އިންތިހާބު ލަސްކުރުމުގެ ބިލާއި ބައެއް އެހެން މަސައްކަތް ނިންމަން ދައުރުން ބޭރު ޖަލްސާތަކެއް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިިވެރިވެވަޑައިގަންނަވަނީ. ދައުރުން ބޭރު ޖަލްސާތަކުގައި ވަޒީރުންނަށް ރުހުން ދިނުން ވެސް އޮންނާނެ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިިވެރިވެވަޑައިގަންނަވަނީ. ދައުރުން ބޭރު ޖަލްސާތަކުގައި ވަޒީރުންނަށް ރުހުން ދިނުން ވެސް އޮންނާނެ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބޭއްވުމަށް ގާނޫނަށް ގެންނަަޖެހޭ ބަދަލާއި މަޖިލީހުން ނިންމަން ހުރި އެހެން ބައެއް މަސައްކަތްތައް އަވަސްކުރުމަށް ދައުރުން ބޭރު ޖަލްސާތަކެއް ބާއްވަން މަޖިލީހުގައި ތަމްސީލުކުރާ ޕާޓީތަކުން މަޝްވަރާ ކުރަން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރަކު "އަދަދު" އަށް ވިދާޅުވި ގޮތުގައި ދައުރުން ބޭރު ޖަލްސާތަކެއް ބާއްވަން އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގައި ރޭ މަޝްވަރާކުރި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދައުރުން ބޭރު ޖަލްސާތަކެއް ބާއްވަނީ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހަށް ބަދަލުކުރުމާއި ވަޒީރުންނަށް ރުހުން ދިނުން އަދި ބައެއް އެހެން މަސައްކަތްތައް އަވަސްކުރުމަށެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފަށާނީ ފެބްރުއަރީ 5، ގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިހާރު ތާވަލުކޮށްފައި އޮތީ މާޗް 17، އަށެވެ. އެއީ ރޯދަމަހުގެ ހަތް ވަނަ ދުވަހެވެ.

އެކަން ބަދަލުކުރުމަށް ޓަކައި އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު މިއަދު ވަނީ ހުށަހަޅުއްވައިފަ އެވެ. އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް، ރޯދަ މަހު އިންތިހާބުތައް ބޭއްވުން މަނާކުރާ މާއްދާ ހިމެނޭހެން 20 މާއްދާ އިސްލާހުކުރަން އޭނާ ވަނީ ހުށަހަޅާފަ އެވެ.

އެގޮތުން ވޯޓު ނަގާ ދުވަހާއި ވަގުތާ ގުޅޭ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ރޯދަ މަހުގެ އެއްވެސް ދުވަހެއްގައި އެއްވެސް އިންތިހާބެއް ބާއްވައިގެން ނުވާނެ ކަމަށެވެ. މެމްބަރު ޝިފާއު މި މާއްދާ އިސްލާހުކުރަން ހުށަހެޅި ގޮތަކީ އިންތިހާބު ބާއްވަން ޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާނަމަ އެ އިންތިހާބެއް ބާއްވަން ޖެހޭނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުންނެވެ.

އެ އިސްލާހު ހުށަހަޅާ ސަބަބެއް ކަމަށް މެމްބަރު ވިދާޅުވީ ރޯދަ މަހާ ގުޅިފައިވާ ދިވެހިންގެ ހާއްސަ އާދަކާދަތަކާއި އަދި ރޯދަ މަހާ ގުޅިގެން ދައުލަތުގެ މުވައްޒަފުންގެ ވަޒީފާ އަދާކުރުމުގައި ވެސް ގެންނަ ބަދަލުތަކާއި މިއެންމެހާ ކަމަކަށް ރިއާޔަތް ކުރުމުގެ ގޮތުންނާއި ވީހާ ގިނަ ބަޔަކުގެ ބައިވެރިވުން ހިމެނޭފަދަ އިންތިހާބެއްކަން އިތުރަށް ކަށަވަރުކޮށް ޔަގީންކުރުމުގެ ބޭނުމުގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox