މިއުޅެނީ އެއްވެސް ގައުމަކާއެކު ކުރިމަތިލުމަކަށް ދާކަށް ނޫން: ރައީސް މުއިއްޒު

ރައީސް ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނާނީ އެކުވެރި ކަމުގެ މައްޗަށް ކަމަށާއި އެއްވެސް ބަޔަކާ ދުޝްމަނު ކަމެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނާނީ އެކުވެރި ކަމުގެ މައްޗަށް ކަމަށާއި އެއްވެސް ބަޔަކާ ދުޝްމަނު ކަމެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. -- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން އުޅެނީ އެއްވެސް ގައުމަކާ ކުރިމަތިލުމަކަށް ދާން ނޫން ކަމަށާއި ރާއްޖޭގެ އިމަކީ ރާއްޖޭގެ އިންކަން ގަބޫލު ކުރާ ކޮންމެ ގައުމަކާ އެކުގައި ވެސް އެކުވެރިކަން ބާއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ބައެއް އިސްވެރިންނާއެކު ތ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިރޭ އެ އަތޮޅު ވޭމަންޑޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނާނީ އެކުވެރި ކަމުގެ މައްޗަށް ކަމަށާއި އެއްވެސް ބަޔަކާ ދުޝްމަނު ކަމެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

"އަޅުގަނޑުމެން މިއުޅެނީ އެއްވެސް ގައުމަކާ އެކު ކޮންފްރަންޓޭޝަނަކަށް ދާކަށް ނޫން. އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނާނީ އެކުވެރިކަމުގެ މައްޗަށް، އެންމެންނާ ގުޅިގެން، ހުރިހާ ގައުމުތަކާ ވެސް ގުޅިގެން، އަޅުގަނޑުމެންގެ މިނިވަންކަމާއ އަޅުގަނޑުމެންގެ ސިޔާދަތާއި އަޅުގަނޑުމެންގެ އިސްތިގުލާލަށް ހުރުމަތްތެރިކޮށް ހިތާހައި ހިނދަކު އަޅުގަނޑުމެން، ދުޝްމަނު ވާނެ، ދެކޮޅު ހަދާނެ އެއްވެސް ގައުމެއް ނޯންނާނެ،" ވަކި ގައުމެއްގެ ނަން ފާހަގަ ނުކުރައްވައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖެއަށް އެހީތެރިކަން ދޭ ދިވެހި ރައްޔިތުންނަށް އިގުތިސާދީ ގޮތުން ފައިދާ ވާނެ ކަންކަން ކޮށްދޭ، ދިވެހީންގެ ދާހިލީ ކަންކަމާ ނުބެހޭ ކޮންމެ ގައުމަކާ އެކީގައި ވެސް އެކުވެރި ގުޅުން ބާއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ކިތަންމެ ކުޑަ ގައުމެއް ކަމުގައިވިޔަސް އެންމެ ބޮޑު ގައުމާ ހަމަހަމަ ގޮތެއްގައި ހަމަހަމަކަން ގާއިމުކޮށްދޭ ކޮންމެ ގައުމަކާ އެކީގައި، އަޅުގަނޑުމެންގެ އިމަކީ އަޅުގަނޑުމެންގެ އިންކަން އެ އިމުގެ އެތެރެއަށް އެހެން ބައެއްގެ ނުފޫޒު ނުފޯރުވޭނެކަން ގަބޫލު ކުރާ ކޮންމެ ގައުމަކާ އެކީގައި އަޅުގަނޑުމެން ތިބޭނީ އެކުވެރިކަމުގެ ރޫހުގައި، އެކުވެރިކަމުގެ އަތުކުރި އޮޅާލައިގެން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ވަކި ގައުމެއްގެ ނަން ވިދާޅުނުވެ، އެ މޭރުމުން ރައީސް ވާހަކަދައްކަވާފައިވާއިރު، މިދިޔަ ހަފުތާގައި ދެ ދުވަހެއްގެ މަތިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އިންޑިއާ އަސްކަރިއްޔާގެ މަނަރުވަތަކުން ވަނީ ދިވެހި މަސްވެރި ދޯނިތަކެއް ހިފަހައްޓައި، އެ ދޯނިތަކަށް އަރައި މަސްވެރިންނަށް އިންޒާރު ދީފަ އެވެ.

އިންޑިއާ ކޯސްޓުގާޑުގެ ދެ މަނަވަރަކުން އައިސް ދިވެހި ތިން ދޯންޏަކަށް އަރައި އިންޒާރު ދިން މައްސަލަ ފެންމަތިވީ، މިދިޔަ ބުދަ ދުވަހުން ފެށިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަނުން އެކްސްގައި އޭގެ ފޮޓޯ އާއި ވީޑިއޯ އާއި މައުލޫމާތުތައް ހާމަކުރަމުން ދިޔުމުންނެވެ. ބުރާސްފަތި ދުވަހު ވެސް ދޯންޏަކަށް އަރާފައިވެ އެވެ.

ވީޑިއޯތަކުން ފެންނަނީ އިންޑިއާގެ ކޯސްޓް ގާޑުގެ ސިފައިން ބަޑިއާއެކު ހަރަކާތްތެރިވާ މަންޒަރެވެ. އިންޑިއާ ކޯސްޓް ގާޑުގެ އުޅަނދެއް ވެސް ސާފުކޮށް ފެނެ އެވެ.

ރާއްޖޭގެ ތިން މަސް ދޯންޏަކަށް އެރީ އިންޑިއާގެ ކޯސްޓް ގާޑް ޝިޕް 246 އާއި ކޯސްޓް ގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކުން ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ. އިންޑިއާގެ ސިފައިން އެރީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ ހާދިސާތައް ހިނގާފައި ވަނީ ރާއްޖެއާ އިންޑިއާއާ ދެމެދު އޮންނަ ގުޅުން ގޯސްވެފައިވަނިކޮށެވެ. ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ އެގައުމަށް ފޮނުވާލައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު އެމްއެންޑީއެފްގެ ކެޕޭސިޓީ ފުޅާކޮށްގެން އަމިއްލައަށް ކުރުމެވެ.

އިންޑިއާ އަސްކަރީ އެހީ ހޯދުމުގެ ސިޔާސަތު ނިމުމަކަށް ގެނައުމުގެ މަސައްކަތުގެ ތެރެއިން، އެމްއެންޑީއެފްއަށް އަސްކަރީ ޑްރޯންތަކެއް ހޯދަން ތުރުކީގެ ކުންފުންޏަކާއެކު 560 މިލިއަން ރުފިޔާގެ އެއްބަސްވުމެއް ވެސް ސަރުކާރުން ވަނީ ގާއިމުކޮށްފަ އެވެ.

ތުރުކީ އަސްކަރިއްޔާއަށް ވެސް ޑްރޯން ސަޕްލައިކޮށްދޭ ކުންފުންޏަކާ އެކީ ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ފައިސާ ދައްކަން ހަމަޖެހިފައި ވަނީ ބައިބަޔަށް ބަހާލައިގެންނެވެ. އަދި މި މުއާމަލާތުގެ ހުރިހާ ފައިސާއެއް މި އަހަރު ތެރޭގައި ހަލާސް ކުރަން ޖެހެ އެެވެ.

އެކަމުގެ މައްޗަށް ނުސީދާކޮށް އަލި އަޅުއްވާލައްވައި މިރޭގެ ވާހަކަފުޅުގައި ވެސް ރައީސް ވަނީ ދާދި އަވަހަށް އަމިއްލަ ބާރުގައި ދިވެހި ކަނޑުގެ ސަރަހައްދު ދިވެހީން ބެލެހެއްޓުމުގެ އަމަލީ މަސައްކަތް ކުރާ މަންޒަރު ފެނިގެންދާނެ ކަމަށެ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ދެންނެވީ އަޅުގަނޑުމެންގެ އަމިއްލަ ބާރުގައި އަމިއްލަ ކެޕޭސިޓީގައި މި އިރާދަކުރެއްވިއްޔާމުން މި ބިޔަ ބޮޑު ސަރަހައްދު ބެލެހެއްޓޭނެ ގޮތް ދާދި އަވަހަށް ހަމަޖެހިގެން ދާނެޔޭ، އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަން ފެށި އެ ތައްޔާރީތައް ވަމުން މިދަނީ، އިރާދަކުރެއްވިއްޔާ ކުޑަ ދުވަސްކޮޅެއް ތެރޭ ފެނިގެންދާނީ އެކަން އަޅުގަނޑުމެން އަމަލީ ގޮތުން ކުރާތަން،" އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގެ އެއް ނުކުތާއަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.

ދިވެހި ކަނޑު އަމިއްލައަށް ބެލެހެއްޓުމުގެ ވާހަކަ ދެއްކެވީމާ އެކަމާ ދެކޮޅު ހަދައި އެކަމަށް ބަޔަކު ޖޯކު ޖެއްސެވި ކަމަށް ތުހުމަތު ކުރައްވައި ރައީސް ވަނީ އެކަން ކުރީ ދިވެހީންތޯ ސުވާލު އުފައްދައިފަ އެވެ. އަދި އަސްލު ދިވެހީން ނަމަ އެކަމުގައި ދެއްވާނީ ހިތްވަރު ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެއްވެސް ގައުމަކާ ދުޝްމަނުވެގެން ނޫޅޭ ކަމަށާއި ދުޝްމަނުކަމެއް އުދައްދަން އުޅެނީ އެހެން ބަޔަކު ކަމަށް ވެސް ރައީސް ތުހުމަތު ކުރެއްވި އެވެ. ނަމަވެސް ދައްކަވާ ވާހަކައެއްވިއްޔާ ދައްކަވަނީ ދެމާނަ ނުނެގޭނެ ގޮތަށް ވަރަށް ސީދާކޮށް ކަމަށް ރައީސް ވިދާޅުވި އެވެ.

މިއިން ޒަމާނެއްގައި ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރަނގަޅަށް ބެލެހެއްޓިފައި ނެތް ކަމަށާއި އެކަމުގެ ސަބަބުން ދިވެހި މަސްކަނޑުން ދިވެހީންނަށް ލިބެންވާ މިންވަރަށް ކަނޑު ރޯދި ނުލިބޭ ކަމަށް ރައީސް ވިދާޅުވި އެވެ. ދިވެހި ސިފައިން ކަނޑުގެ ސަރަހައްދު ބަލަހައްޓަން ފެށުމުން މަސްވެރިންނަށް ރެޔާއި ދުވާލު ދިވެހި ކަނޑުން މަސްވެރިކަން ކޮށް އެ ސިނާއަތް ފަތުރުވެރިކަމުގެ ސިނާއަތަށްވުރެ ކުރި އެރުވިދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox