ރައީސް މުއިއްޒު ޗައިނާގެ ބޮޑުވަޒީރު ލީ ޗޭން އާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ބޮޑުވަޒީރު ލީ ޗޭން އާ ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ބޮޑުވަޒީރު ލީ ޗޭން އާ ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރު ލީ ޗޭންއާ ބައްދަލުކުރައްވައިފި އެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގެ އިސް ބޭފުޅުންނާއި ޗައިނާގެ ވަފުދެއް ވެސް ބައިވެރިވި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އީ ކޮމާސްގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށާއި ޗައިނާގެ އެހީގައި ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރަވާ ކުރި ކަމަށެވެ. މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި ރަސްމާލެ މަޝްރޫއާއި ވެލާނޭ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހިމެނެ އެވެ.

އެހެން ގިނަ ދާއިރާތަކަކުން ރާއްޖެއަށް ޗައިނާއިން އެހީވުމަށް ބޮޑުވަޒީރު ހުށަހެޅުއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. އޭގެ ތެރޭގައި ސްކޮލާޝިޕް ފުރުސަތުތައް، ވޮކޭޝަނަލް ޓްރެއިނިން، ކުޅިވަރު ޓްރެއިނިން، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ އިން އެކުގައި މަސައްކަތް ކުރުމުގެ އިތުރުން، އަދި މޫސުމާ ބެހޭ ޓެކްނޮލޮޖީގެ ދާއިރާއިން ދެ ގައުމު އެކުގައި މަސައްކަތް ކުރުމެވެ.

މި ދަތުރުގެ ތެރެއިން ރައީސް މުއިއްޒު އިއްޔެ ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަކުރައްވާ ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާފަ އެވެ. އެ މަޝްވަރާތަކަށްފަހު ދެ ގައުމުގެ މެދުގައި ޖުމްލަ 20 އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.

އިއްޔެގެ ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީގެ ވާހަކައިގައި އެމަނިކުފާނު ވަނީ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވަމުން، މި ދަތުރަކީ ރާއްޖެ-ޗައިނާ ގުޅުމުގެ މުޅިން އާ ބާބެއްގެ ފެށުމަކަށް ވާނެ ކަމުގެ ޔަގީންކަށް އެބައޮތް ކަމަށް ވިދާޅުވެފަ އެވެ. އޭގެ އިތުރުން އެމަނިކުފާނު ވަނީ ބްލޫ، ގްރީން އަދި ޑިޖިޓަލް އިކޮނޮމީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އުއްމީދު ކުރާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް އޮފީހުން ބުނީ ދެ ލީޑަރުން ވެސް ތިއްބެވީ ދެ ގައުމުގެ ގުޅުން މުސްތުގުބަލުގައި އިތުރަށް ވަރުގަދަވެގެން ދިޔުމުގެ ފޮނި އުއްމީދުގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox