ސިއްހީ ހާލަތު ދެނެގަންނަން 18 އަހަރުން މަތީ އެންމެންގެ މައުލޫމާތު އެއްކުރަނީ

ޑިޖިޓަލް އައިޑީ ކާޑު:

ޑިޖިޓަލް އައިޑީ ކާޑު:

ސިއްހީ ހާލަތު ދެނެގަންނަން މުޅި އާބާދީގެ 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންގެ މައުލޫމާތު އެއްކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ޑިސްޓްރިކްޓް ހެލްތު އިންފޮމޭޝަން ސޮފްޓްވެއާއެއް މެދުވެރިކޮށް މުޅި އާބާދީގެ 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންގެ މައުލޫމާތު އެއްކޮށް، ރައްޔިތުންގެ ސިއްހީ ހާލަތުތައް ދެނެގަނެ ބަލިތަކަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

މިގޮތުން ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ފުޅާކުރުމަށް ކަނޑައަޅާފައިވާ ދިހަ އަތޮޅުގައި، ރިޕްރޮޑަކްޓިވް، މެޓާނަލް، ޗައިލްޑް އެންޑް ނިއުޓްރިޝަން، ގައިން ގަޔަށް އަރާ ބަލިތައް، ގައިން ގަޔަށް ނާރާ ބަލިތައް، ނަފްސާނީ ބަލިތައް އަދި ފައިލޭރިއާ ސްކްރީނިންގެ މައުލޫމާތު މި ސޮފްޓްވެއާގެ ދަށުން އެއްކުރެވިގެންދާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ދުޅަހެޔޮ ސިއްހީ ވެށްޓެއް ގާއިމުކޮށް، ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވެވޭނެ ފިޔަވަޅުތައް އަޅަން ޖެހޭ. އަވަހަށް ބަލި ދެނެގަތުމާއި ވަށާޖެހޭ ސިއްހީ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދޭން ޖެހޭ" ރައީސް ވިދާޅުވި އެވެ.

މިކަމަށްޓަކައި ޕްރިވެންޓިވް ހެލްތު ކެއާ ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ބޭނުންވާ ހާއްސަ ޕްރޮގްރާމުތައް ތަންފީޒުކުރުމަށް މި އަހަރަށް ހާއްސަ ބަޖެޓެއް ވެސް ވަނީ ހަމަޖެއްސިފައި ކަމަށް ރައީސް ހާމަކުރެއްވި އެވެ. ހަމައެހެންމެ އިތުރު 10 އަތޮޅެއްގައި ޕްރައިމަރީ ހެލްތުކެއާގެ ނިޒާމު ފުޅާކޮށް، ހިދުމަތްދޭން ފެށުމާއި ނިޒާމުގެ ދަށުން ދަމަނަވެށި ފުޅާކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ދިރިއުޅުމުގެ އާދަތަކާ ކެއިންބުއިން ހުންނަގޮތުން ރާއްޖޭގައި އާންމުވަމުންދާ ބަލިތައް ދެނެގަނެ، ރައްޔިތުން ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭނެއް ހިންގަން ހަމަޖެހިފައިވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، އާސަންދަ މެދުވެރިކޮށް، އަހަރަކު ދެ ފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox