ޗައިނާގެ ކަނޑުގެ ރިސާޗު އުޅަނދެއް ޖެނުއަރީ 30، ގައި މާލެ އަންނަނީ

ރާއްޖެއަށް ދަތުރުކުރަމުންދާ ޗައިނާގެ ރިސާޗު އުޅަނދު : ޗައިނާގެ ކަނޑުގެ ރިސާޗު އުޅަނދެއް ޖެނުއަރީ 30، ގައި މާލެ އަންނަނީ -

ރާއްޖެއަށް ދަތުރުކުރަމުންދާ ޗައިނާގެ ރިސާޗު އުޅަނދު : ޗައިނާގެ ކަނޑުގެ ރިސާޗު އުޅަނދެއް ޖެނުއަރީ 30، ގައި މާލެ އަންނަނީ -

ޗައިނާގެ ކަނޑުގެ ރިސާޗު ކުރާ އުޅަނދެއް ޖެނުއަރީ 30، ގައި މާލެއަށް އައުމަށް ދަތުރު ފަށާފައިވާ އިނގިއްޖެ އެވެ.

ކަނޑު އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުން ދައްކާގޮތުން ޗައިނާ ސަރުކާރުގެ އުޅަނދެއް ކަމަށްވާ "XIANG YANG HONG 03" މިހާރު ދަނީ ޖާވާ ކަނޑުން ރާއްޖެއާ ދިމާލަށް ދަތުރުކުރަމުންނެވެ. އެ އުޅަނދު މާލެއަށް ބަނދަރުކުރާނެ ކަމަށް ލަފާކޮށްފައިވަނީ މި މަހުގެ 30 ގަ އެވެ.

ރާއްޖެއަށް ޗައިނާގެ އެއްވެސް ސާވޭ އުޅަނދެއް ދަތުރުކުރަމުން ދޭތޯ ސުވާލުކުރުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. ޗައިނާގެ މިފަދަ އުޅަނދެއް މި މަހު ރާއްޖެ އަންނަކަމަށް ބޭރުގެ މީޑިއާތަކުން މިދިޔަ މަހު ރިޕޯޓުކުރުމާ ގުޅިގެން ޑިސެމްބަރު 18، 2023 ގައި "އަދަދު" އިން ސުވާލު ކުރުމުން އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމު ވަނީ އެކަން ދޮގުރައްވާފަ އެވެ.

ގާތްގަނޑަކަށް 100 މީޓަރުގެ މި އުޅަނދަކީ ޗައިނާގެ ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން (އެސްއޭއޯ) ގެ ފްލީޓަށް 2016 ގައި އިތުރުކުރި އުޅަނދެކެވެ. މިއީ މިވަގުތު ޗައިނާގައި އޮތް 4،500 ޓަނުގެ އެންމެ އުޅަނދެވެ.

ޗައިނާގެ އުޅަނދު ރާއްޖެއަށް ދަތުރުކުރަނީ - ފޮޓޯ: ޑެމިއަން ސިމޮން
ޗައިނާގެ އުޅަނދު ރާއްޖެއަށް ދަތުރުކުރަނީ - ފޮޓޯ: ޑެމިއަން ސިމޮން

ޗައިނާގެ އުޅަނދު ރާއްޖެއަށް ދަތުރުކުރަނީ - ފޮޓޯ: ޑެމިއަން ސިމޮން

2019 އިން ފެށިގެން ޗައިނާގެ ޕައިލެޓް އޯޝެން ލެބޯރެޓަރީގެ "ޑިސްޓަންޓް ވޯޓާ" އަދި "ޑީޕް ސީ" ސާވޭ ކުރުމަށްވެސް ޗައިނާއިން މި އުޅަނދު ބޭނުންކުރަމުންދެ އެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑުގެ ދިރާސާތަކާއި، މައިކްރޯބިއަލް ޖެނެޓިކްގެ ދިރާސާތައް، ކަނޑު އަޑިން މައުދަން ހޯދުން، އަދި ކަނޑު އަޑީގެ ދިރުންތަކާއި ވެށީގެ ދިރާސާތަކަށްވެސް މި އުޅަނދު ބޭނުންކުރެވޭނެ އެވެ.

ޗައިނާގެ ސާވޭ އުޅަނދެއް ރާއްޖެއަށް ދަތުރުފަށާފައި މިވަނީ، މި މަހުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ސަރުކާރާއެކު 20 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް އެ އެއްބަސްވުންތަކުގެ ތަފުސީލެއް ދެ ސަރުކާރުންވެސް ހާމަކޮށްފައެއް ނުވެ އެވެ.

ނިމިދިޔަ ސަރުކާރުން އިންޑިއާ ސަރުކާރާ އެކު ގާއިމުކޮށްފައިގާ ހައިޑްރޯގްރަފީ އެއްބަސްވުން އާ ނުކުރަން ވެސް މި ސަރުކާރުން ވަނީ ނިންމާފަ އެވެ. އެ ނިންމުން އިއުލާނުކުރައްވަމުން މިދިޔަ މަހުގެ 14 ގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ، އެއްބަސްވުން އާ ނުކުރަން ނިންމި މައިގަނޑު މަގުސަދަކީ ދިވެހި ކަނޑުފަޅުގެ މައުލޫމާތަކީ "ހަމައެކަނި ދިވެހިންނަށް" އެނގޭ މައުލޫމާތަށް ހެދުން ކަމަށެވެ. އެއީ ޒަމާނުއްސުރެ ވެސް އެކަން އޮތް ގޮތް ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ޗައިނާގެ އުޅަނދު އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަަރަކާތްތެރިވުމާ ދެކޮޅަށް އެންމެ ބޮޑަށް ބަސް ބުނަނީ އިންޑިއާއިންނެވެ. އިންޑިއާގެ އިތުރުން، ޗައިނާގެ ރިސާޗު އުޅަނދުތައް ވަނުން ލަންކާގެ ސަރުކާރުންވެސް ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް މަނާކޮށްފަ އެވެ.

އެޕްރީލް 2022, ގައި ލަންކާގެ މުޅި އިގްތިސާދު ފުނޑިގެންދިޔުމުގެ ކުރިން އެ ގައުމުން ޗައިނާއިން ގިނަ އަދަދެއްގެ ލޯނުތައް ނެގި އެވެ. ލަންކާގެ ދަރަނީގެ ޖުމުލަ 10 އިންސައްތައަށްވުރެ ގިނައިން ހިއްސާކުރަނީ ޗައިނާއިން ނަގާފައިވާ ލޯނުތަކެވެ. އޭގެ ތެރެއިން ބައެއް ލޯނުތައް ނުދެއްވި ހަމްބަންޓޯޓާގައި އޮންނަ ބަނދަރު މިހާރު ކޮންޓްރޯލް ކުރަނީ ޗައިނާއިންނެވެ.

އެމެރިކާއިން އަންދާޒާކުރާ ގޮތުގައި 2019 އިން ފެށިގެން ޗައިނާގެ ސައިންޓިފިކް ރިސާޗުގެ 48 އުޅަނދެއް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox