އިންޑިއާ ކިބައިން މާފަށް ނޭދޭ ސަބަބު ސާފުކުރަން ފޮރިން މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރަނީ

ފޮރިން މިނިސްޓަރު މޫސާ ޒަމީރު; ސަރުކާރުން އިންޑިއާ ކިބަިއން މާފަށް ނޭދޭ ސަބަބު ސާފުކުރަން މަޖިލީހަށް ހާޒިރުކޮށް, ސުވާލުކުރަން ނިންމައިފި -- ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރު މޫސާ ޒަމީރު; ސަރުކާރުން އިންޑިއާ ކިބަިއން މާފަށް ނޭދޭ ސަބަބު ސާފުކުރަން މަޖިލީހަށް ހާޒިރުކޮށް, ސުވާލުކުރަން ނިންމައިފި -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރިގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކުރި މައްސަލާގައި ސަރުކާރުން އިންޑިއާގެ ކިބަިއން މާފަށް ނޭދޭ ސަބަބު ސާފުކުރަން ފޮރިން މިނިސްޓަރު މޫސާ ޒަމީރާ ސުވާލުކުރަން މަޖިލީހަށް ހާޒިރުކުރަން ހުށަޅައިފި އެވެ.

އެ މައްސަލާގައި މިނިސްޓަރާ ސުވާލުކުރަން އެދިވަޑައިގެންނެވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. ސަރުކާރުން ރަސްމީކޮށް އިންޑިއާ ކިބައިން މާފަށް ނޭދޭ ސަބަބު ސާފުކުރަން މީކާއިލް ހުށަހަޅުއްވި އިރު ފާހަގަކުރެއްވީ މޯދީއަކީ ރާއްޖޭގެ އެންމެ މަތީ އެއް އިއްޒަތް ކަމަށްވާ ނިޝާން އިއްްޒުއްދީންގެ އިއްޒަތް އަރުވާފައިވާ ބޭފުޅެއް ކަމެވެ.

އެ މި އަމަލު ހިންގި ޑެޕިއުޓީ މިނިސްޓަރުން މަގާމުން ވަކި ނުކުރަނީ ކީއްވެތޯ ސުވާލުކުރަން ވެސް މީކާއިލް ހުށަހެޅުއްވި އެވެ.

އިންޑިއާގެ ޖަޒީރާ އަތޮޅެއްގެ ގޮތުގައި އޮންނަ ލަކްޝަދީޕް އަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޒިޔާރަތުގެ ވީޑިއޯއަކާއެކު އިންޑިއާ މީހަކު ކުރި ޕޯސްޓަކަށް، ދިވެހި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން ރައްދު ދިނުމުން ހޫނުވި މައްސަލައާހެދި އިންޑިއާގެ ރައްޔިތުން ދަނީ ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ.

ލަކްޝަދީޕް އަށް މޯދީ ކުރެއްވި ޒިޔާރަތުގެ ޕޯސްޓުތަކާ ގުޅިގެން ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީން ވަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް މަލާމާތްކޮށްފަ އެވެ. އެ މައްސަލާގައި އެ ތިން މީހުން މިހާރު ވަނީ ސަސްޕެންޑު ވެސް ކޮށްފަ އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވި މެންބަރު, މީކާއިލް ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާގައި މޯދީއަށް ފުރައްސާރަކޮށް ކުޑައިމީސް ކުރުމާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް މިއިން ޒަމާނަކު ނާންނަ ވަރަށް ހީނަރުކަން އަތުވެއްޖެ އެވެ. އަދި އެކަމާ ގުޅިގެން އިންޑިއާއގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުން ވަނީ އިންޑިއާ ފަތުރުވެރިން ރާއްޖެ އައުމަށް ހަދާފައިވާ ބުކިންތައް ކެންސަލް ކުރަމުން އަންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރާއްޖޭގެ އިގްތިސޯދަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބި, ބޭސް ފަރުވާއަށާއި އެހެނިހެން އަސާސީ ބޭނުންތަކަށް އިންޑިއާއަށް ބަރޯސާވާ ދިވެހިންނަށް އުނދަގޫތަކާ ކުރިމަތިލާންޖެހި, ރާއްޖެއަށް ޒަމާނުއްސުރެ އެންމެ ގާތް ގުޅުމެއް އޮންނަ އަވައްޓެރޮ އިންޑިއާއާއި މޫނު ކެނޑެން ޖެހިދާނެ ވަރުގެ ހާލަތަކަށް ގައުމު ހިނގައިދާނެ" މަޖިލީހުގެ ރައީސަށް މީކާއިލް ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ.

އޭނާ ވަނީ މި މައްސަލާގައި ޝާމިލުވާ ޑެޕިއުޓީ މިނިސްޓަރުންނާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތައް މަޖިލީހުގެ ހާރިޖީ ކޮމިޓީއަށް ހާޒިރުކޮށް, ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތައް އަޅާނެކަން ކަށަވަރު ކުރުމަށް އެދިވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox