މާލީ ބަޔާން ހާމަކުރުން ލާޒިމުކުރާ ބިލު މަޖިލީހުގައި ޕާކު ކޮށްފައި އޮންނަތާ ދެ އަހަރު!

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރުންތަކެއް. ބިލު މަޖިލީހަށް ބަލައިގަނެ މާލިއްޔަތު ކޮމިޓީއަށް ވަނީ ދިރާސާކުރަން ފޮނުވާފައި. --- ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރުންތަކެއް. ބިލު މަޖިލީހަށް ބަލައިގަނެ މާލިއްޔަތު ކޮމިޓީއަށް ވަނީ ދިރާސާކުރަން ފޮނުވާފައި. --- ފޮޓޯ: މަޖިލިސް އިދާރާ

މާލީ ބަޔާން ހާމަކުރަން، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލާޒިމުކުރާ ފަރާތްތަކުން، އެ ބަޔާން ހާމަކުރުން ލާޒިމުކުރާ ގޮތަށް ހުށަހަޅާފައިވާ "މާލީ އަދި އެހެނިހެން މަސްލަހަތު ހާމަކުރުމުގެ ބިލު" ގެ މަސައްކަތް ކުރިއަށް ނުގޮސް އޮންނަތާ ދެ އަހަރުވެއްޖެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ޖެނުއަރީ 12, 2022 ގަ އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އިއްވީ ފެބްރުއަރީ 15, 2022 ގަ އެވެ. އެއީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ގުޅިގެން އޭނާ ހުށަހެޅުއްވި ބިލެކެވެ.

"މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ބިލު" ގެ ނަމުގައި އީވާ ހުށަހެޅުއްވި އެ ބިލުގައި އޮތީ ގާނޫނީ ގޮތުން ލާޒިމްކުރާތީ މާލީ ބަޔާންތައް ހުށަހަޅާ ފަރާތްތަކުން، އަމަލުކުރަން ޖެހޭ އުސޫލުތަކާއި އެ އުސޫލުތައް ތަންފީޒުކުރާ އިދާރާތަކުން އަމަލުކުރާނެ ގޮތްތަކެވެ. މާލީ ބަޔާންތަކާއި ގުޅޭ ކަންކަމުގައި ގާނޫނީ ބާރު އޮންނަ އިދާރާތައް ވެސް ގާނޫނަކުން ކަނޑައަޅަން ބިލުގައި އެބަ އޮތެވެ.

އެ ބިލު މަޖިލީހަށް ބަލައިގަތީ 58 މެމްބަރުންގެ ވޯޓާއެކު އެވެ. މިހާރު ބިލު އޮތީ ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވާފަ އެވެ. ނަމަވެސް މާޗު 7, 2022 ގެ ފަހުން ބިލުގެ އެއްވެސް މަސައްކަތެއް ހިނގާފައި ނުވެ އެވެ.

އެ ބިލުގައިވާ ގޮތުން، ތިން ކަމަކަށް ދޭ އަދަބުގެ ގޮތުގައި ގިނަވެގެން 500،000ރ. އާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު، އެ ބިލު ގާނޫނަކަށްވުމަށް ފަހު ކަމާ ބެހޭ އިދާރާތަކަށް ލިބޭނެ އެވެ.

ސަރުކާރަށް 66 ދުވަހަށް ވުރެ ގިނަ ދުވަސްވެގެންދިޔައިރު ވެސް އަދިވެސް މާލީ ބަޔާންތަކުގެ ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއު ނުކުރެ އެވެ. ވެރިންގެ މާލީ ބަޔާން ހާމަކުރާނެ ދުވަހެއް ހޯދުމަށް "އަދަދު" އިން ކުރި ސުވާލަށް ރައީސް އޮފީހުގެ ޖަވާބެއް ލިބިފައި ނުވެ އެވެ. އެ މަސައްކަތް ކޮށްފައިވާ ހިސާބެއް ވެސް މިހާތަނަށް ހާމައެއް ނުކުރެ އެވެ.

ބޮޑެތި އަދަދުން ޖޫރިމަނާކޮށް އަދަބުދެވޭ ކަންތައްތައް

  1. މާލީ ބަޔާނުގައި ތެދުނޫން މައުލޫމާތެއް ހިމެނުން ނުވަތަ ފުރިހަމައަށް މައުލޫތު ނުހިމެނުން: އެގޮތަށް ކަންތައް ކުރާ ފަރާތްތައް ގިނަވެގެން 500،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. ޖޫރިމަނާކުރުމުގައި ބަލާނީ ކަމުގެ ކުޑަބޮޑުމިނަށެވެ. އަދި ގިނަވެގެން ދެ އަހަރު ދުވަހަށް ޖަލަށް ލެވޭނެ އެވެ.
  2. ގާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަނޭޅުން. އެގޮތަށް އަމަލުކޮށްފި ނަމަ ފުރަތަމަ ފަހަރު 100،000.ރ އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެކަން ތަކުރާރުކުރާ ނަމަ ގިނަވެގެން 500،000.ރ އާ ހަަމައަށް ޖޫރިމަނާގެ އަދަދު ބޮޑު ކުރެވޭނެ އެވެ.އަދި ގިނަވެގެން ދެ އަހަރު ދުވަހަށް ޖަލަށް ލެވޭނެ އެވެ.
  3. ބަޔާންތަކުގެ ސައްހަކަން ކަށަވަރުކުރާ އިދާރާއިން އަންގާ އެންގުމަކާ ހިލާފުވުން: އެގޮތަށް ކަންތައް ކޮށްފި ނަމަ ފުރަތަމަ ފަހަރު 100،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި އެކަން ތަކުރާރުކުރާ ނަމަ ގިނަވެގެން 500،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ގިނަވެގެން ދެ އަހަރު ދުވަހަށް ޖަލަށް ލެވޭނެ އެވެ.

އީވާ ހުށަހެޅުއްވި ބިލުގައިވާ ގޮތުން އެ ބިލު ގާނޫނަކަށްވުމަށް ފަހު، މިކަންތައްތައް ވާނީ ކުށަކަށެވެ. އެހެންވީމާ މާލީ ބަޔާނުގެ ސައްހަކަން ކަށަވަރުކުރާ އިދާރާއިން އެ މައްސަލަ ހުށަހަޅަން ޖެހޭނީ ތަހުގީގީ އިދާރާއަށެވެ. ޖަލަށްލުމުގެ އަދަބަކީ އެގޮތުން ކުރާ ތަހުގީގަށް ފަހު ކޯޓުން ކުރާ ހުކުމަކުން ދޭނެ އަދަބެކެވެ.

މާލީ ބަޔާން ހުށަހެޅުމުގައި އަމަލުކުރަން ޖެހޭނެ އުސޫލުތައް އެ ބިލުގައި ވަރަށް ތަފްސީލުކޮށް ހިމަނާފައި އެބަހުއްޓެވެ. އެކަމުގައި އެކިއެކި ޒިންމާތައް އަދާކުރާނެ އިދާރާތަކުގެ މަސްއޫލިއްޔަތުތައް ވެސް ބިލުގައި ތަފްސީލްކޮށް ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox