އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން ރެޖިސްޓަރީ ނުކޮށް ކާޑު ލިބޭނެ ގޮތް ސަރުކާރުން ހަދަނީ

އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން ރެޖިސްޓަރީ ނުކޮށް ކާޑު ލިބޭނެ ގޮތް ސަރުކާރުން ހަދަނީ

އަންނަ ރޯދަމަހު ހިލޭ ބަހަން ސަރުކާރުން ނިންމާފައިވާ ފުށާއި ހަނޑޫ ބޭނުންވާ ފަރާތްތަކުން ރެޖިސްޓަރީ ކުރަން ޖެހިދާނެތީ އާންމުން ކަންބޮޑުވުން ފާޅު ކުރަން ފެށުމުން އެކަން ބަދަލު ކުރައްވާނެ ކަމަށް ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އެކްސްގައި އާދަމް ޝަރީފު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރެޖިސްޓަރީ ނުވެ މާލޭގެ ގޭބިސީތަކަށް ވެސް ކާޑު ލިބޭނެ ގޮތެއް ހަމަޖައްސަވާނެ ކަމަށެވެ.

ސަރުކާރުން ހިލޭ ބަހަން ނިންމާފައިވާ ކާޑާ ގުޅިގެން އާންމުންގެ ކަންބޮޑުވުން ފާޅުކުރަން ފެށީ ހިލޭ ކާޑު ބޭނުންވާ މީހުން ރެޖިސްޓަރީ ވާން އަންނަ ހޯމަ ދުވަހު ހުޅުވައިލަން ސިޓީ ކައުންސިލުން ތައްޔާރުވަމުން ދާކަމަށް އެ ކައުންސިލުން ބުނުމާ ގުޅިގެންނެވެ.

Advertisement

ކާޑު ބޭނުންވާ މީހުން ރެޖިސްޓަރީ ވާންޖެހޭ ގޮތަށް ހަމަޖައްސަން އުޅުނު ނަމަވެސް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވައުދުވެވަޑައިގެންނެވީ އަންނަ ރޯދަމަހު ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް 10 ކިލޯގެ މަގުން ހަނޑުލާއި ފުށް ދެއްވާނެ ކަމަށެވެ.

މިއަހަރު ސަރުކާރުން ނިންމާފައި ވަނީ މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ދިނުމަށެވެ. ނަމަވެސް އަންނަ އަހަރު އެ އަދަދު އިތުރު ކުރައްވާނެ ކަމަށް ރައީސް އެދުވަހު ވިދާޅުވި އެވެ.

ރޯދަމަހު ކޮންމެ ގެއަކަށް ސަރުކާރުން 10 ކިލޯ ހަނޑުލާއި ފުށް، ދޭން ނިންމުން، ގިނަ ބައެއްގެ ފާޑު ކިޔުން އެކަމަށް ވަނީ އަމާޒުވެފަ އެވެ. ބައެއް މީހުންގެ ހިޔާލުގައި ހަނޑުލާއި ފުށަށްވުރެ މަސްދަޅު ނޫނީ ކަދުރު ބަހާނަމަ މާރަނގަޅު ވީހެވެ.

ރާއްޖޭގައި ހަނޑުލާއި ފުށް ވިއްކާ ރޭޓަށް ބަލާއިރު، 10 ކިލޯ ގެ ހަނޑުލަށް ހަރަދުވާނީ 48ރ. އެވެ. އަދި 10 ކިލޯގެ ފުށަށް 38ރ. އެެވެ. އެއީ ޖުމްލަ 86ރ. އެވެ. އެހެން ކަމުން 81،744 ގޭބިސީ އަށް، ހަނޑުލާއި ފުށް ދިނުމަށް ހަރަދުވާނީ ހަތް މިލިއަން ރުފިޔާ އެވެ. އާބާދީގެ ނިސްބަތުން ބަލާއިރު، ބޮލަކަށް ސަރުކާރުން އެ ދެނީ 13.6ރ.ގެ ކާޑެވެ. ރާއްޖޭގެ އާބާދީ އަކީ 515،132 އެވެ.

ސަރުކާރުން 2019 ވަނަ އަހަރު ކުރި، ގޭބިސީތަކުގެ ހަރަދުގެ ސާވޭއިން ދައްކާ ގޮތުގައި ކޮންމެ ގޭބިސީ އެއްގައި އެވަރެޖް ކޮށް، 3-7 މީހުން ހިމެނޭއިރު، މަހަކު 28،251ރ. ހަރަދަށް ހިނގަ އެވެ. އޭގެތެރެއިން އެވަރެޖްކޮށް 6،591ރ. ހޭދަ ވަނީ ކެއިން ބުއިމަށް ކަމަށް އެ ސާވޭއިން ދައްކަ އެވެ. ރޯދަ މަހަކީ، އެހެން މަސް ތަކަށްވުރެ ކެއިންބުއިމުގެ ހަރަދު ބޮޑު މަހެކެވެ.

އާންމު މިންގަޑަކުން ބަލާއިރު، 10 ކިލޯ ހަނޑުލަކީ 60 މީހުންނަށް ވާހާ ބަތެވެ. އަދި 10 ކިލޯގެ ފުށުން 250-300 އާ ދެމެދުގެ އަދަކަށް ރޮށި ފިހެވޭނެ އެވެ. އެހެންކަމުން، ސަރުކާރުން ދޭ 10 ކިލޯގެ ހަނޑުލާއި ފުށުން، ތިން ހަތަރު މިހުންގެ އާއިލާ އަކަށް މަސް ދުވަހަށް ފުއްދާލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox