ޗައިނާގެ ކޮމިއުނިސްޓު ޕާޓީގެ އިސްވެރިޔަކާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

މިނިސްޓަރު ސުން ހައިޔާން ރައީސް މުއިއްޒުއާ ސަލާމް ކުރައްވާއިރު އެމަނިކުފާނުގެ އެންމެ އިސް ވަޒީރުން އަރިހުގައި. ކޮމިއުނިސްޓު ޕާޓީން މި ސަރުކާރާ އެކު ގާތް ގުޅުމެއް ބާއްވަވާ --- ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރު ސުން ހައިޔާން ރައީސް މުއިއްޒުއާ ސަލާމް ކުރައްވާއިރު އެމަނިކުފާނުގެ އެންމެ އިސް ވަޒީރުން އަރިހުގައި. ކޮމިއުނިސްޓު ޕާޓީން މި ސަރުކާރާ އެކު ގާތް ގުޅުމެއް ބާއްވަވާ --- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ކޮމިއުނިސްޓު ޕާޓީގެ އިންޓަނޭޝަަނަލް ޑިޕާޓްމެންޓުގެ ވައިސް މިނިސްޓަރު ސުން ހައިޔާންއާ މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވައިފި އެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސްގެ ފުރަތަމަ ސްޓޭޓް ވިޒިޓްގައި މި މަހުގެ ކުރީކޮޅު ވަޑައިގެންނެވީ ޗައިނާއަށެވެ. އެ ދަތުރުގައި ގިނަ އެއްބަސްވުންތަކެއް ދެ ގައުމުން ބަދަލުކުރި އެވެ.

ސުން ހައިޔާން އާއެކު ރައީސް ވަނީ އެ އެއްބަސްވުންތައް އަވަހަށް ތަންފީޒު ކުރެވޭނެ ގޮތްތަކެއް ހޯއްދެވުމަށް މަޝްވަރާ ކުރައްވާފަ އެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ލީޑާޝިޕްގެ ދަށުން އެ ގައުމުގެ ހުރިހާ އިދާރާތަކުން ވެސް އެ އެއްބަސްވުންތަކާ ގުޅޭ ގޮތުން ހަލުވި މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

އޭގެ އިތުރުން ވެސް ދެ ގައުމުގެ ގުޅުން ހަރުދަނާކޮށް އިތުރު ތަމްރީނު ފުރުސަތުތައް ރާއްޖެއަށް ދިނުމުގެ ޝައުގު ވެސް އޭނާ ފާޅުކުރައްވި އެވެ.

ރައީސް މުއިއްޒު ވެސް ވަނީ ޗައިނާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީއަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި, ދެ ގައުމުގެ މެދުގައި ސޮއިކުރި އެއްބަސްވުންތައް ތަންފީޒު ކުރުން އަވަސްކުރަން ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރަމުންދާ ވައިގެ ދަތުރުތައް އިތުރުކުރުމަށާއި ދެ ގައުމުގެ ސިޓީތަކުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރަން ވެސް ދެ ބޭފުޅުން މަޝްވަރާާ ކުރެއްވި އެވެ.

ރައީސްގެ އަރިހުގައި އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އިސް ވަޒީރުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އެގޮތުން, ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުالله, ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން, ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް, އިކޮނޮމިކް މިނިސްޓަރު އަހްމަދު ސައީދު, ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ހިމެނިވަޑައިގަންނަވަ އެވެ. މި ބޭފުޅުންނަކީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.

އޭގެ އިތުރުން, ޗީފް އޮފް ސްޓާފް އަހްމަދު ފަޔާޒް އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ކޮމިއުނިސްޓު ޕާޓީގެ ވަފުދާއެކު ބޭއްވި ބައްދަލުވުމުގައި ތިއްބެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox