ކެންޑިޑޭޓުން ނުލިބުނު ދާއިރާތަކަށް ނުކުންނަން ޑިމޮކްރެޓުން އަލުން ހުޅުވާލައިފި

Feb 1, 2024, 4:22 PM
ދަ ޑިމޮކްރެޓްސްގެ ކައުންސިލް ބައްދަލުވުމެއް. ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ނެރޭނެ ކެންޑިޑޭޓުން ހޯދަން އެޕާޓީން އަންނަނީ މަސައްކަތްކުރަމުން. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދަ ޑިމޮކްރެޓްސްގެ ކައުންސިލް ބައްދަލުވުމެއް. ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ނެރޭނެ ކެންޑިޑޭޓުން ހޯދަން އެޕާޓީން އަންނަނީ މަސައްކަތްކުރަމުން. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން މާޗްމަހު ބާއްވާ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޯދަން ދަ ޑިމޮކްރެޓްސް އިން ހުޅުވައިލުމުން، އެއްވެސް ކެންޑިޑޭޓަކު ކުރިމަތިނުލި ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު އެޕާޓީން އަލުން ހުޅުވާލައިފި އެވެ.

ޑިމޮކްރެޓްސްގެ ވެބްސައިޓްގައި މިއަދު ޖެހި އިއުލާނެއްގައިވާ ގޮތުން އެއްވެސް ކެންޑިޑޭޓަކު ކުރިމަތި ނުލި ދާއިރާތަކަށް ވާދަކުރުމުގެ ފުރުސަތު މިމަހުގެ ހަވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މިމަހުގެ ހަވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ހުޅުވައިލި އެ ފުރުސަތުގައި، ވާދަކުރުމުގެ ފުރުސަތު އެ ދުވަހުގެ އެގަޑިއާ ހަމައަށް ޕާަޓީގެ ދަފުތަރުގައި ޖެހޭ ފަރާތްތަކަށް އޮންނާނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ. ދެވަނަ ޝަރުތަކީ މަޖިލީހަށް ވާދަކުރަން ގާނޫނުގައި ބުނާ ޝަރުތުތައް ހަމަ ވުމެވެ.

ޑިމޮކްރެޓްސްގެ އިއުލާނުގައިވާ ގޮތުން މަޖިލީހުގެ 93 ދާއިރާއަށް ވެސް ކެންޑިޑޭޓުން ހޯދަން، އާ ފުރުސަތެއް ހުޅުވައިލީ އެޕާޓީގެ ކައުންސިލުން އެގޮތަށް ނިންމައިގެންނެވެ. އާ ފުރުސަތުގައި އެއް ދާއިރާއަކަށް އެކަކަށް ވުރެ ގިނައިން ކުރިމަތި ލިޔަސް ޕްރައިމަރީއެއް ދެން ނުބާއްވާނެ އެވެ. ކައުންސިލުން އެގޮތަށް ނިންމީ ޕްރައިމަރީއެއް ބާއްވާނެ ވަގުތު، އެހައިތަނަށް ދާއިރު ނޯންނާނެތީ އެވެ.

މިފަހަރުގެ ފުރުސަތުގައި އެއް ދާއިރާއަކަށް އެކަކަށް ވުރެ ގިނައިން ކުރިމަތިލައިފި ނަމަ ޓިކެޓް ދޭނެ މީހަކު ކަނޑައަޅާނީ ޕާޓީގެ ކައުންސިލުން ކަމަށް ވެސް އެޕާޓީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox