އަދަދުތަކުން ސަރުކާރުގެ މަތިބަރު: 303 ސިޔާސީ މަގާމުގެ މުސާރައަށް އަހަރަކު 156 މިލިއަން

ރައީސް މުއިއްޒު އަދި އެމަނިކުފާނުގެ އެޑްވައިޒަރު އަބްދުއްރަހީމް: އައްޔަނުކުރާ މީހުންގެ ވަނަވަރު ހާމަކުރުން ވެސް ސަރުކާރުން ހުއްޓާލައިފި --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އަދި އެމަނިކުފާނުގެ އެޑްވައިޒަރު އަބްދުއްރަހީމް: އައްޔަނުކުރާ މީހުންގެ ވަނަވަރު ހާމަކުރުން ވެސް ސަރުކާރުން ހުއްޓާލައިފި --- ފޮޓޯ: ރައީސް އޮފީސް

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު "މަތި ބަރު" ސަރުކާރެއް އެކުލަވާނުލައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި މިއަދާ ހަމައަށް 258 އަށް ވުރެ ގިނަ މީހުން ތިބިކަން ރައީސް އޮފީހުގައި ވެބްސައިޓުގައިވާ މައުލޫމާތުތަކުން އެނގިއްޖެ އެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީގެ ކުރިން ބޭފުޅުން އައްޔަނު ކުރުމަށް ފަހު ރައީސް އޮފީހުގެ ވެބްސައިޓުގައި އެ ބޭފުޅުންގެ ނަންްތަކާއި, އެޑްރެސް އަދި އައްޔަނުކުރި މިނިސްޓްރީ އެގޭނެހެން ހާމަކުރަމުންދިޔަ އެވެ. ނަމަވެސް, މިފަހުން އެފަދަ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވެ އެވެ.

ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް އެ ސުވާލު އަމާޒުކުރުމުން ފަހުން ހިއްސާކުރާނެ ކަމަށް ވިދާޅުވެ މަގާމުތަކުގެ އަދަދާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވެ އެވެ.

އެހެންކަމުން, "އަދަދު" ނޫހުން ވަނީ ރައީސް އޮފީހުގެ ވެބްސައިޓުގައި ހުރި މައުލޫމާތުތައް އެއްކޮށް, ޖަމާކޮށް ހިސާބު ޖަހާފަ އެވެ. މި ހިސާބުގެ ތެރޭގައި ބައެއް ބޭފުޅުންގެ ނަންތައް ނުހިމެނެ އެވެ. އެއީ ސަރުކާރުގެ އެއްވެސް އިދާރާއަކުން ބައެއް ބޭފުޅުން މަގާމުތަކަށް އައްޔަނުކުރިކަން ހާމަނުކުރާތީ އެވެ.

އެގޮތުން, ބަލާއިރު މި ސަރުކާރުގައި 95 ސްޓޭޓް މިނިސްޓަރުން އަދި 163 ޑެޕިއުޓީ މިނިސްޓަރުން އެބަތިއްބެވެ. އެ ބޭފުޅުންގެ މުސާރައަށް ދައުލަތުގެ ބަޖެޓުން ހޭދަވާނެ މިންވަރު ވެސް ތިރީގައި ހިމަނާލާނަމެވެ. އޭގެ އިތުރުން ވަޒީރުން ނުހިމަނައި ވަޒީރުންގެ ފެންވަރުގައި 23 ބޭފުޅުން އެބަތިއްބެވި އެވެ.

95 ސްޓޭޓް މިނިސްޓަރުން

  • މުސާރަ - 47,000ރ. (ސާޅީސް ހަތްހާސް ރުފިޔާ)
  • މަހެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 4,465,000ރ. (ހަތަރު މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ފަސް ހާސް ރުފިޔާ)
  • އަހަރެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 53,580,000 (ފަންސާސް ތިން މިލިއަން ފަސް ލައްކަ އައްޑިހަ ހާސް ރުފިޔާ)

ސްޓޭޓް މިނިސްޓަރުންގެ ތެރޭގައި ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމާއި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ވެސް ހިމަނާފައިވާނެ އެެވެ. ގައުމީ ޔުނިވާސިޓީއަށް ޗާންސެލަރު އައްޔަނުކޮށްފައި ވަނީ މިނިސްޓަރުންގެ ފެންވަރުގަ އެވެ.

163 ޑެޕިއުޓީ މިނިސްޓަރުން

  • މުސާރަ - 35,000ރ. (ތިރީސް ފަސްހާސް ރުފިޔާ)
  • މަހެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 5,705,000ރ (ފަސް މިލިއަން ހަތް ލައްކަ ފަސް ހާސް ރުފިޔާ)
  • އަހަރެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 68,460,000ރ. (ފަސްދޮޅަސް އަށް މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ހާސް ރުފިޔާ)

އެންމެ ގިނަ ސްޓޭޓް މިނިސްޓަރުން ތިއްބެވީ ލޯކަލް ގަވަމެންޓް މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގައި އަށް ސްޓޭޓް މިނިސްޓަރު އެބަ ތިއްބެވި އެވެ. އެންމެ ގިނަ ޑެޕިއުޓީ މިނިސްޓަރުން ތިއްބެވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 15 ބޭފުޅުން އެބަތިއްބެވި އެވެ.

މި ހިސާބުތައް ހެދިއިރު ވެސް ބައެއް މަގާމުތަކާ ގުޅޭ މައުލޫމާތުތައް ރައީސް އޮފީހުގެ ވެބްސައިޓުގައި ވެސް ހިމަނާފައި ނުވެ އެވެ. އެގޮތުން, ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ ވަޒީފާއަށް މިހާރު ވެސް ނުކުންނަމުންދާ މީހުންގެ ވަނަވަރު ރައީސް އޮފީހުގެ ވެބްސައިޓުގައި ނެތެވެ.

ސިޔާސީ 303 މުވައްޒަފުން; މުސާރައަށް 156 މިލިއަން

ރައީސް މުއިއްޒުގެ ކެބިނެޓުގައި އެމަނިކުފާނައި ނައިބު ރައީސް ނުހިމަނައި 22 މިނިސްޓަރުން ތިއްބަވާއިރު މިހާތަނަށް މިނިސްޓަރުންގެ ފެންވަރުގައި އެމަނިކުފާނު ވަނީ 23 ބޭފުޅުން އައްޔަނުކުރައްވައިފަ އެވެ. އޭގެ ތެރެއިން މުސާރަ ނުލިބޭ ގޮތަށް ތިބެނީ ރައީސަށް ވިޔަފާރި އާއި ޓޫރިޒަމްގެ ދާއިރާއިން ލަފާ ދެއްވުމަށް އައްޔަނުކުރި ދެ އެޑްވައިޒަރުންނެވެ.

މިނިސްޓަރުން ފެންވަރުގެ ބޭފުޅުންނަށް މުސާރަ އާއި އިނާޔަތްތަކާ އެއްކޮށް 66,000ރ. ލިބިވަޑައިގަންނަވާނެ އެވެ. އެހެންކަމުން އެ ބޭފުޅުންގެ މުސާރައަށް މަހެއްގެ މައްޗަށް 2,838,000ރ. ހޭދަވާނެ އެވެ. އަހަރެއްގެ މައްޗަށް 34,056,000ރ. އެ ބޭފުޅުންގެ މުސާރައަށް ހޭދަވާނެ އެވެ.

އެހެންކަމުން, ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނާ 303 ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުންނަށް މުސާރަ ދިނުމަށް މަހަކު 13,008,000ރ. (ތޭރަ މިލިއަން އަށް ހާސް ރުފިޔާ) ހޭދަކުރާނެ އެވެ. އެ މީހުންނަށް މުސާރަ ދިނުމަށް އަހަރެއްގެ މައްޗަށް 156,096,000ރ. (ސަތޭކަ ފަންސާސް ހަ މިލިއަން ނުވަދިހަ ހަ ހާސް ރުފިޔާ) ދައުލަތުގެ ބަޖެޓުން ހޭދަކުރާނެ އެވެ.

ރައީސް މުއިއްޒުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި މި 303 ބޭފުޅުންގެ މުސާރައަށް 780,480,000ރ. (ހަތް ސަތޭކަ އައްޑިހަ މިލިއަން ހަތަރު ލައްކަ އައްޑިހަ ހާސް ރުފިޔާ) ހޭދަވާނެ އެވެ.

މި މަގާމުތަކުގެ އިތުރުން ސަރުކާރުން ވަނީ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަދި ޕޮލިޓިކަލް ޑިރެކްޓަރުގެ ނަމުގައި ވެސް މަގާމުތަކެއް އުފައްދާފަ އެވެ. ނަމަވެސް, އެ މަގާމުތަކަށް އައްޔަނުކުރި މީހުންނާއި އެ މީހުންނަށް ލިބޭ މުސާރަ އާއި އިނާޔަތްތަކުގެ ތަފްސީލުތަކެއް ސަރުކާރުން ހާމަނުކުރެ އެވެ.

މި މައުލޫމާތުތައް ހޯދުމަށް "އަދަދު" އިން އެދިފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް ރައީސް އޮފީހުން ވަނީ މައުލޫމާތު ދޭން އޮންނަ ފުރަތަމަ މުއްދަތު ހަމަވުމުން، ގާނޫނުގެ ދަށުން އިތުރުކުރަން ލިިބޭ ފުރުސަތުގެ ބޭނުންކޮށްފަ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ސަރުކާރުގެ ވުޒާރާތަކާއި ރައީސް އޮފީހާއި ރައީސްގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅު ހިމެނޭހެން ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރުނުކުރާނެ ކަމުގެ ވައުދާ އެކު އެވެ. އޭގެ ތެރޭގައި އެ ތަންތަނުގައި މަސައްކަތް ކުރައްވާ އިދާރީ މުވައްޒަފުން ވެސް ހިމެނޭނެ ކަމަށް އޭރު ބުނެފައިވެ އެވެ.

އެ އަދަދު މިހާރު ފަހަނައަޅައި ގޮސްފައިވާ ކަމަށް އިދިކޮޅުން ބުނި ނަމަވެސް ސަރުކާރުން ދޮގުކުރެ އެވެ. މީގެ ތެދު މައުލޫމާތު އެނގޭނީ ސަރުކާރުން ހާމަކުރުމުންނެވެ. މި އަދަދުތަކުން ދައްކާ ގޮތުގައި މި ސަރުކާރަކީ "މަތި ބަރު" ސަރުކާރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox