މިއަންނަނީ ގަލޮޅު ރައްޔިތުންގެ އަޑު އިއްވަން: އިޝާން

ގަލޮޅު އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރައްވާ އިޝާން އަލީ

ގަލޮޅު އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރައްވާ އިޝާން އަލީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ގަލޮޅު އުތުރު ދާއިރާއަށް ވާދަކުރައްވަން ނިންމެވީ ގަލޮޅުގެ އަޑު މަޖިލީހުގައި ފުރިހަމައަށް އިއްވުމަށް ކަމަށް އިޝާން އަލީ ވިދާޅުވެއްޖެ އެވެ.

"އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިޝާން ވިދާޅުވީ މަޖިލިސް މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންގެ ފަރާތުން ފެންނަނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ނިޔަތެއް އޮވެގެން މަސައްކަތް ކުރާތަން ނޫން ކަމަށެވެ.

"މަޖިލީހުގައި ރާއްޖެ މީހުންގެ، މާލެ މީހުންގެ އަޑު ހަމަ ވަރަށް ފަނޑުކޮށް އިވެނީ، އަބަދުވެސް އަޅުގަނޑުމެންނަށް ފެންނަނީ އެތަނުގައި އެ ބޭފުޅުންގެ ކޯޅުމެއްގެ ތެރޭގައި އުޅޭތަން، ފޯކަސް ގެއްލިފައި ތިބި ބައެއްގެ ގޮތުގައި އަޅުގަނޑަށް [މަޖިލިސް މެންބަރުން] ފެންނަނީ،" އިޝާން ވިދާޅުވި އެވެ.

Advertisement

އިޝާން ވިދަޅުވީ އަންނަ ހޮނިހިރު ދުވަހު އޮންނަ ޕްރައިމަރީގައި އޭނާއަށް ވޯޓު ދޭންޖެހޭ ސަބަބަކީ އޭނާއަކީ ރަައްޔިތުންގެ ހާދިމެއްގެ ގޮތުގައި ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވާނެ ކެންޑިޑޭޓަށް ވާތީ ކަމަށެވެ.

"އިޝާން މިއަންނަނީ ރައްޔިތުން ބާރުވެރި ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގެ ހެޔޮ ނިޔަތުގައި، ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ހިދުމަތް ކޮށްދިނުމުގެ ހެޔޮ ނިޔަތުގައި،" އިޝާން ވިދާޅުވި އެވެ.

ގަލޮޅު އައިނާ އެޑަމްސް، އިޝާން އަލީއަކީ 2008 ވަނަ އަހަރުން ފެށިގެން ސިޔާސީ މައިދާނުގައި ތަފާތު އެކި މަސައްކަތްތައް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ އީސްޓް ލަންޑަން ޔުނިވަސިޓީން މާކެޓިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ހާސިލުކޮށްފައިވާ ބޭފުޅެކެވެ. އޭގެއިތުރުން އިޝާން ވަނީ މާސް ކޮމިއުނިކޭޝަންސްއާއި ޕަބްލިކް ރިލޭޝަންސްގެ ދާއިރާއިން ވެސް މަތީ ތައުލީމު ހާސިލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox