ވެރިކަމަށް އަންނަނީ މަގާމުގައި ބަގުޑި ބައްދައިގެން ތިބޭކަށް ނޫން: ޔާމީން

މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަދައްކަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަދައްކަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެއްވެސް މީހަކު ވެރިކަމަށް އަންނަނީ އެ މަގާމުގައި ބަގުޑި ބައްދައިގެން ތިބެން ނޫން ކަމަށް ވިދާޅުވެ، އިހުލާސްތެރިކަމާއެކު މަސައްކަތް ކުރައްވާ ނަމަ އަޒުލު ކުރުމާމެދު ރައީސުލްޖުމްހޫރިއްޔާ އެހައި ސިހުންވާން ޖެހޭތޯ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުވާލު އުފައްދަވައިފި އެވެ.

އެމަނިކުފާނު އިސްވެ ހުންނަވައި އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ގެ ޓިކެޓުގައި ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ނުކުންނަ ކެންޑިޑޭޓުން ތައާރަފު ކުރުމަށް ރޭ އެ ޕަޓީގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ޔާމީން ފާހަގަކުރެއްވީ ރައީސް އަޒުލު ކުރެވޭނެ ހާލަތްތަކެއް ގާނޫނުގައި ވަރަށް ސާފުކޮށް ކަނޑައަޅާފައިވާކަމެވެ. އެއީ އެހާ ފަސޭހައިން ކުރެވޭ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއީ ހަމަ ބަޔަކު ހިތަށް އެރީމާ ފަސޭހަކަމާއެކު ކޮށްލެވޭ ކަމެއް ނޫން، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ގާނޫނާ ހިލާފު ކަންތައްތަކެއް ފެންނަންޖެހޭ ނޫނިއްޔާ ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުފޫ ހަމަ ނުވާ ނޫނިއްޔާ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެކަށީގެން ނުވާ ކަންތައްތަކެއް ހިމެނުން، މިކަހަލަ ކަންތައްތަކެއް ހުންނަން އެބަޖެހޭ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް މިކަހަލަ މޯޝަންއެއް ފަށަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެހެންވީމާ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ގާނޫނީ އިމުގެ ތެރެއިން ފޯރުކޮށްދެމުން ގެންދަވާނަމަ އަޒުލު ކުރުމުގެ ވާހަކައާ ގުޅިގެން ރައީސްއަކު އެހައި ބޮޑަށް ފިކުރު ކުރައްވަން ޖެހިވަޑައިގެންފާނެތޯ އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.

"އަޒުލު ކުރުމަކީ އޮތް އޮޕްޝަނެއް ކަމަށް އަދި މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކުގައި އޮތަސް، ރައީސުލްޖުމްހޫރިއްޔާ އެކަމާ އެހައި ސިހުން ވާން ޖެހޭތޯ؟ އެއްވެސް މީހަކު ރައީސުލްޖުމްހޫރިއްޔާ ކަމަށް އަންނަނީ އެ މަގާމުގައި ބަގުޑި ބައްދައިގެން އަބަދު ތިބޭކަށް ނޫން،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމަށް ބޭފުޅަކު ވަޑައިގަންނަވަނީ ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވުމަށެވެ. އެ މަސައްކަތުގައި ވެރިކަމުގައި ހުންނަވާ ބޭފުޅަކު އުޅުއްވާއިރު، ބޭއިންސާފުން ރައީސް އަޒުލު ކޮށްފިނަމަ ރައްޔިތުންގެ ކުރިމަތީގައި މަގުބޫލުކަން އިތުރު ވެގެންދާނީ އެ ރައީސްއެއްގެ ކަމަށާއި އަނިޔާވެރިކޮށް ކަންކުރި ބައެއްގެ އަގުވެއްޓި އެބަޔަކު ރައްޔިތުންގެ ކުރިމަތީގައި އިތުރަށް ފަލީހަތް ވުން ނޫން ކަމެއް ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ކަންތައްތައް އިހުލާސްތެރިކަމައެކީގައި ވަރުގަދައަށް ކުރާ ކަމަށް ވަންޏާ، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅުގައި އެވަރަށް އޮންނަންޖެހޭ ކަމެއްތޯ؟ އަޒުލު ކުރުމާ ދޭތެރޭ، އެވަރަށް ފިކުރު ކުރަން ޖެހޭ ކަމެއްތޯ އެއީ؟

ރައީސް އަޒުލު ކުރުމާ ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ މަރުހަލާތައް ބަޔާން ކުރާ މާއްދާތައް ބަދަލު ކުރި މައްސަލަ ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

އެ މައްސައިގައި އިއްޔެ ސުޕްރީމް ކޯޓުން ވަނީ ބަދަލު ކުރި ގަވާއިދަށް އަމަލު ކުރުން މަޑުޖައްސައިލަން އަންގައި ވަގުތީ އަމުރެއް ނެރެފަ އެވެ. އެ އަމުރު ނެރުނީ އެ މައްސަލައިގައި ގޮތެއް ނުނިމެނީސް ގަވާއިދަށް ގެނައި ބަދަލަށް އަމަލުކުރަން ފަށައިފި ނަމަ މައްސަލައިގެ މައުލޫގައި ހިމެނޭ ކަންކަމުގެ މުއާލާތް ކެނޑިދާނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާތީ އެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް އިންތިހާބުކުރި 87 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓެވެ.

ނަމަވެސް ސަރުކާރާ ގުޅުނު ހަތް މެމްބަރުންގެ ގޮނޑި ހުސްވި ފަހުން އިދިކޮޅު އެމްޑީޕީގެ ކޮންޓްރޯލުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކުން ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފަސޭހަކޮށް، މަޖިލީހުގެ މެންބަރުންގެ ޖުމުލަ އަދަދާއި އަގުލަބިއްޔަތު ގުނާ ގޮތަށް ބަދަލުގެނަ އެވެ.

ގަވާއިދަށް ގެނައި ބަދަލުގައި ވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންނަކީ އެ ވަގުތެއްގައި މަޖިލީހުގައި ދެމިތިބި މެންބަރުން ކަމަށެވެ. އެހެންވެ، ޖުމުލަ މެންބަރުންގެ ގޮތުގައި 87 މެންބަރުން ތިބި ކަމަށް ބެލުމުގެ ބަދަލުގައި 80 މެމްބަރުންނަށް ތިރިވީ އެވެ.

މިއާ ގުޅިގެން މަޖިލީހުގައި ކަންކަން ފާސްކުރަން ކަނޑައަޅާފައިވާ އަގުލަބިއްޔަތުގެ މިންވަރުތަކަށް ބަދަލު އައިސް ރައީސާއި ނައިބު ރައީސް އަޒުލުކުރަން ބޭނުންވާ ވޯޓުގެ އަދަދު 54 އަށް ތިރިވި އެވެ. މިހާރު މަޖިލިސް ބެހިފައި އޮތް ގޮތުން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން ގުޅިގެން ލިބޭ 57 ވޯޓުން ރައީސް އަޒުލުކުރެވޭނެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ތެރެއިން އުފެދުނު އަރައިރުމުގައި އެމްޑީޕީން ވަނީ ރައީސް އަޒުލުކުރާ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ވަރަށް ސޮއި ހަމަކޮށްފަ އެވެ. ނަމަވެސް އަދި މި މައްސަލަ މަޖިލީހަށް ހުށަހެޅި ކަމެއް ސާފެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox