ފްލެޓުތައް މައްސަލައިގައި މުޒާހަރާ ކުރަން ދިޔުމުން ފުލުހުން ގޮސް މީހުންތައް އޭސީސީން ނެރެލައިފި

މުޒާހަރާގެ ބައިވެރިއަކު ގަދަކަމުން އޭސީސީން ނެރުމަށް ފުލުހުން މަސައްކަތް ކުރަނީ: ގާތްގަނޑަކަށް 30 ވަރަކަށް މީހުން މިއަދު މުޒާހަރާ ކުރި -- ފޮޓޯ: އިސްމާއިލް ނާއިފް

މުޒާހަރާގެ ބައިވެރިއަކު ގަދަކަމުން އޭސީސީން ނެރުމަށް ފުލުހުން މަސައްކަތް ކުރަނީ: ގާތްގަނޑަކަށް 30 ވަރަކަށް މީހުން މިއަދު މުޒާހަރާ ކުރި -- ފޮޓޯ: އިސްމާއިލް ނާއިފް

ކުރީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ފްލެޓު ލިބުނު މީހުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ގޮސް މުޒާހަރާ ކުރަން ފެށުމުން ރަޔަޓް ފުލުހުންގެ ޓީމެއް ގޮސް މުޒާހަރާގެ ބައިވެރިން އެތަނުން ނެރެލައިފި އެވެ.

ބޯހިޔާވަހިިކަމުގެ ސްކީމެއްގެ ދަށުން ކުރީ ސަރުކާރުގައި 4000 ދޫކުރި ނަމަވެސް އެކަމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ އޭސީސީން ދަނީ އެ މައްސަލަ ބަލަމުންނެވެ. މައްސަލަ ބަލައި ނިމުމުން ނޫނީ އެއްވެސް ފްލެޓެއް ދޫނުކުރަން ކޮމިޝަނުން އޮތީ ހައުސިން މިނިސްޓްރީއަށް އަންގައިފަ އެވެ.

"އަހަރުމެން ޑިމާންޑު ކުރީ މައްސަލަ ބަލައި ނިމޭނެ ތާރީހެއް ދޭށޭ. ހެނދުނު 10:30 ގައި ދިޔައީ. 2:30 ގަ ވެސް އެއްވެސް ޖަވާބެއް ނުދިން. ދެން ފުލުހުން އައިސް އަހަރުމެން ގަދަކަމުން ގެންދިޔައީ،" ފްލެޓު މައްސަލައިގައި ވަކާލާތު ކުރާ އިސްމާއިލް ނާއިފް ބުންޏެވެ.

މިއަދު އޭސީސީއަށް ދިޔަ 30 ވަރަކަށް މީހުންގެ ތެރެއިން ގިނައީ އަންހެނުންނެވެ. ފުލުހުން އެމީހުން ބޭރު ކުރަން އުޅުނު ވަގުތު ދެ މީހަކަށް ހާނީއްކަވި ކަމަށް އިސްމާއިލް ބުންޏެވެ. ނަމަވެސް އެކަކަށް ވެސް ބޮޑު ގެއްލުމެއް ނުވާ ކަމަށް އޭނާ ބުންޏެވެ.

ފްލެޓު މައްސަލައިގައި މުޒާހަރާ ކުރާ މީހުން ކައިރި އޭސީސީން މިދިޔަ ހަފުތާގައި ބުނީ ފްލެޓު މައްސަލައިގެ 96 ޕަސެންޓު މިހާރު ބަލައި ނިމިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އެއްކޮށް ބަލައި ނިމޭނެ ތާރީހެއް މިއަދު ވެސް އޭސީސީއަކުން ނުދެ އެވެ.

އޭސީސީން ފްލެޓުތަކުގެ މައްސަލަ ބަލަމުންދާއިރު، މީގެ ކުރިން މުޒާހަރާގެ ބައިވެރިން އެ އޮފީހަށް ދިޔުމުން ދެ ހަފުތާގެ ތެރޭގައި ފްލެޓާއި ގޯތީގެ ރަޖިސްޓްރީ ދޫކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެެވެ. ނަމަވެސް ދޫކުރަން ވިދާޅުވި ތާރީހު މިދިޔަ ހަފުތާގައި ވަނީ ހަމަވެފަ އެވެ.

"ގޯތި އަދި ފްލެޓު ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ ގޯތި/ފްލެޓު ހަވާލު ކުރުމަކީ އަޅުގަޑު ވައުދުވީ ގޮތަށް ކުރިއަށް ދާނެ ކަމެއް. މި ހަފުތާ އާއި މި އަންނަ ހަފުތާ ތެރޭ ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން ކުރިއަށް ގެންދާނެ،" ޖެނުއަރީ 2، ގެ މެންދުރު 2:29 ގައި ރައީސް މުއިއްޒު އެކްސްގައި ލިޔުއްވާފައިވެ އެވެ.

ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ދޫކުރި ފްލެޓާއި ގޯތިތައް ދޫކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

"ރަސްމީކޮށް ގެެޒެޓްކޮށްފައި އޮވެއްޖެއްޔާ އެމީހާއަށް އެއޮތީ [ފްލެޓް ނުވަތަ ގޯތި] ލިބިފައި. އަދި ލިޔުން ނުލިބިވެސް ހުރެދާނެ ބައެއް ފަރާތްތަކަށް، ރަޖިސްޓްރީ ނުހެދި ވެސް ހުރެދާނެ. އެއީ އަދި އެހެން ކަމެއް، އެެހެންވީމާ ފައިނަލް ލިސްޓެއް ގެޒެޓްކުރެވިފައި އޮވެއްޖެއްޔާ އެއޮތީ ސަރުކާރުގެ ނިންމުމެއް. ދެން ސަރުކާރުގެ ނިންމުމެއް އޮވެއްޖެއްޔާ ލިބޭނެ،" ޑިސެމްބަރު 5، ގައި ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox