ފިތުނަ އުފެއްދި ކަމަށް ބުނެ ބައެއް މެމްބަރުންގެ ކެންޑިޑެސީ ބަލައިނުގަންނަން ޕީއެންސީން ނިންމައިފި

ރައީސް މުއިއްޒު، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އަދި އަބްދުއްރަހީމް: ކެންޑިޑެސީ ބަލައިނުގަންނަކަން އަންގަންފެށީ މިއަދު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރައީސް މުއިއްޒު، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އަދި އަބްދުއްރަހީމް: ކެންޑިޑެސީ ބަލައިނުގަންނަކަން އަންގަންފެށީ މިއަދު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޕާޓީ ތެރޭގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތްކޮށްފައިވާ ކަމަށާއި އެކަށީގެންވާ ހިދުމަތެއް ކޮށްދީފައިނުވާ ކަމަށް ބުނެ ޕީއެންސީ/ޕީޕީއެމް މަޖިލިސް ޕްރައިމަރީގައި ވާދަ ކުރަން ހުށަހެޅި ބައެއް މެމްބަރުންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމައިފި އެވެ.

މާޗް 17، ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރަން ހުށަހެޅި ބައެއް މެމްބަރުންނަށް ޕްރައިމަރީގައި ވާދަ ނުކުރެވޭނެކަން ވެރިކަން ކުރާ ކޯލިޝަނުން އަންގަން ފެށީ މިއަދެވެ.

ބައެއް މެމްބަރުންނަށް ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ނުދިނީ ޕާޓީ ބައިބައިކޮށް "ފިތުނަ އުފެދޭ ގޮތަށް" މަސައްކަތްކޮށްފައިވާ ކަމަށް ބުނެ އެވެ. ބައެއް އެހެން ކެންޑިޑޭޓުންނަށް ފޮނުވި ސިޓީތަކުގައި ބުނީ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ "އެކަށީގެންވާ ހިދުމަތެއް" ކޮށްދީފައިނުވާތީ ކަމަށެވެ.

"ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދެއްވާފައިވާ ކަމަށް ނުފެންނާތީ، މަނިކުފާނުގެ ޝަރުތުތައް ފުރިހަމަނުވާ ކަމަށް ނިންމާފައިވާތީ، ކެންޑިޑެސީ ބަލައިގަނެވެން ނެތް ވާހަކަ ދެންނެވިން،" ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ބައެއް މެމްބަރުންނަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ފިތުނަ އުފެއްދި ކަމަށް ޕީއެންސީ/ޕީޕީއެމް އިން ބުނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ޕާޓީން ވަކިވެވަޑައިގެންނެވި މައްސަލައިގައި އެމަނިކުފާނަށް ތާއީދު ކުރި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ބެލެވެ އެވެ. ފޮނުވި ސިޓީތަކުގައި ބުނެފައި ވަނީ ފިތުނަ އުފެދޭ ގޮތަށް ބަޔަކު ކުރި މަސައްކަތުގައި ބައިވެރިވެފައިވާތީ ކެންޑިޑެސީ ބަލައިގަނެވެން ނެތް ކަމަށެވެ.

"މި ކޯލިޝަނުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ޕާޓީގެ އެތެރޭގައި އުފެދިގެންދިޔަ ޕާޓީގެ ސިޔާސަތުތަކާ އިދިކޮޅު އޮއިވަރުގައި ޖެހިވަޑައިގެން ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ބަޔަކު ކުރަމުންގެންދާ މަސައްކަތުގައި ބައިވެރިވެ، އެ ސިޔާސަތު ކުރިއެރުވުމުގެ މަސައްކަތްތަކެއް ކުރައްވާ، ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެދޭ ގޮތަށް ކަންކަން ކުރައްވާފައިވާތީ ...،" އެ ސިޓީތަކުގައި ބުނެފައިވެ އެވެ.

ކޮރަޕްޝަނުގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ކުރީގެ ރައީސް ޔާމީން އެ ޕާޓީން ވަކިވެވަޑައިގަތީ ނޮވެމްބަރު، 2023، ގަ އެވެ. އެއަށްފަހު ޔާމީންގެ އަރިސް ބޭފުޅުން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޔާމީންއާ ގުޅުން ކަނޑާލާފައިވާ ކަމަށް ސަރުކާރުން ޕާޓީގެ ހަރަކާތްތައް ހުއްޓުވާފައިވާ ކަމަށެވެ.

އޭގެ ފަހުން ޕީޕަލް ނެޝަނަލް ފްރޮންޓުގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ޔާމީން ގެންދަވަނީ ކުރައްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox