ރައްޔިތުން ބޭނުންވާ ކަންކަން ސީދާ ރައީސްއަށް ހުށަހެޅޭ ޕޯޓަލްއެއް ގާއިމުކުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި ރައްޔިތުން ބޭނުންވާ ކަންކަން ސީދާ ރައީސްއަށް ހުށަހެޅޭ ގޮތަށް ހާއްސަ ޕޯޓަލްއެއް ރައީސް އޮފީހުން ހުޅުވައިލަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ހުށަހެޅުންތަކަށް ސީދާ ޖަވާބުދާރީ ވާނެ ކަމަށާއި އުންމީދަކީ ރައްޔިތުންގެ އެކި ޖަމާއަތްތަކާ ބައްދަލުކޮށް ރައްޔިތުންގެ ގޭގެއަށާއި އާއިލާތަކަށާއި ރާއްޖޭގެ އެކި ރަށްރަށައް ޒިޔާރަތްކުރުން ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމަކީ އަދި އުންމީދަކީވެސް މީޑިއާތަކާ އަދި ރައްޔިތުންނާ ވީހައިވެސް ގާތުން ސަރުކާރުން މަސައްކަތް ކުރުން. ވަޒީރުން، ސީދާ ރައްޔިތުންގެ ސުވާލުތަކަށް ކޮންމެ ދެމަހުން އެއްމަހަކު ޖަވާބުދާރީވުމަށް ބާއްވާ 'އަހާ' ފޯރަމް، މިދިޔަ ޖެނުއަރީމަހު ވަނީ ފަށާފައި،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރުން، ކޮންމެ ތިން މަހުން އެއް މަހަކު ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބުދޭން ބާއްވާ ހާއްސަ ސިލްސިލާއެއް މި މަހު ފަށާނެ ކަމަށާއި މި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަދުވެގެން ކޮންމެވެސް އެއް ރައްޔިތެއްގެ ވީޑިއޯ ސުވާލަކަށް ސީދާ އެމަނިކުފާނު ކޮންމެ ދުވަހަކު ޖަވާބުދޭން ފަށާފައިވާ ކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ބޭނުންވަނީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި މަގާމުގެ ވާޖިބު އަދާކުރައްވަން ކަން ފާހަގަ ކުރައްވާ ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ލޮބުވެތި ރައްޔިތުންގެ އަޑު އަހާނެ ކަމަށާއި މަޝްވަރާ ވެސް ކުރައްވާނެ ކަމަށެވެ. އަދި ގައުމުގެ ކަންކަން ހިންގުމުގައި ތިރިން މައްޗަށް، ރައްޔިތުން ގާތުން އޮޅުން ފިލުވައިގެން ރައްޔިތުން އެދޭ އަމާޒަށް ކަންކަން ގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުއިއްޒު ރައްޔިތުންނާއި، މީޑިއާތަކާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައި ވާއިރު، އެމަނިކުފާނުގެ ސަރުކާރުގައި ތަރުޖަމާނަކު ނެތުމުގެ ކަންބޮޑުވުން ގިނަ ނޫސްވެރިން އަންނަނީ ފާޅު ކުރަމުންނެވެ. މިއާއެކު، ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ ގިނަ ސުވާލުތައް ސަރުކާރުން ހޯދުމަށް ވަނީ ދަތިތައް ކުރިމަތިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox