ތިން ގައުމަކަށް ސަފީރުން އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނަންތައް ފޮނުއްވައިފި އެވެ.
މަޖިލީހުގެ ތަޅުމުގައި އެ ނަންތައް އިއްވުމަށް ފަހު ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އެ ނަންތަކަކީ;
- މަސްއޫދު އިމާދު - ސްރީލަންކާ
- ޑރ. މަރިޔަމް ޝަބީން - މެލޭޝިއާ
- ގީލާ އަލީ - ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން
މި ބޭފުޅުންގެ ތެރެއިން ސްރީލަންކާއަށް އައްޔަނުކުރަން ފޮނުވި މަސްއޫދަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ރައީސް އޮފީހުގައި މީޑިއާ ސެކްރެޓަރީކަން ކުރެއްވި ބޭފުޅެކެވެ.
ގީލާއަކީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އޭގެ އިތުރުން, އޭނާ ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަމާއި އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ފުރުއްވާފަ އެވެ.













