ގޯތިތަކާ ގުޅޭ ހުރިހާ މަސައްކަތެއް ބާރަށް އެބަ ކުރިއަށް ދޭ: ސަރުކާރު

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރު ކުރިއަށް ގެންދަނީ. ސަރުކާރުން މިރޭ ބުނީ އެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަަމަށް. ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރު ކުރިއަށް ގެންދަނީ. ސަރުކާރުން މިރޭ ބުނީ އެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަަމަށް. ފޮޓޯ: މިރާޝް ނާޝިމް/އަދަދު

މާލޭ ރައްޔިތުންނަށް ގޯތިދޭން ކުރީގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ މަސައްކަތް ހުއްޓައިނުލާ ކުރިއަށް ގެންދާކަމުގެ ޔަގީންކަން ސަރުކާރުން މިރޭ ދީފި އެވެ.

މާލޭ ރައްޔިތުން ހިންގާ ތަފާތު ތިން ޖަމިއްޔާއެއް ގުޅިގެން، ސަލްޓަން ޕާކްގައި މިރޭ ބޭއްވި " މާލޭ ބިންވެރިންގެ ސައްލާ" ގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މަންދޫބެއްގެ ހައިސިއްޔަތުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ބައިވެރިވެވަޑައިގެންނެވި އެވެ. މާލޭ ރައްޔިތުންނަށް ގުޅިފަޅާއި ގިރާވަރު ފަޅު އަދި ހުޅުމާލޭން ދޫކުރަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި ގޯތިތައް ހަވާލުނުކުރާތީ އާއްމުންގެ ބައެއް މީހުން އެ ބައްދަލުވުމުގައި ކަންބޮޑުވުން ފާޅުކުރުމުން އެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ގޯތިތަކާ ބެހޭ ހަތަރު މަސައްކަތެއް މިހާރު ވެސް ކުރިއަށްދާ ކަމުގެ ޔަގީންކަން ރައީސް ދެއްވާ ކަމަށެވެ.

އެ ހަތަރު ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ގޯތިދޭން ކަނޑައެޅި ތަންތަނަށް ބިން އިތުރުކުރުމުގެ މަސައްކަތާއި އެތަންތަނުގެ އަސާސީ އިންފްރާސްޓްރަކްޗާ ގާއިމްކުރުން، ދަތުރުފަތުރުގެ ނިޒާމު ގާއިމްކުރުން އަދި ގޯތިތަކުގެ ރަޖިސްޓްރީ މީހުންނާ ހަވާލުކުރުމެވެ.

"މި ހަތަރު ކަންތައް އޭގެ ޒާތުގައި ހަަމަ ޔަގީނުން ވެސް އަޅުގަނޑުމެންނަށް ފަސޭހަކަމާ އެކު ކޮމިއުނީއެއްގެ ގޮތުގައި އެތަންތަނުގައި ދިރިއުޅެވޭނީ. ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޔަގީންކަމަކީ މި ހަތަރު މަސައްކަތް ވެސް އެކު އެކީގައި އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ދާކަމުގެ ޔަގީންކަން،" ފިރުޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގޯތިތައް ހިކެމުންދާ ވަރަކަށް ސަރުކާރުން ގެންދާނީ ރަޖިސްޓްރީތައް ދޫކުރަމުންނެވެ. އަދި ވަގުތީ ގޮތުން ލިއުމެއް ދެވެން އޮތް ފަރާތްތަކަށް އެފަދަ ލިއުމެއް ދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅިފަޅާއި ގިރާވަރުފަޅު އަދި ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ މިންވަރުގެ ތަފްސީލު ވެސް ފިރުޒުލް މިރޭ ދެއްވި އެވެ.

"ގިރާވަރުފަޅުން ގާތްގަނޑަކަށް 50 ނުވަތަ 54 ހެކްޓަރު ހިއްކައި ނިންމާފައި ވަނީ. ގުޅިފަޅުން ގާތްގަނޑަކަށް 94 ހެކްޓަރު ހިއްކާ ނިންމާފައި ވަނީ. ހުޅުމާލެ ފަޅުން ވެސް އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން މިހާރު ދެވަނަ ސެގްމެންޓް ހިއްކުމުގެ މަސައްކަތް ކުރިއަށް އެދަނީ،" އޭނާ ވިދާޅުވި އެވެ.

ގޯތިދޫކުރާ ސަރަހައްދުތައް ހިއްކުމުގެ އެއްވެސް މަސައްކަތެއް ނުހުއްޓޭ ކަމަށާއި އެތަންތަން ހިއްކަމުން އަންނަނީ ކުރިން ކަނޑައެޅި ވަރަށް ވުރެ ބޮޑުކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox