ފެނަކަ އަށް ފަންނީ އެހީތެރިކަން ހޯދުމަށް ސްޓެލްކޯ އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ފެނަކަ އަށް ފަންނީ އެހީތެރިކަން ހޯދުމަސް ސްޓެލްކޯއާއެކު އެމްއޯޔޫގައި ސޮއިކުރުން. މި އެމްއޯޔޫގެ ދަށުން ސްޓެލްކޯއިން ފެނަކައިގެ ޖަނަރޭޓަރުތަށް ހިލޭ ސާވިސް ކޮށްދީ މުވައްޒަފުން ތަމްރީނުކުރާނެ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ފެނަކަ އަށް ފަންނީ އެހީތެރިކަން ހޯދުމަސް ސްޓެލްކޯއާއެކު އެމްއޯޔޫގައި ސޮއިކުރުން. މި އެމްއޯޔޫގެ ދަށުން ސްޓެލްކޯއިން ފެނަކައިގެ ޖަނަރޭޓަރުތަށް ހިލޭ ސާވިސް ކޮށްދީ މުވައްޒަފުން ތަމްރީނުކުރާނެ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ފެނަކަ ކޯޕަރޭޝަނުގެ މަސައްކަތްތަކަށް ބޭނުންވާ އެކި އެކި ފަންނީ އެހީތެރިކަން ހޯދުމަށް ސްޓެލްކޯ އާއެކު އެެއްބަސްވުމެއްގައި ސޮއިކޮށްފި އެެވެ.

ސްޓެލްކޯ ހެޑް އޮފީހުގައި މިއަދު ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު އާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ އެވެ.

މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯއިން ފެނަކަ ކުންފުނީގެ މުވައްޒަފުންނަށް ބޭނުންވާ ފަންނީ ތަމްރީނުތައް ފޯރުކޮށްދޭނެ އެވެ. އަދި ފެނަކައިގެ ޖަނަރޭޓަރުތަކާއި ޕަމްޕުތައް ސާވިސް ކުރުމުގެ މަސައްކަތްވެސް ދެން ކުރާނީ ސްޓެލްކޯ އިންނެވެ. މީގެ ކުރިން ފެނަކައިން ޖަނަރޭޓަރުތައް ސާވިސްކުރަމުން އައީ މައިގަނޑުގޮތެއްގައި އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްގެންނެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު ވިދާޅުވި ގޮތުަގައި އެގޮތަށް ޖަނަރޭޓަރުތަކާއި ޕަމްޕުތައް ސާވިސްކުރުމުން އެކުންފުނިން ބޭނުންވާ ފެންވަރަށް އެ ހިދުމަތް ނުލިބޭއިރު އެކަމަށް ކުންފުނިން ބޮޑު ހޭދައެއް ކުރަމުންދާ ކަމަށެވެ. އަދި ފެނަކަ އޮތް ދިމާވެފައިވާ މާލީ ދަތިކަން ފާހަގަކުރައްވަމުން މުއާޒު ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް ޖަނަރޭޓަރުތައް ސާވިސް ކުރަން 117 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށެވެ.

"117 މިލިއަން ރުފިޔާ ސާވިސިން އަށް ހަރަދުކުރާއިރު އެކަށީގެންވާ ހިދުމަތެއް ނުލިބޭ ކަމުގެ ޝަކުވާ އަޅުގަނޑުމެންގެ ޓެކްނިކަލް ސްޓާފުންގެ ފަރާތުން އާދޭ. މިގޮތަށް ސާވިސް ކުރަން ސްޓެލްކޯ އާއި ހަވާލުކުރުމުން ހަރަދު ކުޑަވެފަ ލިބޭ ހިދުމަތަށް އަޅުގަނޑުމެންނަށް ބަރޯސާ ވެވޭނެ،" މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ އަމިއްލަ ފަރާތްތަކާއި ހަވާލުކޮށްގެން އެކުންފުނީގެ ޖަނަރޭޓަރުތަކާއި ޕަމްޕުތައް ސާވިސްކޮށް ނިމިގެން ގެންނަ އިރު ކުރިން ހުންނަ ކޮންޑިޝަނުގައި އެތަކެތި ނުހުންނަކަމުގެ ޝަކުވާ ކުންފުނީގެ އެކި އެކި ބްރާންޗްތަކުންވެސް ލިބިފައިވާ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ ވިދާޅުވި ގޮތުގައި ފެނަކައިގެ ޖަނަރޭޓަރުތަކާއި ޕަމްޕުތައް ސާވިސްކުރުމުގެ ހިދުމަތަށް އެކުންފުނިން އެއްވެސް ފީއެއް ނުނަގާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox