މަސްވެރިންނަށް ނުދެވި ހުރި ފައިސާ މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް ހަމަޖައްސާނަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި: މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި: މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ - ފޮޓޯ: ރައީސް އޮފީސް

މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް، މަސްވެރިންގެ އަތުން އެ ކުންފުނިން މަސް ގަތުމަށް ފަހު، މި ވަގުތު ނުދެވި ހުރި އޭގެ ފައިސާ ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން ހުންނަ ސުވާލުތަކަށް، ސޯޝަލް މީޑިއާގައި ސީދާ ރައީސް މުއިއްޒު ޖަވާބު އެރުވުމުގެ ގޮތުން ރައީސް އޮފީހުން ވަނީ "ރައީސްގެ ޖަވާބު" ނަމުގައި ސިލްސިލާއެއް ފަށައިފަ އެވެ.

އެ ގޮތުން ރައީސް އޮފީހާއި ދިވެހި ސަރުކާރުގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ޕޯސްޓުކުރީ ދިވެހި މަސްވެރިޔަކު ކުރި ސުވާލަކަށް ރައީސް ޖަވާބު ދެއްވާ ވީޑިއޯއެކެވެ. މަސްވެރިޔާގެ ކަންބޮޑުވުން އޮތް ކަމަކީ، އަދިވެސް މަސް ކިރުމަށް ފަހު ވަގުތުން މިފްކޯއިން އެ ގަންނަ މަހުގެ ފައިސާ ނުދިނުމެވެ.

ރައީސް މުއިއްޒު އެ ވީޑިއޯގައި ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ވެސް މަސްވެރިންނަށް ނުދެވި 270 މިލިއަނެއްހާ ރުފިޔާ އުޅުނު ކަމަށެވެ. އޭގެ ތެރެއިން 200 މިލިއަނެއްހާ ރުފިޔާ ދެއްކި ނަމަވެސް މަސް އިތުރަށް ފައިސާ ވަގުތުން ނުދީ ގަތުމުން އަނެއްކާ ވެސް އޭގެ އަދަދު މަތިވެފައިވާ ކަމަށެވެ.

"ދޭން ޖެހިފައި ހުރި ފައިސާ އެބަ ހުރި، މަސް ގަންނަމުންދާ ވަރަކުން، 270 ވަރަކަށް މިލިއަން ރުފިޔާ މިހާރު އަނެއްކާ ވެސް އެބަ އޮތް [މަސްވެރިންނަށް] ދޭން، މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް އެ ފައިސާ ދިނުމުގެ މަސައްކަތް ކުރަމުން މި ދަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ވަގުތު ވަގުތީ ގޮތަކުން ފައިސާ ހަމަޖައްސައިގެން، މަސްވެރިންނަށް ނުދެވި ހުރި ފައިސާ ހަމަޖެއްސި ނަމަވެސް ކުރިއަށް އޮތް ތަނުގައި މި ގޮތަށް ވިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތްތަކާއި އިންތިޒާމުތައް ވެސް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މަސްވެރިން މިފްކޯއަށް ކިރާ މަހަށް ވަގުތުން ފައިސާ ނުދިނުމާއި، މަސް ކިރުމަށް ކިއޫ ހަދައިގެން މަސްވެރި ދޯނިފަހަރުތައް އެތައް ދުވަހަކު ތިބެން ޖެހުމާއި، މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކަކީ ކޮންމެ ސަރުކާރެއްގައި މަސްވެރިންގެ ފަރާތުން އިވޭ ޝަކުވާތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox