ރުހުމުގެ މައްސަލާގައި ސުޕްރީމް ކޯޓުން އޮތީ ހައްލެއް ދީފައި

ރުހުމުގެ މައްސަލާގައި ސުޕްރީމް ކޯޓުން އޮތީ ހައްލެއް ދީފައި

ވަޒީރުން އައްޔަނު ކުރުމާއި ރުހުން ދިނުމާ ގުޅޭގޮތުން ހަމަގައިމު ވެސް ޔަގީން ކަށަވަރުވާ ދެކަމެއް އެބައޮތެވެ. އެއް ކަމަކީ ވަޒީރުން އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމެވެ. ދެވަނަ ކަމަކީ ވަޒީރުންނަށް ރުހުން ދޭނީ ރައްޔިތުންގެ މަޖިލީހުން ކަމެވެ.

މިއީ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައި ކަޅާއި ހުދުން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ދެ ކަމެކެވެ. މިއަދު ދިމާވެގެން އުޅޭ ކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގެ 22 މެމްބަރުންގެ ތެރެއިން ހަތަރު ވަޒީރަކަށް ނުވަތަ ފަސް ވަޒީރަކަށް ރުހުން ނުދޭނެ ކަމަށް މަޖިލީހުގައި އަގުލަބިއްޔަތު އޮތް އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ބުނުމެވެ.

އެއާއެކު, ސަރުކާރުގެ ވަޒީރުންނާއި ވަޒީރުންގެ ފެންވަރުގެ ބޭފުޅުންނާއި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންނާއި އަދި އެހެނިހެން އިސްވެރިން އަންނަނީ މަޖިލިސް ދޮށަށް އެއްވެ މުޒާހަރާ ކުރަމުންނެވެ.

އެ މީހުން ބުނަމުންދަނީ އެ "ސަރުކާރު ހުއްޓުވާލުން" ކަމަށެވެ. ނަމަވެސް, 22 ވަޒީރުންގެ ތެރެއިން ހަތަރު ވަޒީރަކަށް ރުހުން ނުދީގެން ސަރުކާރެއް ހުއްޓޭނެ ހަމައެއް ނެތެވެ. ދެން ތިބި 18 ވަޒީރުންނާ ރައީސާއި ނައިބު ސަރުކާރު ކުރިއަށްގެންދާނެ އެވެ.

އެ ވަޒީރުންނަށް ރުހުން ނުދިނަސް މާދަމާ އަނެއްކާ ވެސް އެ މަގާމުތަކަށް މީހުން އައްޔަނުކުރުމުގެ ބާރު ހަމަ 129 ވަނަ މާއްދާއިން ރައީސަށް އޮންނާނެ އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބިނާވެފައި އޮތީ ވަޒީރުންނަށް ރުހުން ނުދޭ ހާލަތްތަކުގައި ވެސް ހުއްޓުމެއް ނެތި ރައްޔިތުންނަށް ހިދުމަތް ދެވޭނެ ގޮތަށެވެ. ސުޕްރީމް ކޯޓުގެ ހުކުމަކުން ވެސް އެކަން އޮތީ ބަޔާންކޮށްފަ އެވެ.

ވަޒީރުންގެ މަޖިލީހުގައި ނުތިބެވޭނެ

މިއީ މަޖިލީހުން ރުހުން ނެތް ކަމަށް ނިންމި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންތަކެއް އެ މަގާމުގައި ދެމިތިބޭނެ ކަމަށް އޭރުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމާ ގުޅިގެން މަޖިލީހުގެ ރުހުން ނެތް ވަޒީރުންނަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ނުތިބެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ނޮވެމްބަރު 28, 2010 ގައި ސުޕްރީމް ކޯޓަށް އަލީ ވަހީދު ހުށަހެޅުއްވި މައްސަލައެކެވެ.

އެކަމުގައި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުގެ ތެރެއިން ހަ ފަނޑިޔާރުން ވަނީ ރުހުން ނެތް މީހުންނަށް ވަޒީރުންގެ މަޖިލީހުގައި ނުތިބެވޭނެ ކަމަށް ބުނެފަ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭ ހާލަތެއްގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ އެއްވެސް މެމްބަރަކަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރުކަމުގެ މަގާމުގައި ދެމިތިބެވޭނެ ތަނެއް ނެތް ކަމަށް ހުކުމް ކޮށްފީމެ," އެ ހުކުމުގައި ބުނެފައިވެ އެވެ.

ތިބެވޭނީ "ޑިފެކްޓޯ މުވައްޒަފުން" ގެ ގޮތުގައިި

އެ ހުކުމުގައި އެހެން ބަޔާންކުރުމުގެ ކުރިން ވަނީ އެފަދަ ހާލަތެއް މެދުވެރިޔަސް ދައުލަތުގެ ހިދުމަތްތައް ނުހުއްޓޭނެ ފަދަ ގޮތަކަށް ކަށަވަރުކުރުމަށް ފަރުވާއެއް ވެސް ދީފަ އެވެ.

"ދިވެހި ދައުލަތް ގާނޫނީ ހުސްކަމަކަށް އަޔަނުދީ ދައުލަތުގެ އެންމެހާ މުއައްސަސާތަކުން އާންމުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް އެއްވެސް މެދުކެނޑުމަކާ ނުލައި ފޯރުކޮށްދިނުން ކަށަވަރު ކުރުމަށްޓަކައި, ރުހުން ނުލިބޭ ވަޒީރުން އެ މަގާމުން ވަކިވަންދެން ނުވަތަ ވަކިކުރެވެންދެން, ޑޮކްޓްރިން އޮފް ނެސެސިޓީގެ ދަށުން ޑިފެކްޓޯ މުވައްޒަފުންގެ ގޮތުގައި އެ މަގާމުގައި ތިބެވުނު ކަމުގައި ވިއަސް," އެ ހުކުމުގައި ބުނެފައިވެ އެވެ.

ޑިފެކްޓޯ މުވައްޒަފުންގެ ގޮތުގައި ތިބެވުނަސް މި ހުކުމަށް ބަލާލުމުން އެ ބޭފުޅުންނަށް ވަޒީރުންގެ މަޖިލީހުގައި ނުތިބެވޭނެކަން އެނގެ އެވެ. އަދި, ވަޒީރުންނަށް ލިބިދޭ އިނާޔަތްތަކާއި އިމްތިޔާޒުތައް ވެސް ނުލިބޭނެ އެވެ.

އިސްވަޒީރު ވިދާޅުވަނީ ނުހުއްޓުވޭނެ ކަމަށް

ސަރުކާރުގެ އެންމެ ސީނިއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުالله ވަނީ ރުހުން ނުދިނުމަކީ ސަރުކާރު ހުއްޓުވުން ކަމަށް ސިފަކޮށްފަ އެވެ. އަދި, އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޑީގައި ހުންނަވާ ކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުގެ ކަންބޮޑުވުމެއް ނޫން އޮތީ. މިއީ ޑިމޮކްރަސީއާ ވަރަށް ބީރައްޓެހި ކަމެއް އެމްޑީޕީން ކޮށްގެން މި އުޅެނީ. އެއީ ރައީސް ފޮނުވާ ފުރަތަމަ ކެބިނެޓަށް ރުހުން ނުދިނުމަކީ މިހާތަނަށް ކޮށްފައި އޮތް ކަމެއް ނޫން," އަބްދުއްރަހީމް ވިދާޅުވި އެވެ.

"ފަހަރެއްގައި ހީވެދާނެ ރުހުން ނުދިނީމާ ސަރުކާރު ހުއްޓޭނެ. އެކަމެއް ނުކުރެވޭނެ. މުއިއްޒު ދުވެލީގައި ސަރުކާރުން ހިނގަމުންދާނެ. ސުޕްރީމް ކޯޓުގެ ހުކުމެއް އޮންނާނެ އެކަމުގައި," އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox