެ ގޮތުގައި ނެރެނީ އެޑިއުކޭޝަން މިނިސްޓަރު، އިސްމާއީލް ޝަފީއުއާ އާއިލީ ގޮތުން ގުޅުން އޮންނަ، މުހައްމަދު އަލީ އެވެ. އޭނާގެ ކެމްޕޭނަށް ދެ ވަޒީރަކު ގައްދޫއަށް މިދިޔަ ހަފްތާ ބަންދުގައި ޒިޔާރަތް ވެސް ކުރި އެވެ.

ތިމަރަފުށީ ދާއިރާގައި ވެސް ޕްރޮގްރެސިވް ކޯލިޝަނުގެ ކެންޑިޑޭޓަކު ހުއްޓައި، ރައީސް މުއިއްޒުގެ ތާއީދު ކުރައްވަނީ މިހާރު އެ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒުގެ ބޭބެ އަހުމަދު ރިޔާޒަށެވެ. ރައީސް ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާ އެންމެ އަރިސް ދެ ވަޒީރުން ވަނީ އަހްމަދު ރިޔާޒަށް އޭނާއަކީ "ސަރުކާރުގެ ކެންޑިޑޭޓް" ކަމުގެ ޔަގީންކަން އަރުވާފަ އެވެ.

ޕީއެންސީގެ ޕްރައިމަރީއަށް ފަހު މީގެ ތެރެއިން ބައެއް ކެންޑިޑޭޓުންނާ ބައްދަލުކުރައްވައި އިންތިހާބަށް ނުކުތުމަށް އެދިވަޑައިގަތީ ސީދާ ރައީސް މުއިއްޒުކަން ވަނީ ޔަގީން ކުރެވިފަ އެވެ. އެގޮތުން, ބައެއް ބޭފުޅުންނާ ރައީސް އޮފީހުގައި ބައްދަލުކުރައްވައި ތާއީދު ކުރައްވާނެ ކަމުގެ ޔަގީންކަން ސީދާ އެމަނިކުފާނު ދެއްވި ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox