ޗައިނާއާއެކު ވިޔަފާރި ގުޅުން އިތުރަށް ކުރިއެރުވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ޗައިނާގައި: އެމަނިކުފާނު ގެންދަވަނީ އެ ގައުމުގެ ސަރުކާރުގެ ވެރިންނާއި ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވަމުން -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ޗައިނާގައި: އެމަނިކުފާނު ގެންދަވަނީ އެ ގައުމުގެ ސަރުކާރުގެ ވެރިންނާއި ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވަމުން -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރީގެ މުއާމަލާތްތައް ބާރު ސްޕީޑުގައި އިތުރުވަމުން އަންނަ ކަމަށާއި, ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާވެ, ކުރިއަރައި ދިއުމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ކުރިން އެ ގައުމުގެ ގައުމީ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އެ ދަތުރުފުޅުގެ ތެރެއިން އިގްތިސޯދީ, ވިޔަފާރި, ފަތުރުވެރިކަން, އިންވެސްޓްމަންޓް އަދި ސަގާފީ ގޮތުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމުގައި ޗައިނާ އަކީ މުހިންމު ބައިވެރިއެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ގައުމު ދެމި އޮންނާނީ ވެސް އެގޮތުގައި ކަމަށެވެ. އެމަނިކުފާނު ވަނީ, ޗައިނާއިން ބޭރުގެ ދަތުރުތައް އަލުން ފެށުމާއެކު އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކުރައްވާފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖެއާއި ޗައިނާގެ ގުޅުން ބިނާވެފައި އޮތީ ދެ ގައުމުގެ މެދުގައި އޮންނަ އިހްތިރާމާއި، އިތުބާރާއި، އެކަކު އަނެކަކުގެ ދާހިލީ ކަންކަމަށް ނުފޫޒު ނުފޯރުވުމުގެ މައްޗަށެވެ.

މިއީ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވިފަހުން ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމަށް ވާތީ, މި ދަތުރުފުޅުގައި ޗައިނާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން ހަރުދަނާކޮށް, އިންވެސްޓްމަންޓްތަކާއެކު ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ގުޅިގެން މަސައްކަތް ކުރުމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމަށްޓަކައި ޗައިނާގައި އިއްޔެ ބޭއްވި "އިންވެސްޓް މޯލްޑިވްސް 2024" ފޯރަމްގައި ވާހަކަ ދައްކަވާފަ އެވެ.

ޗައިނާ އާއި ރާއްޖޭގެ ގުޅުމަކީ ގަދީމީ ސިލްކްރޯޑްގެ ޒަމާނުއްސުރެ އޮތް ގުޅުމެއް ކަން ފާހަގަ ކުރައްވަައި ރައީސް މުއިއްޒު ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިން 2014 ވަނަ އަހަރު ފެށްޓެވި ބެލްޓް އެންޑް ރޯޑް އިނިޝޭޓިވްގައި ވެސް އެންމެ ފުރަތަމަ ބައިވެރިވި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. ރާއްޖޭގައި މިހައިތަނަށް ހިންގުނު އެންމެ ފާހަގަކޮށްލެވޭ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުނީ އޭގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ބެލްޓް އެންޑް ރޯޑް އިނިޝޭޓިވް އަށް ތައުރީފު ކުރައްވަމުން ރަައީސް ވިދާޅުވީ ޗައިނާއަަށް ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު އިފްތިތާހު ކުރެއްވި ސެންޓްރަލް އެއާޕޯޓް ތަސައްވުރާއި ކޮމާޝަލް ޕޯޓްގެ ތަސައްވުރަކީ އެ ބެލްޓް އެންޑް ރޯޑް އިނިޝޭޓިވް އާ ގުޅޭ މަަޝްރޫއުތައް ކަމަށެވެ.

އޭގެ އިތުރުން ޗައިނާ އާއި އެކު ރާއްޖޭން ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެއްބަސްވުމަށް ވެސް އެމަނިކުފާނު ތައުރީފުކުރެއްވި އެވެ. އަދި ވިދާޅުވީ، އެމަނިކުފާނު ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު ދިވެހި ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ގޮތަށް، އެ އެއްބަސްވުން ވަރަށް އަވަހަށް ތަންފީޒުކުރައްވާނެ ކަމަށެވެ.

ޗައިނާ-ރާއްޖެ ފްރީ ޓްރޭޑް އެގްރީމަންޓުގައި ސޮއިކުރީ 2017 ގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. މި އެއްބަސްވުމަށް އޭރުގެ ރައްޔިތުންގެ މަޖިލީހުން ރުހުން ވެސް ދިނެވެ. ނަމަވެސް އޭރުގެ އިދިކޮޅު ފަރާތްތަކާއި އެހެނިހެން ގޮތްގޮޮތުން ކުރިމަތިވީ ފިއްތުންތަކާއި ޕްރެޝަރުތަކުގެ ތެރޭގައި އެ އެއްބަސްވުމަށް އަމަލުކުރަން ނުފަށަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox