ރެއާ ހަމައަށް ނަން އޮތް ބައެއް މީހުން މިއަދު ދަފުތަރަކު ނެތް، އެކަމަކު ދުވަހަކު ވެސް ޕާޓީއަށް ނުވަންނަ މީހުން ލިސްޓުގައި!

ޕްރައިމަރީގެ ވޯޓުލާ މަރުކަޒެއް ތެރޭ ބަޔަކު ހަރަކާތްތެރިވަނީ: މައްސަލަ ޖެހިގެން ކަލާފާނުގައި ބަހައްޓާފައި ހުރި ދެ ވޯޓު ފޮށި އެއްލައިލި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޕްރައިމަރީގެ ވޯޓުލާ މަރުކަޒެއް ތެރޭ ބަޔަކު ހަރަކާތްތެރިވަނީ: މައްސަލަ ޖެހިގެން ކަލާފާނުގައި ބަހައްޓާފައި ހުރި ދެ ވޯޓު ފޮށި އެއްލައިލި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ވެރިކަން ހިންގާ ޕީއެންސީ އަދި ޕީޕީއެމްއިން މިއަދު ބާއްވާ މަޖިލިސް ޕްރައިމަރީގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދަފުތަރުގައި ރެއާ ހަމައަށް ވެސް އޮތް ބައެއް މީހުންގެ ނަންތައް ޕާޓީ އަދި ވޯޓާސް ލިސްޓުގައި ވެސް މިއަދު ނެތް އިރު، ދުވަހަކު ވެސް ޕާޓީއަށް ސޮއި ނުކުރާ އަދި އެ ޕާޓީގެ ދަފުތަރުގައި ވެސް ނެތް ބައެއް މީހުންގެ ނަން ވޯޓާސް ލިސްޓުގައި އޮތް ކަން ހާމަވެއްޖެ އެވެ.

"އަދަދު"އާ ވާހަކަ ދައްކަމުން މެދު ހެންވޭރު ދާއިރާގެ މީހަކު ބުނީ އޭނާގެ ނަން ރޭ ދަންވަރު ވެސް ޕާޓީ އަދި ވޯޓާސް ލިސްޓުގައި ވެސް ރޭ އޮތް ކަމަށާއި އެކަމަކު މިއަދު ވޯޓުލާން ދިޔައިރު ޕާޓީގައި ވެސް ވޯޓާސް ލިސްޓުގައި ވެސް އޭނާގެ ނަން ނެތް ކަމަށެވެ.

"ރޭ ދަންވަރު ވެސް އަޅުގަނޑު ބެލިއިރު ނަން އޮތް. މިއަދު ނެތް ޕާޓީ ލިސްޓަކު ވެސް. ބައިވަރު މީހުންގެ ނަން ނެތް. އަޅުގަނޑުމެން ބަލަހައްޓާ ބޮޑު ލިސްޓެއް އޮވޭ. އޭގައި ހިމެނޭ މަދު ބައެއްގެ ނަން މިއަދު އޮތީ،" މެދު ހެންވޭރަށް ނިސްބަތްވާ އަހުމަދު ޝާހީން މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.

އޭނާ ބުނީ ގާތްގަނޑަކަށް 329 މީހުންގެ ނަން މިއަދުގެ ވޯޓާސް ލިސްޓުގައި ނެތްކަން ފާހަގަ ކުރެވޭ ކަމަށެވެ.

ރެއާ ހަމައަށް ޕާޓީގެ ދަފުތަރު އަދި ވޯޓާސް ލިސްޓުގައި އޮތް ބައެއް މީހުންގެ ނަންތައް މިއަދު އެ ދެ ލިސްޓުގައި ވެސް ނެތް އިރު، އެއްވެސް އިރަކު ސިޔާސީ ޕާޓީއަކަށް ސޮއި ނުކުރާ ބައެއް މީހުންގެ ނަން މިއަދުގެ ވޯޓާސް ލިސްޓުގައި އެބަ އޮތެވެ.

އެގޮތުން ޕާޓީގެ ދަފުތަރުގައި ނަން ނެތް ނަމަވެސް ވޯޓާސް ލިސްޓުގައި ނަން އޮތް އެކަކީ، ޕީއެސްއެމްގެ އިސް މަގާމެއްގައި ހުންނެވި މުހައްމަދު އަފުޒަލް އެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އޭނާ ވިދާޅުވެފައި އޮތީ އޭނާއަކީ ދުވަހަކު ވެސް ޕާޓީއަކަށް ސޮއިކޮށްފައިވާ މީހެއް ނޫން ކަމަށާއި އެކަމަކު މިއަދު ކުރިއަށްދާ އިންތިހާބުގެ ވޯޓާސް ލިސްޓުގައި އޭނާގެ ނަން އެބަ އޮތް ކަމަށެވެ.

"ދުވަހަކުވެސް ޕާޓީއަކަށް ވަންނަން ފޯމެއް ނުފުރަން. އީސީން ބުނީ ޕާޓީއެއްގަ ނެތޭ. އެކަމަކު ޕީޕީއެމް ޕްރައިމެރީގެ ލިސްޓްގައި ނަން އެބަ އޮތް، ވޯޓު ލާން ބަލާ ވެސް އަތުވެއްޖެ. މިކަހަލަ ބައިވަރު ވޯޓުލައިފި. ކިހިނެތް ހަދަންވީ ލަފައެެއް ބޭނުން،" ވޯޓާސް ލިސްޓުގެ ފޮޓޯއަކާއެކު އޭނާ އެކްސްގައި ލިޔެފައި އޮތެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ޕާޓީތަކުގެ ދަފުތަރު މެނޭޖް ކުރަނީ ޕޯޓަލަކުން ކަމަށާއި އޭގެ ފުރިހަމަ އެކްސެސް އެ ޕާޓީއެއްގެ ރަޖިސްޓްރާއަށް އޮންނާނެ ކަމަށެވެ.

"ޕޯޓަލްގެ ފުލް އެކްސެސް އޮންނާނެ ޕާޓީގެ ރަޖިސްޓްރިއާއަށް. އެކަމަކު ހަމަ ހުރެފަ ސިޔާސީ ޕާޓީއަކުން ވަތްކެއް ނުކުރެވޭނެ. އެ ޕާޓީއެއްގެ އަސާސީ ގަވާއިދާ އެއްގޮތަށް ވަކި ކުރެވޭނީ،" ހަބީބު ވިދާޅުވި އެވެ.

ވޯޓާސް ލިސްޓުގައި މައްސަލަ އުޅޭތީ ވޯޓުލާ ބައެއް މަރުކަޒުތަކުގައި މިއަދު ހަމަނުޖެހުން ވެސް ހިނގި އެވެ. އެގޮތުން ކަލާފާނު ސްކޫލުގައި ބަހައްޓާފައި ހުރި ދެ ވޯޓު ފޮއްޓެއް ބަޔަކު ވަނީ އެއްލާލައިފަ އެވެ. އެ މަރުކަޒުގެ އަމަން ގާއިމް ކުރަންޖެހުނީ ފުލުހުން ގޮސްގެނެވެ.

މިއަދު ކުރިއަށްދާ އިންތިހާބުގައި ޖުމްލަ 227 ވޯޓު ފޮށި ބަހައްޓައި ވޯޓުލުން ކުރިއަށްދާއިރު، 283 ކެންޑިޑޭޓުން ވާދަކުރެ އެވެ.

މާލެ ސަރަހައްދުގައި މި އިންތިހާބުގެ ވޯޓުލުުން ކުރިއަށް ގެންދާނީ ހަތް ސަރަހައްދެއްގަ އެވެ. އެއީ ހެންވޭރު ދަނޑު، ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް، ރެހެންދި ސްކޫލް އެވެ. މީގެ ތެރެއިން މާލޭގައި ދިރިއުޅޭ އަތޮޅުތެރޭ މީހުން ވޯޓުލާނީ ހެންވޭރު ދަނޑުގައި ބަހައްޓާ ވޯޓު ފޮއްޓަށެވެ.

ޖުމްލަ 73 ދާއިރާއަކަށް ވާދަކުރާ ކެންޑިޑޭޓުން މި އިންތިހާބުގައި ހޮވާއިރު، ވޯޓުލުމުގެ ހައްގު ލިބޭ 71،597 މީހުން ތިބިކަމަަށް ޕީޕީއެމުން ވަނީ ހާމަކޮށްފަ އެވެ.

ޕްރައިމަރީ އަކާ ނުލައި 13 މީހަކަށް އެ ކޯލިޝަންގެ ޓިކެޓު އޮތީ ކަށަވަރު ވެފަ އެވެ. މި 13 މީހުންނަށް ޓިކެޓު ކަށަވަރުވީ އެ މީހުން ކުރިމަތިލީ ދާއިރާތަކަށް އިތުރު މީހަކު ކުރިމަތިލާފައި ނުވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox