ވަކި ބަޔަކަށް ފްލެޓްތައް ބަހައިލަން އުޅުނުތޯ ބަލަން ވަކި ތަހުގީގެއް ހިންގަނީ

ގެދޮރުވެރިޔާ ފްލެޓްގެ މައްސަލާގައި އޭސީސީން ބޭއްވި ޕްރެސް ކޮންފެރެންސްގައި ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ގެދޮރުވެރިޔާ ފްލެޓްގެ މައްސަލާގައި އޭސީސީން ބޭއްވި ޕްރެސް ކޮންފެރެންސްގައި ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކުރީގެ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ފްލެޓް ސްކީމްގެ ދަށުން، ވަކި ބަޔަކަށް ފްލެޓްތައް ދޫކުރުމަށް މަސައްކަތް ކުރިތޯ ބަލަން ވަކި ތަހުގީގެއް ހިންގަން ފަށާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މި މައްސަލައިގެ މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން މިހާތަނަށް ކުރި މަސައްކަތުގެ މައުލޫމާތުގެ ހުށަހެޅި ޕްރެޒެންޓޭޝަނުގައިވާ ގޮތުން ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ ފޯމުތަކުގެ 60 ޕަސެންޓަކީ ޝަރުތު ފުރިހަމަނުވާ މީހުން ކަމަށެވެ.

ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އޭރުގެ ހައުސިން މިނިސްޓްރީން ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓް ދިނުމަށް ނިންމުމުގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދުމަށް މަސައްކަތް ކުރުން ފަދަ ކޮރަޕްޝަނުގެ އަމަލެއް ހިމެނޭ ކަން ނުވަތަ ނޫން ކަން ބެލުމަށް ވަކި ޖިނާއީ ތަހުގީގެއް ހިންގާނެ ކަމަށެވެ.

އަދި، ފޯމު ފުރިއިރު ދޮގު މައުލޫމާތު ފޯމުގައި ލިޔުނު މައްސަލާގައި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުތަކުގެ މައްސަލައެއް ގޮތަށް ފުލުހުންނާ ގުޅިގެން ތަހުގީގު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރު އެ މަސައްކަތުގައި އިސްކޮށް ތިއްބެވި ހަތް ބޭފުޅަކު މިހާރު ވެސް ހާޒިރުކޮށްފަ، ދެން އޭގެ އިތުރަށް މީގެ ހިމެނޭ ޖިނާއީ މިންގަނޑެއް ފެތޭ ކުށެއް، ނާޖާއިޒު ފައިދާ ހޯދުން ފަދަ ކުށެއް، ކުރިކަން ބެލުމަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމާއި އިތުރު މީހުން ހާޒިރުކުރުން ކުރިއަށް އެބަ ގެންދޭ،" ޝާމިލް ވިދާޅުވި އެވެ.

ޝަރުތު ހަމަނުވާ ފޯމުތަކުގެ ތެރޭގައި ގިނައީ އުސޫލުގެ ތިން ވަނަ ނަމްބަރުގެ (ނ)، އެއީ މާލޭގައި ދިރިއުޅެފައިވާ ފަރާތެއްކަން ސާބިތުކުރުމަށް ހަމައެކެނި ގޭގެ ލިޔުމެއް ނުވަތަ ރަށްރަށުގެ ކައުންސިލުގެ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން ހުށަހަޅާފައިވާ ހާލަތުގައި އެ ލިޔުމަށް ބުރަދަންދީ ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅާފައިވާ ފޯމުތަކެވެ.

މީގެ މިސާލެއް ދެމުން އޭސީސީގެ އޮފިޝަލް ބުނީ މާލޭގައި ދިރިއުޅޭ ކަމަށް ބުނެ ލިޔުން ހުށަހަޅާފައިވާ އެކަކަކީ ރަށު ކައުންސިލުގެ ވަޒީފާގައި ގިނަ އަހަރުތަކެއް ވަންދެން ވަޒީފާއަދާކޮށްފައިވާ މީހެއް ކަމަށް ޕެންޝަން އޮފީހުގެ މައުލޫމާތުން ކަށަވަރުވާ ކަމަށެވެ. ނަމަވެސް މި މީހާއަށް ވެސް މާލޭގައި ދިރިއުޅުމުގެ ޝަރުތު ހަމަވެ ފްލެޓު ލިބިފައިވެ އެވެ.

މިގޮތަށް ހުރި އެހެން ފޯމުތަކުގައި ކުންފުނި ރަޖިސްޓްރީކޮށްފައިވާ ތާރީހަށް ވުރެ ކުރީގެ ތާރީހެއްގައި ކުންފުނިތަކުގައި ވަޒީފާ އަދާކޮށްފައިވާ ކަމަށް ބުނެ ލިބިފައިވާ ލިޔުންތަކަށް ބުރަދަންދީ ޝަރުތު ފުރިހަމަވާ ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.

އަދި މައި އެޕްލިކަންޓަކީ 2013 ގެ ފަހުން މާލޭގެ ދަފްތަރުގައި ނުވަތަ މާލޭގެ ގެއެއްގައިވާ ހާލަތުގައި އެ މީހަކީ 15 އަހަރު މާލޭގައި އުޅެފައިވާ މީހެއްކަން ކަށަވަރު ކުރުމެއް ނެތި ވެސް ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅާފައިވެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޭން ހުޅުވާލުމާއެކު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް މިދިޔަ އޯގަސްޓު 8 ގައި ނެރުނު ވަގުތީ ލިސްޓުގައި އޮތީ 15،046 މީހުންނެވެ. ސަރުކާރުން ނިންމާފައި ވަނީ ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފުލެޓް ދިނުމަށެވެ. ނަމަވެސް ކޮންޓްރެކްޓު ކުރެވި މަސައްކަތް ފެށިފައި ވަނީ 4000 ފްލެޓުގެ އެވެ.

ފުރަތަމަ 4،000 ފްލެޓް ލިބޭނީ ޕޮއިންޓް ތަރުތީބުން އެންމެ ގިނަ ޕޮއިންޓު ލިބޭ މީހުނަށް ކަމަށް ކަނޑައަޅާފައިވަނިކޮށް އޭސީސީއަށް ހުށަހެޅު މައްސަލައަކާ ގުޅިގެން އެ މަސައްކަތް މަޑުޖައްސާލަން އެންގި އެވެ. އެ ސްކީމަށް ތައްޔާރުކުރި ޕޯޓަލްގެ އެކްސެސް ލިބުމުން، މައްސަލަ ތަހުގީގު ކުރުން ގެންދިޔުމަށް ފަހު، މަސައްކަތް އަލުން ފަށަން ކޮމިޝަނުން ހުއްދަ ދިނީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox