ފެނަކައިން ފުވައްމުލަކަށް ޖަނަރޭޓަރު ސެޓެއް ހޯދުމުގެ މަސައްކަތް ފަށައިފި

ފުވައްމުލައް ސިޓީ: ކަރަންޓު ދެމުން ދިޔަ ހަތް ޖަނަރޭޓަރު ސެޓުން އެއް ސެޓު ވަނީ ހަލާކުވެފައި -- ފޮޓޯ: އަދަދު

ފުވައްމުލައް ސިޓީ: ކަރަންޓު ދެމުން ދިޔަ ހަތް ޖަނަރޭޓަރު ސެޓުން އެއް ސެޓު ވަނީ ހަލާކުވެފައި -- ފޮޓޯ: އަދަދު

ފުވައްމުލަކު ސިޓީގައި ފާއިތުވި 11 ދުވަހު، ކޮންމެ ދުވަހަކު ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވެފައި ވަނީ 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓެއް ހަލާކުވުމުން ކަމަށާއި އެމަޖެންސީ ޕްރޮކިޔުމަންޓްގެ ދަށުން 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވަކި ވަގުތެއްގައި ކަރަންޓު ކަނޑަން ޖެހިފައިވާ ސަބަބު ހާމަކޮށް އެ ކުންފުނިން މިއަދު އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ އެ ރަށުގައި ބޭނުން ކުރަމުންދާ ހަތް ޖަނަރޭޓަރު ސެޓުގެ ތެރެއިން އެއް ސެޓު މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ހަލާކުވެފައިވާ ކަމަށެވެ.

އެ ޖަނަރޭޓަރު ހަލާކުވެފައި ވަނިކޮށް ފިނިހޫނުމިން މަތިވުމާއި ސްކޫލުތައް ހުޅުވުމުން، ކަރަންޓު ބޭނުން ކުރަމުންދާ މިންވަރު އިތުރުވެފައި ވާތީ، ކޮންމެ ދުވަހަކު ވެސް ޝެޑިޔުލްކޮށް އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަން ޖެހިފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

"އެންމެ އަވަސް ހައްލެއް ހޯދުމަށް އެމަޖެންސީ ޕްރޮކިޔުމަންޓްގެ ދަށުން 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓެއް ހޯދުމުގެ އިތުރުން އެހެން ރަށެއްގައި އިންސްޓޯލް ނުކޮށް ހުރި 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓެއް ފުވައްމުލަކަށް ގެންދެވޭތޯ މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަން، ކުރިއަށް އޮތް ރޯދަ މަހާއި ހޫނު މޫސުމަށް ރަށްތަކުގެ ކަރަންޓު ހާލަތު ރަނގަޅު ކުރުމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން އެންމެ އަވަހަށް ޖަނަރޭޓަރުތައް ހޯދުމަށް ރޭވިފައިވާ ރަށްތަކުގެ ތެރޭގައި ފުވައްމުލައް ސިޓީގެ 1200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ހިމެނޭ،" ފެނަކައިގެ ބަޔާނުގައި ބުންޏެވެ.

އެކަމަށް ހައްލެއް ހޯދުމަށް އެހެން ރަށަކަށް ގެންގޮސްފައި ހުރި ބޭނުން ނުކުރާ ޖަނަރޭޓަރު ސެޓެއް ފުވައްމުލަކަށް ގެންދިޔުމަށް އެ ރަށަށް އުޅަނދެއްވެސް ފޮނުވިކަމަށް ބަޔާނުގައިވެ އެވެ. އެހެންނަމަވެސް، ރަށަކަށް ގެންގޮސްފައި ހުރި ޖަނަރޭޓަރު ސެޓެއް އެހެން ރަށަކަށް ގެންދިޔުމަކީ ރަށުގެ އާންމު މަސްލަހަތު ގެއްލިދާނެ ކަމެއް ކަމުގެ ގޮތުގައި ބައެއް ފަރާތްތަކުގެ ޝަކުވާ ކުންފުންޏަށް ލިބުމުން އެ މަސައްކަތް ހުއްޓާލަން ޖެހުނު ކަމަށް ފެނަކަ އިން ބުންޏެވެ.

"ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޖަނަރޭޓަރު ސެޓުތަކުގެ މެއިންޓެނަންސްއަށް އަހަންމިއްޔަތުކަމެއް ދީފައި ނެތުމުގެ ސަބަބުން ވަރަށް ގިނަ ޖަނަރޭޓަރުތައް ހުރީ ހާލަތު ދަށް ވެފައި، ހަލާކުވި ޖަނަރޭޓަރު ސެޓު ހިންގާތާ 30،000 ގަޑިއިރު ހަމަވި އިރުވެސް އެއްވެސް މޭޖަރ ހޯލްއެއް ކޮށްފައި ނެތް،" ފެނަކައިގެ ބަޔާނުގައި ވެ އެވެ.

މީގެ އިތުރުން، ހަލާކުވި ޖަނަރޭޓަރު ސެޓު ހެދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެ އެވެ.

ފެނަކަ އިން މައުލޫމާތު ދޭ ގޮތުގައި ފުވައްމުލައް ސިޓީގެ އެންމެ މަތީ ލޯޑްގެ ގޮތުގައި ރިކޯޑް ކުރެވިފައި ވަނީ 4850 ކިލޯ ވޮޓް އެވެ. އެ ރަށަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުން ކުރަމުން އައިސްފައި ވަނީ 800 ކިލޯ ވޮޓްގެ 2 ޖަނަރޭޓަރު ސެޓާއި 1200 ކިލޯ ވޮޓްގެ 3 ޖަނަރޭޓަރު ސެޓާއި 600 ކިލޯ ވޮޓްގެ 1 ޖަނަރޭޓަރު ސެޓާއި 1000 ކިލޯ ވޮޓްގެ 1 ޖަނަރޭޓަރު ސެޓެވެ.

ޖުމުލަ 491.7 ހެކްޓަރުގެ ފުވައްމުލަކަކީ 11,000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެ ރަށަށް ސިޓީއެއްގެ ދިނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox