ތިލަފުށީ ފަޅުގައި ހުރި އުޅަނދުތައް ހުސްކުރާތީ ވިޔަފާރިވެރިންނާއި އެމްޑީޕީގެ ކަންބޮޑުވުން!

ތިލަފުށި - ފޮޓޯ: އާބަންކޯ

ތިލަފުށި - ފޮޓޯ: އާބަންކޯ

ސިނާއީ ރަށް، ކ. ތިލަފުށީ ފަޅު ހިއްކުމަށްޓަކައި "ތިލަފުށީ 1" ސަރަހައްދުގެ ހުޅަނގު ފަރާތުގެ މޫދާއި ގޮނޑުދޮށުގައި ހުރި އުޅަނދުތައް ގެނުމަށް ފުލުހުން ގެނެސްގެން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، ވިޔަފާރިވެރިން އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ސަރަހައްދު ހިއްކައިފި ނަމަ ހިނގަހިނގައި ހުރި ބޮޑެތި، ކުދި އަދި މެދުފަންތީގެ އެތައް ވިޔަފާރިއެއް ހުއްޓިގެން ދާނެ ކަމަށް ވިޔަފާރިވެރިންނާއި އެމްޑީޕީން ވެސް ދެކެ އެވެ.

ތިލަފުށީ އެކެއް އެއީ އެންމެ ފުރަތަމަ ތިލަފުށިން ހިއްކި ސަރަހައްދެވެ. އެ ސަރަހައްދުގެ ހުޅަނގު ފަރާތުން ދިގު މުއްދަތަށް ބިންތައް ނަގާފައިވާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި ކުރަމުންދަނީ އިންޑަސްޓްރިއަލް މަސައްކަތްތަކާއި ލޮޖިސްޓިކް މަސައްކަތެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވެސް ހިމެނޭ ގޮތަށް ބޮޑެތި އެތައް ވިޔަފާރިތަކެއް ވެސް އެ ސަރަހައްދުގައި ޒަމާނުއްސުރެ ވެސް ހިންގަމުން ދަނީ ފަޅު ވެސް ބޭނުންކޮށްގެންނެވެ.

ނަމަވެސް ކުރީގެ ސަރުކާރުން ތިލަފުށީ ބިން ހިއްކަން އެކުލަވާލި ޕްލޭނުގައިވާ ގޮތަށް ހިއްކާ ނަމަ، މިހާރު އެ ސަރަހައްދުގެ މޫދު ބޭނުންކޮށްގެން ވިޔަފާރިކުރާ ފަރާތްތަކަށް އެ ވިޔަފާރިތަކާއި މަސައްކަތްތައް ނުހިންގޭނެ އެވެ. އެތަން ބަދަލުވެގެންދާނި ހިކިފަސް ބިމަކަށެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ ވެރިކަމުގައި ވެސް ތިލަފުށީގެ އެ ސަރަހައްދު ހިއްކުން ހުއްޓައިލީ، އެ ސަރަހައްދުގައި މަސައްކަތް ކުރާ ވިޔަފާރިވެރިންނަށް އެހެން ގޮތެއް ހޯދައި ދިނުމަށް ކަމަށެވެ.

"މި ޕާޓީގެ ވެރިކަމުގައި މާލެ ސަރަހައްދުގައި ހިންގި ބިން ހިއްކުމުގެ އެންމެހައި މަޝްރޫއެއް ވެސް ހިންގާފައިވާނީ، އެ ވަގުތަކު އެ ބިމެއްގެ ބޭނުންކުރަމުންދިޔަ ފަރާތްތަކުން އެ ބިމެއްގައި ކުރަމުންދިޔަ މަސައްކަތްތަކަށް ބުރޫ ނާރާނެ އުސޫލަކުންނެވެ. އަދި އެއިން ކޮންމެ މަސައްކަތެއް ހިންގާފައިވާނީ އެ ބިމެއްގައި އެ ބައެއްގެ މަސްލަހަތު ހިމެނޭ އެންމެހައި ފަރާތްތަކާ ގަވާއިދުން މަޝްވަރާކުރެވިގެންނެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް ނޮވެމްބަރު 17 ވެރިކަމާ ހަވާލުވި އާ ސަރުކާރާއެކު ތިލަފުށީ އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ފެށުމަށްޓަކައި އުޅަނދުތައް ހުސްކުރަން އާބަންކޯއިން އިއުލާނުކުރި އެވެ. އެއާއެކު ވިޔަފާރިވެރިންގެ ކަންބޮޑުވުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕެޓިޝަނެއްގައި ހުށަހެޅި އެވެ.

"އެ ޕެޓިޝަންގައި ހުރި ކަންކަމަށް ވެސް ބެލުމެއް ނެތި، އަދި އަޅުގަނޑުމެންގެ ކަންބޮޑުވުންތަކަށް ވެސް ބެލުމެއް ނެތި މިއަދު ފުލުހުންނާއެކު އައިސް އުޅަނދުތައް ހުސްކުރުމުގެ މަސައްކަތް ފެށީ،" އެ ސަރަހައްދުގައި މަސައްކަތްތައް ކުރާތާ އެތައް އަހަރެއް ވެފައިވާ ރާއްޖެ ލޮޖިސްޓިކް ކުންފުނީގެ އޮފިޝަލަކު "އަދަދު" ނޫހަށް ވިދާޅުވި އެވެ.

އެ އުޅަނދުތައް ނަގަން އެންގުމަކީ "ވިޔަފާރިވެރިންނާ މެދު ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް" ކަމަށާއި "އެ ނިންމުން ތަންފީޒުވެގެންގޮސްފި ނަމަ، ތިލަފުށީގައި މިވަގުތު ވިޔަފާރިކުރަމުންދާ ފަރާތްތަކުގެ ވިޔަފާރިތައް ހަލާކުވެގެންދާނެ،" ކަމަށް އެމްޑީޕީން ބުނެ އެވެ.

ވިޔަފާރި ވެރިންނަށް ގެއްލުން ލިބޭނެ ގޮތަށް ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ނުގެންދިޔުމަށް ވެސް އެމްޑީޕީން ގޮވައިލި އެވެ.

އާބަންކޯއިން ކުރިން ކޮށްފައިވާ އިއުލާނެއް
އާބަންކޯއިން ކުރިން ކޮށްފައިވާ އިއުލާނެއް

އާބަންކޯއިން ކުރިން ކޮށްފައިވާ އިއުލާނެއް

ވިޔަފާރިވެރިންގެ ޕެޓިޝަން

މި މައްސަލައިގައި ރައީސް މުއިއްޒަށް ހުށަހެޅި ޕެޓިޝަނާ ގުޅޭ ގޮތުން ޖަވާބެއް ލިބިފައި ނެތް ކަމަށް، "އަދަދު" ނޫހާ ވާހަކަ ދެއްކި ވިޔަފާރިވެރިޔަކު ބުންޏެވެ.

އެ ޕެޓިޝަނުގައި ބުނެފައި ވަނީ ތިލަފުށީ އެކެއްގެ އެ ސަރަހައްދުގައި ވިޔަފާރިތައް ހިންގާ ފަރާތްތަކަކީ މުޅި ރާއްޖޭގައި އިގުތިސޯދީ އެތައް މަސައްކަތްތަކެއް ވެސް ކުރިއަށް ގެންދާ ފަރާތްތަކެއް ކަމަށެވެ. އޭގެ ތެރޭގައި ލޭންޑިން ކްރާފްޓު ބަނުމާއި، މުދާ އުފުލައި، އިންފްރާސްޓަރަކްޗާ ބޮޑެތި މަސައްކަތް ހިންގުމަށް ބޭނުންވާ ސާމާނު ގެންގުޅޭ ކުންފުނިތައް ހުރި ކަމަށް ބުނެފައިވެ އެވެ.

ތިލަފުށީގެ އެ ސަރަހައްދަކީ އެ ވިޔަފާރިވެރިންގެ ވެސް ބުރަ މަސައްކަތާއެކު ދަތި ހާލުން ހިއްކާފައިވާ ސަރަހައްދެއް ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ ބަޔާނާއި ވިޔަފާރިވެރިންގެ ކަންބޮޑުވުމާ ގުޅޭ ގޮތުން އާބަންކޯއިން އަދި ބަހެއް ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox