ގޯތީގެ މައްސަލާގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ނެތުމުން އާޒިމްގެ ފާޑުކިޔުން

މާލެ ސިޓީގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް: މާލެ ސިޓީގެ ހާލަތު ބެއްލެވުމަށް މިނިސްޓަރަށާއި ވަޒީރަށް ގޮވާލެއްވި -- ފޮޓޯ: މިރާން ނާޝިމް/އަދަދު

މާލެ ސިޓީގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް: މާލެ ސިޓީގެ ހާލަތު ބެއްލެވުމަށް މިނިސްޓަރަށާއި ވަޒީރަށް ގޮވާލެއްވި -- ފޮޓޯ: މިރާން ނާޝިމް/އަދަދު

"ބިންވެރިޔާ" ސްކީމުން ގޯތި ލިބުން މީހުންގެ ކަންބޮޑުވުންތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ޖަވާބު ހާމަކުރުމަށް ރޭ ބޭއްވި "މާލެ ބިންވެރިންގެ ސައްލާ" ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އާއި ރައީސް ބައިވެރިވެވަޑައިގެންފައި ނުވާތީ އެކަމަށް މާލެ ސިޓީގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް ފާޑު ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުން ގޯތި ލިބިފައިވާ މީހުން ތަމްސީލު ކުރާ ޖަމިއްޔާތަކެއް ކަމަށްވާ ގިރާވަރު މާލެ ސިޓިޒެންސް އެސޯސިއޭޝަން އާއި ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަން އާއި މާލޭ ރަށްވެހިންގެ ޖަމިއްޔާ އަދި ހުޅުމާލެ ރައްޔިތުންގެ ކޮމިޓީގެ މަންދޫބު ސުނާދު ލަތީފް ރައީސާ ބައްދަލުކުރެއްވުމުން ދެއްވި ޖަވާބު ހާމަ ކުރެއްވީ މި ޖަލްސާގަ އެވެ.

މި ޖަވާބުތައް ދެއްވީ ޖަލްސާގައި ރައީސްގެ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެލެއްވި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ވެސް ގޯތި ދިނުމާ ގުޅުންހުރި ހަތަރު މަސައްކަތެއް އަންނަނީ ކުރަމުންނެވެ.

މައްސަލައާ ގުޅުން ހުރި ވަޒީރާއި ރައީސް އެ ބައްދަލުވަށް ވަޑައިނުގަންވަނާތީ ފާޑުކިޔުއްވައި، އާޒިމް ވިދާޅުވީ މިކަމުން ދޭހަވަނީ މާލޭ ރައްޔިތުންގެ ހާލާ މެދު ސަރުކާރުގެ އަހަންމިއްޔަތުކަމެއް ނެތްކަން ކަމަށެވެ. އަދި މާލޭ ރައްޔިތުން ވިހި ނުވަތަ ސާޅީސް އަހަރު ދަތި ހާލުގައި އުޅެމުން ދާއިރު ސަރުކާރުގެ ފަރާތުން މިކަމަށް އަހަންމިއްޔަތުކަމެއް ނެތުމުން އިންތިހާބީ މޭޔަރުގެ ހައިސިއްޔަތުން ހިތާމަ ކުރައްވާކަމަށް އާޒިމް ވިދާޅުވި އެވެ.

"ފާއިތުވި ތިރީހަކަށް އަހަރު އިންތިހާބު ކުރި މީހުންނަށް ރައްޔިތުންގެ ފައިސާއިން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައި، އެކަމަކު ރައްޔިތުންނަށް ޝުކުރިއްޔާ ވެސް ނުލިބި މިދަނީ މިނިސްޓަރު ވެސް ވަޑައިނުގަންނަވާތީ، މިއީ ހަގީގަތުގައި ރައީސް ވެސް އިންނަވަން ޖެހޭ ތަނެއް، އެއަށްވުރެ މާ ހާލަތު ގޯސް ތަނެއްގެ ވާހަކަ މިއީ،" އާޒިމް ސަރުކާރަށް ފާޑުކިޔުއްވައި ވިދާޅުވި އެވެ.

ފާއިތުވި ތިރީހަކަށް އަހަރު އެތައް ގިންތިއަކަށް މީހުން އިންތިހާބު ކުރަމުން ދާއިރު އިންތިހާބީ މަގާމުތަކަށް ހޮވޭ މީހުންނަށް އެކަނިވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިންތިހާބީ މަގާމުތަކަށް ހޮވުމަށް ފަހު، ފިނި ކޮޓަރިތަކުގައި ތިބުމުގެ ބަދަލުގައި މަގުމައްޗަށް ނުކުމެ އާންމުންގެ ހާލަތު ބަލައި އެކަންކަމަށް ހައްލު ހޯދައި ދޭން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ދިޔަ ގެއެއްގެ ކުއްޖަކު ވިހައި، އެގޭގައި އުޅޭތާ 16 އަހަރު، އެ ކޮޓަރީގަ ގާތްގަނޑަކަށް 10 ފޫޓު 8 ފޫޓު ވެސް ނުހުންނާނެ، ފާހަނަވެސް ހުރީ އެތާ، ކިޔަވާ މޭޒު ވެސް ހުރީ އެތާ، އެކުއްޖާ ހުރީ ހިނިތުންވެގެން، އެކަމަކު ހަގީގަތުގައި އެކުއްޖާ ހުރީ އަނދައަނދާކަން އަޅުގަނޑަށް އެނގޭ،" އާޒިމް ވިދާޅުވި އެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ނުވަތަ ހައްގު މިންވަރު ފޯރުކޮށްދިނުމަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭ ނަމަ އެކަން ވެސް ކުރުމަށް އާޒިމް ގޮވައިލެއްވި އެވެ. އަދި އެކަން މިހާތަނަށް ނުވެ އޮތީ އިހުލާސްތެރިކަން ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުން ގޯތި ލިބޭނެ ކަމަށް ލިސްޓްކޮށްފައިވާ މީހުންނާ ގޯތިތައް ހަވާލު ނުކުރާތީ އެކަމާ ގުޅޭގޮތުން ފާޅުކުރަމުން އަންނަ ކަންބޮޑުވުންތަކަށް ގާނޫނީ ހައްލެއް ހޯދައި ދިނުމަށް، މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމު މަޖިލީހަށް ބިލަށް ހުށަހަޅުއްވާފައިވެ އެވެ.

ގޯތިވެރިންގެ ބައްދަލުވުމުގައި ރައީސްގެ މަންދޫބު، ފިރުޒުލް ވިދާޅުވި ގޮތުގައި ގޯތިދޭން ކަނޑައެޅި ތަންތަނަށް ބިން އިތުރުކުރުމުގެ މަސައްކަތާއި އެތަންތަނުގެ އަސާސީ އިންފްރާސްޓްރަކްޗާ ގާއިމްކުރުން، ދަތުރުފަތުރުގެ ނިޒާމު ގާއިމްކުރުން އަދި ގޯތިތަކުގެ ރަޖިސްޓްރީ މީހުންނާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އަދި އެއްވެސް އިރެއްގައި މަސައްކަތްތައް ނުހުއްޓި ކުރިއަށް ދާ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox