ޗައިނާގެ އިތުރު ރިސާޗު އުޅަނދެއް ރާއްޖޭގެ ހުޅަނގުގައި ހަރަކާތްތެރިވަނީ

ޗައިނާގެ "ލަން ހާއި 101" ނުވަތަ "ބްލޫ އޯޝަން 101" ބޯޓު: ޗައިނާގެ އިތުރު ރިސާޗު ބޯޓެއް ރާއްޖޭގެ ހުޅަނގުގައި ހަރަކާތްތެރިވަނީ --

ޗައިނާގެ "ލަން ހާއި 101" ނުވަތަ "ބްލޫ އޯޝަން 101" ބޯޓު: ޗައިނާގެ އިތުރު ރިސާޗު ބޯޓެއް ރާއްޖޭގެ ހުޅަނގުގައި ހަރަކާތްތެރިވަނީ --

މަސްވެރިކަމުގެ ދިރާސާތަކަށް ބޭނުންކުރާ ޗައިނާގެ އިތުރު ރިސާޗު އުޅަނދެއް ރާއްޖޭގެ ހުޅަނގުގައި ހަރަކާތްތެރިވަމުންދާކަން އެނގިއްޖެ އެވެ.

ޗައިނާގެ އެގްރިކަލްޗާ މިނިސްޓްރީއާ އެފިލިއޭޝަން އޮންނަ އިދާރާއެއް ކަމަށްވާ ޔެލޯ ސީ ފިޝަރީޒް ރިސާޗު އިންސްޓިޓިއުޓުގެ "ލަން ހާއި 101" ނުވަތަ "ބްލޫ އޯޝަން 101" ބޯޓު ރާއްޖެ ސަރަހައްދުގައި މަހަކަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާކަން ސެޓެލައިޓް ޓްރެކިން އިން ދައްކަ އެވެ.

ސެޓެލައިޓް އޭއައިއެސް ޓްރެކިން ބޭނުންކޮށްގެން "އަދަދު" އިން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި ޗައިނާގެ އެ އުޅަނދު ދަނީ ރާއްޖޭގެ ހުޅަނގުން އިންޑިއާ ކަނޑުގައި އެއް ޕެޓާނަކަށް ދުއްވަމުންނެވެ. އާންމު ގޮތެއްގައި އެގޮތަށް ރިސާޗު އުޅަނދުތައް ދުއްވަނީ ދިރާސާތައް ކުރަން ކަމަށްވެ އެވެ.

އެ އުޅަނދު ޗައިނާގެ ޝިންދާއޯގެ ބަނދަރުން ފުރާފައިވަނީ ނޮވެމްބަރު 21، 2023 ގަ އެވެ.

ޓްރެކިން އިން ދައްކާ ގޮތުގައި އެކި ފަހަރު މަތިން މި އުޅަނދު ވަނީ ރާއްޖޭގެ އީއީޒެޑުގެ 70 އެއްހާ މޭލު ކައިރިން ދަތުރުކޮށްފަ އެވެ.

ނަމަވެސް ޑިސެމްބަރު 5، 2023 އިން ފެށިގެން އާންމުކޮށް ބޭނުންކުރާ ޓްރެކިން ސައިޓުތަކުން މި އުޅަނދު ދައްކާފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި އެ އުޅަނދުގެ ބައެއް ޓްރެކިން ސިސްޓަމްތައް ވަނީ ނިއްވާލާފަ އެވެ.

ޗައިނާގެ ދެވަނަ އުޅަނދު ރާއްޖޭގެ ހުޅަނގުން ދަތުރުކުރަމުންދާ ގޮތް ؛ ރާއްޖޭގެ އީއީޒެޑުގެ 70 މޭލު ބޭރުން ދަތުރުކޮށްފައިވޭ -
ޗައިނާގެ ދެވަނަ އުޅަނދު ރާއްޖޭގެ ހުޅަނގުން ދަތުރުކުރަމުންދާ ގޮތް ؛ ރާއްޖޭގެ އީއީޒެޑުގެ 70 މޭލު ބޭރުން ދަތުރުކޮށްފައިވޭ -

ޗައިނާގެ ދެވަނަ އުޅަނދު ރާއްޖޭގެ ހުޅަނގުން ދަތުރުކުރަމުންދާ ގޮތް ؛ ރާއްޖޭގެ އީއީޒެޑުގެ 70 މޭލު ބޭރުން ދަތުރުކޮށްފައިވޭ -

ރާއްޖެއަށް މިހާރު ދަތުރުކުރަމުންދާ ޗައިނާގެ ރިސާޗު އުޅަނދު "ޝިއެން ޔެން ހޮން 3" އާ އެއްގޮތަށް، އާންމުކޮށް ބޭނުންކުރާ ސައިޓުތަކުން މި އުޅަނދުވެސް އެންމެ ފަހުން ދައްކަނީ އިންޑޮނީޝިއާ ބޭރުން ޖާވާ ކަނޑުންނެވެ.

ފަޅުވެރިން ބަދަލުކުރުމަށް ކަމަށް ބުނެ ރާއްޖެ ދަތުރުކުރަމުންދާ އެ އުޅުނދު، ޖެނުއަރީ 30، އިން ފެށިގެން ފެށިގެން ދަނީ ރާއްޖޭގެ އީއީޒެޑުގެ ކައިރީގައި ބުރު އަޅަމުންނެވެ. އެގޮތުން އެއް ޕެޓާނަކަށް އުޅަނދު ދަތުރުކުރަމުންދާއިރު، ތިން ފަހަރެއްގެ މަތިން މި އުޅަނދު ވަނީ ރާއްޖޭގެ އީއީޒެޑުގެ ތެރެއަށް ވެސް ވަދެފަ އެވެ.

އުޅަނދުގެ ގާބިލުކަމާއި ތަފުސީލުތައް

ފިޝަރީޒް ސައިންސް އަދި ސާވޭ އަށް ބޭނުންކުރާ ލަން ހާއީއަކީ ގާތްގަނޑަކަށް 85 މީޓަރުގެ ދިގުމިނުގެ އުޅަނދެކެވެ.

ޔެލޯ ސީ ފިޝަރީޒް ރިސާޗް އިންސްޓިޓިއުޓުން 2019 އިން ފެށިގެން ބޭނުންކުރާ، ޖުމްލަ 3،289 ޓަނުގެ މި އުޅަނދަކީ މިވަގުތު ޗައިނާގައި އޮތް މަސްވެރިކަމުގެ ރިސާޗަށް ބޭނުންކުރާ އެންމެ ބޮޑު އުޅަނދެވެ.

އެ އިދާރާއިން މި އުޅަނދު ފަރުމާ ކޮށްފައިވަނީ ޔެލޯ ސީ އަދި ބޮހާއީ ސީގެ މާހައުލާއި މަސްވެރިކަން ދިރާސާ ކުރުމަށެވެ. ނަމަވެސް، ދުރު ކަނޑުތަކުގެ ދިރާސާ ކުރުމުގެ ގާބިލުކަންވެސް މި އުޅަނދަށް ލިބިފައިވެ އެވެ.

މަސްވެރިކަމުގެ ދިރާސާތައް ކުރުމުގައި ޗައިނާގެ އެންމެ އެޑްވާންސް އުޅަނދު ކަމަށް އެ ގައުމުންވެސް ސިފަ ކުރާ ލަން ހާއި 101 ގައި ލެބޯޓަރީތަކުގެ އިތުރުން އެކި ބާވަތްތަކުގެ ކަނޑުގެ ދިރުންތަކުގެ އަދި ކަނޑުގެ މާހައުލުގެ ސާވޭތައް ކުރުމަށް ބޭނުންކުރާ އެންމެ ފަހުގެ އާލަތްތައް އެކުލެވެ އެވެ.

އެގޮތުން، އިކޯ ސައުންޑާ (އީކޭ80) ސިސްޓަމް، ދާ އެޅުމުގެ އާލަތްތައް، އަދި ސޯނާ ސްކޭން ސިސްޓަމެއްވެސް މި އުޅަނދުގައި ހުރެ އެވެ.

އޭގެ އިތުރުން މަސްވެރިކަމުގެ އާ އީޖާދުތައް ޓެސްޓު ކުރުމާއި މަސްވެރިކަން ކުރާނެ އާ ސަރަހައްދުތައް ހޯދުމަކީވެސް މި އުޅަނދުގެ ސްކޯޕުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox